ދ. ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވައިފި އެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯޗަރީ ހުޅުވައިދެއްވީ ސިޓީތަކާއި ލޯކަލް ގަވާމަންޓް އަދި ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
މޯޗަރީ ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވުމަކީ ކޮމިއުނިޓީ ކެއާ އިންފްރާސްޓްރަކްޗާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި މޯޗަރީ ގާއިމުކުރަން ކުޑަހުވަދޫ ކައުންސިލުން ކުރި މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ތިންލައްކައެއް ރުފިޔާ ހަރަދުކޮށްގެން އެ މޯޗަރީ ޢިމާރާތް ކޮށްފައިވަނީ ސީއެސްއާރު ކޮމްޕޯނަންޓެއްގެ ތެރެއިން އެ ރަށުގައި އައިސް ޕްލާންޓާއި ޕެޓްރޯލް ޝެޑްގެ ހިދުމަތް ދެމުންދާ ބްރައިޓް ބްރަދާސް އިންނެވެ.
އެ މޯޗަރީގައި އެއް ފަހަރާ ތިން ހަށިގަނޑު ބޭއްވޭނެ ކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެއެވެ. އަދި ހަށިގަނޑުތައް މޯޗަރީގައި ބޭއްވުމަށް ނަގާނީ މާލޭގައި ހުންނަ މޯޗަރީން ނަގާ އަގުތަކާ އެއް ރޭޓެއް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު