ލިވާ ނުވަތަ ފުރަމޭއަކީ ލޭގައި ހުންނަ ޓޮކްސިންސް ނުވަތަ ބޭކާރު/ވިހަ ބައިތައް ނައްތާލަން ބޭނުން ކުރާ ގުނަވަނެކެވެ. މި ގުނަވަނުގެ މައިގަނޑު އެއް މަސައްކަތަކީ ކާތަކެތިން ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެ ބޭނުންވާ ގޮތަށް ބަދަލުކޮށް، ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބޭނުންވާ މިންވަރަށް ބެހުމެވެ.

ފެޓީ ލިވާ ޑިސީސް އަކީ ފުރަމޭގައި ސަރުބީ ހިފުމެވެ. ފެޓީ ލިވާ ޑިސީސްގެ މައިގަނޑު ދެ ބާވަތް ހުރެއެވެ. އެއީ އަލްކޮހޯލިކް ފެޓީ ލިވާ ޑިސީސް އާއި ނޮން އަލްކޮހޯލިކް ފެޓީ ލިވާ ޑިސީސް އެވެ. މީގެ ތެރެއިން އަލްކޮހޯލިކް ފެޓީ ލިވާ ޑިސީސްއަކީ އަލްކޮހޯލްގެ ސަބަބުން ފުރަމޭގައި ސަރުބީ ހިފުމެވެ. ނޮން އަލްކޮހޯލިކް ފެޓީ ލިވާ ވަނީ އަލްކޮހޯލް ނޫން އެހެން ބާވަތްތަކުން އުފައްދާ ސަރުބީ ފުރަމޭގައި ހިފުމުންނެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ކެއުމުގައި އިޚްތިޔާރުކުރާ ކާނާގެ ބާވަތްތަކާއި އެބާވަތްތައް ބޭނުންކުރުމުގައި ވަކި މިންވަރެއްގައި ހިފެހެއްޓުމަކީ ފުރަމޭގައި ސަރުބީ ހިފުން ކޮންޓްރޯލްކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ސަރުބީ ފުރަމޭގައި ހިފުމުން ރައްކާތެރިވުމަށް ކެއުންބުއިމުގައި ހިމަނަންވީ ފަސް އެއްޗެއް ތިރީގައި މިވަނީއެވެ.

1- ގްރީން ޓީ

ބަރުދަން ލުއި ކުރުމަށާއި ހަށިގަނޑުން ސަރުބީ ވިރުވަން ބޭނުން ނަމަ ގްރީން ޓީ ވަރެއް ހަމަ ނެތެވެ. ގްރީން ޓީގައި އެންޓިއޮކްސިޑެންޓް ގިނައިން ހުރުމުން ގިނަ ބަލި ރައްކާތެރިވުމަށް އެހީތެރިވާކަން ފާހަގަ ކުރެވެއެވެ.

2- އެކްސްޓްރާ ވާޖިން އޮލިވް އޮއިލް

އޮލިވް އޮއިލް އަކީ ހިތުގެ ބަލިތަކާއި، އަލްޒައިމާ ބަލިތަކާއި، އަދި ބައެއް ކެންސަރުތަކުގެ ނުރައްކާކުޑަކުރުމަށް އެހީވެދޭ ސިއްހަތަށް ފައިދާހުރި ފެޓް އެކުލެވޭ ތެލެކެވެ. އަދި ފުރަމޭގެ ސަރުބީ މަދުކޮށް، ފުރަމޭގެ އެންޒައިމްތައް ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ދުވާލަކު މަދުވެގެން ތިން ސަމުސާ އޮލިވް އޮއިލް ސެލެޑްތަކާއި ސޯސްތަކުގައި ބޭނުންކޮށް ނުވަތަ ކައްކާއިރު ބަޓަރުގެ ބަދަލުގައި ބޭނުންކުރެވިދާނެއެވެ.

3 - ކިވީ

ކިވީގައި ޕައިރޮލޮކުއިންއޮލިން ކުއިންއޯން ނުވަތަ ޕީކިޔުކިޔޫ ކިޔާ އެންޓިއޮކްސިޑެންޓެއް ހިމެނެއެވެ. ކިވީއަކީ ސްނެކެއްގެ ގޮތުގައި ނުވަތަ އޯޓްމީލް ނުވަތަ ޔޯގަޓްގެ މައްޗަށް އަޅައިގެން ކާންވެސް ވަރަށް ފައްކާ މޭވަލެކެވެ.

4- ޑާކް ޗޮކްލެޓް

2017 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޑާކް ޗޮކްލެޓް ބޭނުންކުރުމުން އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްގެން ފެޓީ ލިވަރ އާއި މެޓަބޮލިކް ސިންޑްރޯމް ރަނގަޅުވެއެވެ. އެހެންކަމުން، ހަކުރު އެކުލެވޭ ޑެސަރޓްތަކުގެ ބަދަލުގައި ރޭގަނޑުގެ ކެއުމަށްފަހު ޑާކް ޗޮކްލެޓްގެ ބޭނުން ކުރާށެވެ.

5- ކޮފީ

އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް އެނގިފައި ނެތްނަމަވެސް، ކޮފީ ބުއިމުން އެތަކެއް ބައިވަރު ސިއްހީ ފައިދާތަކެއް ލިއްބައިދެއެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީގެ ސަބަބުން ފުރަމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރުމާއި، ފުރަމޭގެ އެންޒައިމްތައް ރަނގަޅުވުމާއި، ފުރަމޭގެ ސިރޯސިސް ޖެހިގެން މަރުވުމުގެ ނުރައްކާ ކުޑަކުރުމުގައި ކޮފީގެ ދައުރެއް އޮވެދާނެ އެވެ. 2021 ވަނަ އަހަރު 11 އެޕިޑެމިއޮލޮޖިކަލް ވަޒަންކޮށް ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން ކޮފީ ބޭނުންކުރުމުން އެންއޭއެފްއެލްޑީގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން