ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ.

"ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 10 މާޗް 2024 އިން 10 އޭޕްރީލް 2024 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ރޯދަ މަހު ކޮންމެ ދުވަހަކު ވެސް 500 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ރަމަޟާން މަހު ވިލާ މާޓުގެ ފަސް އައުޓްލެޓުގެ ތެރެއިން ކޮންމެވެސް އައުޓްލެޓަކުން ވިޔަފާރި ކޮށްލަންވީއެވެ. އަދި ވިޔަފާރި ކުރުމުން 500 ރުފިޔާގެ ވައުޗަރގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު "އޮޓަމެޓިކުން" ލިބިގެންދާނެއެވެ.

ވިލާ މާޓުން ބުނީ މި ޕްރޮމޯޝަނަކީ ވިލާ މާޓުގެ އައުޓްލެޓްތަކުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަނަކީ ރަމަޟާން މަހުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.



ވިލާ މާޓަކީ މާލެ ސަރަހައްދުގެ އެންމެ މަޝްހޫރު އެއް ރީޓެއިލް ޗެއިން ކަމަށްވާއިރު، ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކުރުމަކީ އެކުންފުންޏަށް ލިބުނު އުފަލެއް ކަމުގައިވަނީ ފާހަގަކޮށްފައެވެ.

ވިލާ މާޓުގެ ތަރުޖަމާނު ވިދާޅުވީ މި ޕްރޮމޯޝަނަކީ ވަފާތެރި ކަސްޓަމަރުންނަށް ވިލާ މާޓާއެކު ވިޔަފާރި ކުރުމުގެ ތަޖުރިބާ އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ރަމަޟާން މަހުގެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި އަޕްޑޭޓް ވިލާ މާޓް ވެބްސައިޓް ނުވަތަ ވިލާ މާޓުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން