ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް 2ގެ ޑިންގީ ހާބަރު ސަރަހައްދުގައި އެޗްޑީސީން މިއަދު މަސްމާރުކޭޓެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޗްޑީސީން ހުޅުވި މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން އެ ކޯޕަރޭޝަނުން ހުޅުވާ މަސްމާރުކޭޓެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މަސް މާރުކޭޓެއްގެ އިތުރުން، އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެޗްޑީސީން ބުނީ ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ހަވާލުކުރެވިފައިވާކަމަށެވެ. އެގޮތުން ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ދާނެކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. މި މާރުކޭޓު ގާއިމުކޮށްފައިވަނީ ހިޔާ ފްލެޓް 1 އަދި 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަ ޖެއްސުމެވެ.



އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މި ރޯދަ މަހުގައި ހުޅުމާލޭގައި ދިރި އުޅޭ ފަރާތްތަކަށް ވީހަވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން