ވ. ފުލިދޫ ބަނދަރު
ވ. ފުލިދޫ ބަނދަރު
ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 30 ޖުލައިގައި 2020 ގައި ނިމިފައިވާ ކަމަށާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 05 ސެޕްޓެމްބަރ 2019 ގައި ކަމަށެވެ.

5.18 މިލިއަން ރުފިއާއަށް ސަރުކާރުން އެކުންފުންޏާ ޙަވާލުކުރި އެ މަޝްރޫޢުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، 61 މީޓަރުގެ ބޭރު ސަރަހައްދުގައި ބޭރު ތޮއްޓެއްލުމާއި، 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެއެވެ. އަދި ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ހިންގާފައިވެއެވެ.



އެމްޓީސީސީން ވަނީ މިއަހަރުގެ 2 ވަނަ ކުއާޓަރ ތެރޭގައި 14 މަޝްރޫޢުއެއް ނިންމާފައެވެ. އަދި 8 މަޝްރޫޢުއެއްގެ މަސައްކަތް އެ ކުއާޓަރު ތެރޭގައި ފަށާފައިވެއެވެ. މި ގޮތުން ނިމުނު މަޝްރޫޢުތަކުގެ ތެރޭގައި ކ. ތިލަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ގއ. ކަނޑުހުޅުދޫ އެއްގަމު ތޮށި ލުމުގެ މަޝްރޫޢާއި، ގއ. ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫޢާއި، ގއ. ވިލިނގިއްޔާއި، ލ. ގަން އަދި ގދ. ތިނަދޫގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ މަޝްރޫޢު ގެ އިތުރުން ގދ. މާވަރުލު އެއަރޕޯޓު ޕެސެންޖަރ ޓަރމިނަލް ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި ގދ. މާވަރުލު ބަނދަރު ހެދުމުގެ މަޝްރޫޢާއި އއ. ރަސްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. އެމްޓިސީސީން ބުނީ އެ ކުންފުނީގެ މަސައްކަތްތައް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން