ޗަމްޕާ ބްރަދާސްއިން މި ރަމަޟާންމަހު ދިވެހިންނަށް ހަދިޔާކުރި ކާއްޓާއި، ފިޔާ އަދި ކަރާގެ ޢަދަދު އިތުރުކުރުމަށް ނިންމައިފިއެވެ.

މިއަހަރުގެ ރަމަޟާން މަހަށް ޗަމްޕާ ބްރަދަރސް އިން ވަނީ، 50،000 ކާއްޓާއި 50 ޓަނު ކަރާގެ އިތުރުން 10 ޓަނު ފިޔާ ދިވެހި ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. އެތަކެތި ބަހަމުންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްގެނެވެ.

ޗަމްޕާ ބްރަދާސް އިން މިއަދު ބުނީ، މިހާރު ނިންމާފައިވަނީ މި ހަފުތާގެ ތެރޭގައި އިތުރު 25 ޓަނު ކަރާ އާއި 25 ހާސް ކާށި އަދި 10 ޓަނު އަލުވި ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކުރުމަށް ކަމަށެވެ.

އެގޮތުން ކަރައާއި ކާށި މިހާރު ހުރީ ރާއްޖޭގައި ކަމަށާއި 10 ޓަނު އަލުވި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.

އެހެންކަމުން ޖުމްލަ 75 ޓަނު ކަރާ އާއި 75 ހާސް ކާށި އަދި 10 ޓަނު ފިޔާ އާއި 10 ޓަނު އަލުވި ޗަމްޕާ ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ވަނީ ހަދިޔާ ކޮށްފަ އެވެ.

ޗަމްޕާ ބްރަދާސްއިން ވަނީ މިދިޔަ އަހަރުވެސް ރޯދަމަހާ ދިމާކޮށް ދިވެހިންނަށް ރޯދަ ހަދިޔާ ބަހާފައެވެ. ނަމަވެސް މިދިޔަ އަހަރު އެތަކެތި ބަހާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މިދިޔަ އަހަރު ބަހާފައި ވަނީ 15 ޓަނު ކަރައާއި 50،000 ކާއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން