ގައުމީ އެއާލައިންސް، މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ފަށަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

އެގޮތުން ފްލައިޓްތައް ބާއްވަން ނިންމާފައި ވަނީ ކޮންމެ ހޮނިހިރު އަދި ބުރާސްފަތި ދުވަހެއްގަ އެވެ.

އެ ދަތުރުތައް ރާވާފައި ވަނީ ހަފްތާ ބަންދުގައި ފަސޭހައިން ދިވެހީންނަށް ލަންކާއަށް ގޮސް ހޮނިހިރު ދުވަހު އަނބުރާ މާލެ އާދެވޭ ގޮތަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ މާލެއިން ފްލައިޓް ނައްޓާލާއިރު އެނބުރި ހޮނިހިރު ދުވަހުގެ ދަންވަރު މާލެ އާދެވޭނެ އެވެ.

އެ ދަތުރުތަކުގެ ޓިކެޓްގެ އަގަކީ ދެކޮޅަށް 222 ޑޮލަރެވެެ. އަދި 30 ކިލޯގެ ބެގޭޖް އެލަވަންސްއެއް ލިބޭއިރު ރަހަމީރު ކާނާވެސް ފްލައިޓްގައި ލިބޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ހަމަ އެހެންމެ އެ ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ލަންކާ ނަވަލޯކާ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުން ޑިސްކައުންޓް ވެސް ލިބޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން