ކަސްޓަމަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް އެމިރޭޓުސް އިން ކޮރޯނާއިންޝުއަރެންސް ގެ ނަމުގައި އިންޝުއަރެންސެއް ތައާރަފު ކޮށްފިއެވެ.
އެމިރޭޓްސްގެ ފަސެންޖަރަކު ދަތުރުގެ ތެރޭން ކޮވިޑް-19އަށް ފައްސިވެއްޖެ ނަމަ އެ ފަސެންޖަރެއްގެ ބޭސްފަރުވާ މިއިންޝުރަންސް ތެރޭގައި ކަވަރ ވާނެއެވެ. މި މެޑިކަލް އެކްސްޕެންސްގެ ޖުމްލަ އަދަދަކީ 176،000 ޑޮލަރެވެ. އަދި ފަސެންޖަރަކު ނިޔާވެއްޖެނަމަ އެމީހެއްގެ ޖަނާޒާ ބޭއްވުމަށް 1،765 ޑޮލަރު އެމިރޭޓްސް އިން ހަދިޔާ ކުރާނެއެވެ.
މި އޮފަރ ދެމިގެންދާނީ މިހާރުން ފެށިގެން އޮކްޓޯބަރ 31 ގެ ނިޔަލަށެވެ. މީގެއިތުރުން އޮގަސްޓް އެކަކުން ފެށިގެން ދުބާއީ އަށް އަންނަ ފަތުރުވެރިންނާއި ދުބާއިން އެނބުރިދާ ފަތުރުވެރިން ކޮވިޑް 19 އަށް ޓެސްޓްކުރަން ލާޒިމް ވާ ގަވާއިދެއްވެސް ވަނީ ހަދާފައެވެ.
އެމިރޭޓްސް އެއާލައިންގެ ރައީސް ޓިމް ކްލާކްއާއި ބިޒްނެސް އިންސައިޑަރ އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ވިދާޅުވެފައި ވަނީ އެ އެއަރލައިންގެ ޑިމާންޑް 90 އިންސަތަ އަށް ދަށަށް ގޮސްފައިވާކަމަށެވެ.
ކޮވިޑް-19 އިންޝުރަންސަކީ މުޅިން ހިލޭ ލިބޭ ޚިދުމަތެއް ކަމަށާއި މި ޚިދުމަތް ހޯދަން އެއްވެސް ފޯމެއް ވެސް ފުރަން ނުޖޭހެނެކަމަށާއި ފައްސިވެއްޖެނަމަ އެ އިންޝުރަންސް ލިބޭނެ ކަމަށް އެމިރޭޓްސްގެ ސީ.އީ.އޯ ޝައިޚް އަހްމަދު ބިން ސައީދް އަލް މަޙްތޫމްވަނީ ޕްރެސް ރިލީޒްއެއްގައި ވިދާޅުވެފައެވެ.
އެމިރޭޓުސް އަކީ މެޑިކަލް އަދި ކަރަންޓީންގެ ހުރިހާ ހަރަދުތަކެއްގެ ޒިއްމާ ނަގަން ނިންމި ފުރަތަމަ އެއަރލައިން ކަމަށް ވިޔަސް ،މިހާރު އެހެން ގިނަ އެއަރލައިން ތަކުންވެސް ކަސްޓަމަރުން ގެ ޝައުގަަށް ތަފާތު އުކުޅު ތައް ބޭނުން ކުރަން ފަށާފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން އުޒުބެކިސްތާނު އަދި ސައިޕްރަސް އިންވެސް ވަނީ ބޮޑެތި އިނާޔަތް ތަކެއްގެ ފުރުސަތު ހުޅުވާލާފައެވެ. އުޒުބެކިސްތާން އަށް ދަތުރުކުރާ ފަތުރުވެރިޔަކު ބައްޔަށް ފައްސި ވެއްޖެނަމަ 3000 ޑޮލަރު ދޭން ނިންމާފައިވާއިރު ސައިޕްރަސް އިން ވަނީ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ބަލަހައްޓަދޭން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު