އެޕިސޯޑް 07
...............
ބުރުގާ އެޅިތާ ގިނަ ދުވަސްތަކެއްނުވެ، ރަނާގެ ބޮލުގައި ރިއްސަން ފެށިއެވެ. ނަމަވެސް، އެއީ އަލަށް ބުރުގާ އެޅީމާ ވާގޮތެއް ކަމަށް ވިސްނާފައި، އޭނާ ޑޮކްޓަރަށްދާކަށް އެއްބަހެއް ނުވެއެވެ. ނަމަވެސް ގަދައަށް ބޮލުގައި ރިއްސާފައި ހޮޑުވެސްލެވޭތީ އެންމެފަހުން އޭނާގެ މަންމައާއި ބައްޕަ، އޭނާ ގަދަކަމުން ހޮސްޕިޓަލަށް ގެންދިޔައެވެ. އެއީ ވާސިލްވެސް ރިޒޯޓުން އައި ދުވަސްކަމުން، ރަނާއާއެކު އޭނާވެސް ހޮސްޕިޓަލަށްދިޔައެވެ.
އެވަގުތު އަވަސްފަރުވާދޭ ކޮޓަރީގައި ހުރީ ހަމައެކަނި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށްވުމާއެކު، އޭނާ ރަނާއަށް ބަލައިލިއެވެ. އޭނާ ވަގުތުން ލަފާދިނީ ޓެސްޓް ހެދުމަށެވެ. އޭނާއަށް ރަނާގެ ބައްޔާމެދު ޝައްކުވަނީ ކަންނޭނގެއެވެ.
[ޓެސްޓް ހަދަން ކުޑަ ލޭފޮދެއް ނަގާނެ. ބައިގަޑިއެއްހާއިތެރޭ ނަތީޖާވެސް ލިބޭނެ.] ޑޮކްޓަރ ރާކީ ބުންޏެވެ. އެވަގުތު ނަރުސް ކުއްޖަކު އައިސް، ރަނާގެ ގައިން ކުޑަ ލޭފޮދެއް ނެގިއެވެ.
ބައިގަޑިއެއްހާއިރުތެރޭ ނަތީޖާއާއެކު ރަނާ ބެލުމަށްޓަކައި ޑޮކްޓަރ ރާކީ އައެވެ.
[މަރުޙަބާ....ޔުއަރ.....ޕްރެގްނަންޓް.] ޑޮކްޓަރ ރާކީގެ މި ޖުމްލައާއެކު، އެންމެންގެ ލޯތައްވެސް ޙައިރާންކަމާއެކު ބޮޑުވިއެވެ.
[ޕްރެގްނެންޓޭ!؟] ރަނާގެ މަންމައާއި ބައްޕަ އަދި ރަނާއާއި ވާސިލަށް އެއްފަހަރާ އެހުނެވެ.
[އާނ....ހަ ހަފްތާ.....] ޑޮކްޓަރ ޔަޤީންކޮށްދިނެވެ.
[ނޫން...ނޫން...ހުވާކޮށްފައި ބުނަން، އަހަރެން ބަނޑު ބޮޑުވެގެން ނުވާނެ. އަހަރެން ފާފައެއް ނުކުރަން. މަންމާ....ވާސިލް....]
ޑޮކްޓަރ ރާކީގެ އެ ޖުމްލައާއެކު، ރަނާ ފުންމައިގެން ތެދުވިއެވެ. ރަނާ ބަނޑު ބޮޑުވާންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ރަނާއަކަށް ނުވިސްނެއެވެ. ހަމަގައިމުވެސް ރަނާ ބަލިވެއިނދެދާނޭފަދަ އެއްވެސް ކަމެއް ވާސިލާއި ރަނާ ހިންގާފައެއް ނުވެއެވެ.
[ޑޮކްޓަރ ތިބުނަނީ ރަނގަޅު ވާހަކައެއްތަ!؟] ޤަބޫލު ކުރަން ދަތިވެފައި ހުރި ހާޝިމް އެއްސެވެ.
[އާނ...ޔަޤީންކުރޭ. ރަނާ ބަނޑު ބޮޑު.] ޑޮކްޓަރ އިތުރަށް ޔަޤީންކަން ދިނެވެ. ޑޮކްޓަރ މިހެން ބުނީމާ، ރުޅިވެރިކަމާއެކު ހާޝިމް ބެލީ ވާސިލްގެ މޫނަށެވެ. އޭރު ވާސިލް ހުރީ ދެލޯ ބޮޑުކޮށްގެން، ރަނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
[ރަނާ! ދޮގު ނަހަދާ ބުނޭ! ތީ ކިހިނެއްވީ ކަމެއްތަ؟ ރަނާ ތިކުރި ކަމެއްގެ ސަބަބުން، އަހަރެންގެ ހުވަފެންތަކާއި، ކުރި ފޮނި އުއްމީދުތައް ފުނޑުފުނޑުވެއްޖެ. ބައްޕާ، ރަނާގެ ކުށުގައި އަހަރެން ބައިވެރިއެއް ނުވަން.] ވާސިލަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
[ވާސިލް....ޤަބޫލުކުރޭ...މަންމާ...ބައްޕާ....ޤަބޫލުކުރޭ....އަހަރެން އެއްވެސް ކުށެއް ނުކުރަން. ޑޮކްޓަރު އެހަދަނީ ދޮގު. އަހަރެން ބަނޑު ބޮޑެއް ނުވާނެ.....] ރަނާ ހީވަނީ މޮޔަވެދާނެހެންނެވެ. އޭނާ ކުށެއް ނުކުރަމޭ، ކިތަންމެ ވަރަކަށް ބުންޏަކަސް، މިއަދު އޭނާއަކަށް އެކަން ސާބިތުކޮށްދެވޭނޭ ގޮތެއް ނެތެވެ. މިޙާލަތުގައި، އޭނާ ފާފައެއް ނުކުރަމޭ ކިތަންމެ ވަރަކަށް ބުންޏަސް، އެވާހަކަ ޤަބޫލުކުރެވޭނީ ކާކަށް ހެއްޔެވެ؟ އޭނާ ކިތަންމެ ހުވާކުރިޔަސް، އެކަން އެއްވެސް މީހަކަށް ޤަބޫލު ކުރެވިދާނެ ހެއްޔެވެ.
[ރަނާގެ ތި މުޑުދާރު ޢަމަލުގެ ސަބަބުން އަހަރެމެންގެ އުއްމީދުތައް ފެނަށް ހިނގައްޖެ. އަހަރެމެން ހީކުރިކަހަލަ ކުއްޖަކަށް ރަނާނުވި....ޝަފީޤާ! އަހަރެން މިދަނީ ރިޒޯޓަށްދާން.....] ހާޝިމް އެތަނުން ނުކުތެވެ.
[ރަނާ....ތިވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް އަހަރެންވެސް ހިއެއްނުކުރަން.] ވާސިލްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ލޯބިވެރިޔާއަކީ، އެފަދަ މުޑުދާރު ޢަމަލު ހިންގަފާނޭ މީހެއް ކަމަކަށް، މީގެކުރިން އޭނާގެ ހިތަށްވެސް ނާރައެވެ.
[އާދޭސް ކުރަން ވާސިލް، އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަޅެ ހުވާކޮށްފައި ބުނަން، އަހަރެން ކުށެއް ނުކުރަން. ފާފައެއް ނުކުރަން. އަހަންނަށް އިތުބާރުކޮށްބަލަ. އަޅެ މަންމާ....ބައްޕަ އަހަރެންގެ ވާހަކަ ޤަބޫލުނުކޮށް، ޑޮކްޓަރުގެ ވާހަކަ ޤަބޫލުކޮށްގެން ދިޔައީތަ؟ މަންމާ ނުދައްޗޭ....] ރަނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.
[ރަނާ ތީ ވަރަށްބޮޑު މަކަރުވެރި ކެހިވެރިއެއް.] މިހެން ބުނެފައި ވާސިލްވެސް އެތަނުން ނުކުތެވެ. ދަރިފުޅުގެ މުޑުދާރު ޢަމަލުގެ ސަބަބުން ޝަފީޤާ ރޮއިރޮއި އިނެވެ. އޭރު ރަނާގެ އަތުގައި ވަނީ އައި.ވީ.އެއްވެސް ގުޅާފައެވެ.
[މަންމާ....ވާސިލް ހިފަހައްޓަބަލަ. ޑޮކްޓަރު އެހަދަނީ ދޮގޭ މަންމާ....މިތަނުން ނޫން އެހެން ތަނަކުން ޓެސްޓް ހަދަން ހިނގާބަލަ. ކުރިން ކުރި އިތުބާރު އަދިވެސް ކޮށްބަލަ.] ހިތަށްކުރި ފުން އަސަރެއްގެ ސަބަބުން ރަނާ އޭނާގެ އަތަށް ގުޅާފައިވާ އައި.ވީ ނައްޓާލިއެވެ. އެވަގުތު އެތަނުގައި ތިބި ދެނަރުހަކު އައިސް އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ދަނީއެވެ.
[އަހަރެންގެ ގައިން ދޫކުރޭ. އެއްވެސް މީހަކު އަހަރެންގެ ގައިގައި އަތްލައިގެން ނުވާނެ. މިއީ ދޮގުހަދާ ޑޮކްޓަރުން އުޅޭ ތަނެއް...] ރަނާ އެމީހުން ފޮޅުވާލުމަށްފަހު، އެތަނުންވެސް ނުކުމެއްޖެއެވެ. އޭރުވެސް ޝަފީޤާ ރޮއިރޮއި ހުއްޓެވެ. ނަމަވެސް ރަނާ ނުކުތީމާ، ފަހަތުން އޭނާވެސް ނުކުތެވެ.
[ރަނާ.....މަޑުކުރޭ....] ފަހަތުންގޮސް ޝަފީޤާ ރަނާ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، އޭނާއަކަށްވެސް ރަނާއެއް ނުހިފެހެއްޓެއެވެ. ރަނާ އެދިޔަގޮތަށް ގޮސް އެރީ، އެތާ ކުރިމަތީ އޮތް ޓެކްސީއަކަށެވެ. އެ ޓެކްސީއަށް ޝަފީޤާވެސް އެރިއެވެ.
ރަނާ ދިޔައީ ގެޔަށެވެ. ރޮމުންނެވެ. މިހާރު އޭނާއަށް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސަބަބެއްނެތި އޭނާ ބަނޑު ބޮޑުވާންވީ ކީއްވެގެން ހެއްޔެވެ. ރަނާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ޚަބަރު ލިބިގެން، ޝެހެނާ އެގެޔަށް އައީ ރަނާ ހޮސްޕިޓަލުން އައިސް ގެޔަށް ވަންތަނާހެނެވެ.
[ޝެހެނާވެސް އަހަންނަކަށް އިތުބާރެއް ނުކުރާނަންތަ؟ މަންމަވެސް ބައްޕަވެސް އަދި ވާސިލްވެސް އަހަރެންގެ ވާހަކަ އަޑެއްނާހާ. އަޅެ ޝެހެނާ ކީއްވެތަ، އަހަރެން ބަނޑުބޮޑުވާންވީ. އަހަންނަކީ ޢިއްފަތްތެރިއެއް. އަހަރެން އެފަދަ ފާފައެއް ނުކުރަން.] ރަނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.
[ކީކޭ!؟ ރަނާ ބަޑުބޮޑީއޭތަ؟ ކާކު ބުނީ؟ އަހަރެން އެހާވަރަށް ނަޞޭޙަތްދިނީމާވެސް އެ އަޑު ރަނާ ނޭހީ!؟] ޝެހެނާވެސް ޙައިރާންވިއެވެ.
[އަޅެ ޝެހެނާވެސް ޤަބޫލުކުރީތަ؟ ޑޮކްޓަރު ހެދީ ދޮގޭ. ކީއްވެތަ އަހަރެން ބަނޑުބޮޑުވާންވީ؟ ވާސިލްވެސް ޑޮކްޓަރުގެ ވާހަކަ އަޑުއަހައިގެން ހިނގައްޖެ. އަހަރެން ބަނޑު ބޮޑެއް ނޫން. ޝެހެނާ އަޅެ ވާސިލާ ގުޅާބަލަ.] ރަނާގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ.
ރިޒޯޓްގައި ހުރި ރަނާގެ ބޭބެ ރާހިންވެސް އެ ޚަބަރު ލިބިގެން ރަނާއަށް ގުޅާފައި އެދުވަހު ވަރަށް އެއްޗެހިކިޔެވެ. ބޭބެ ރުޅި އައިސްގެން އެއްޗެހި ކިޔުމަކީ ރަނާގެ ހިތަށް ވަރަށް އަސަރުކުރި ކަމެކެވެ.
އެދުވަހަށްފަހު، އެއްގެއެއްގައި އުޅުނު ކަމުގައިވިޔަސް، ރަނާގެ މަންމަވެސް ރަނާއަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ބައްޕަ ހާޝިމްވެސް ބުނެފައިވަނީ، ރަނާ އެގޭގައި އުޅޭހާ ހިނދަކު އޭނާ، އެގެޔަށް ނުވެސް ވަންނާނެ ކަމަށެވެ.
މަންމައާއި ބައްޕަ އަދި ބޭބެއާއި ލޯބިވެރިޔާ އޭނާ ދުރުހިލޭ ކުރުމަކީ، އޭނާއަށް ބަރުދާސް ކުރެވޭވަރަށްވުރެން ބުރަ ހިތްދަތި ކަމެކެވެ. އޭނާ އެގޭގައި އުޅޭހާ ހިނދަކު، ބައްޕައާއި ބޭބެވެސް އެގެޔަށް ނާންނަން ބުނިކަން މިހާރު ރަނާއަށްވެސް ވަނީ އެނގިފައެވެ.
މަންމަ ފޯނުން ވާހަކަ ދެއްކި އަޑު އޭނާއަށް އިވުނީއެވެ. ވުމާއެކު، ޢާއިލާ ބަހައްޓަން ފެށި ދުރުހިލޭ ކަމެއްގެ ސަބަބުން އެގެއިން ނުކުންނަން އޭނާ ނިންމީ، ތަކުރާރުކޮށް އެތައްފަހަރަކު ވާސިލަށް ގުޅާފައި އާދޭސް ކުރުމަށްފަހުގައެވެ. އެންމެފަހުން އޭނާ ގުޅީމާވެސް ވާސިލްވަނީ އޭނާ ލަދުގަންނަވާފައެވެ.
[ތިޔަކަހަލަ މުޑުދާރު އަންހެނަކާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން. ކަލޭ ބުރުގާއެޅީވެސް ކަލޭ ކުރި ފާފަތައް ފޮރުވިދާނޭ ކަމަށް. މީގެފަހުން އަހަންނަށް ނުގުޅާތި. ކަލޭގެ ޙަޔާތުން ވާސިލްވަނީ މަރުވެފައި.....] އެންމެފަހުން ރަނާ ގުޅީމާ، ވާސިލް ބުނެފައިވެއެވެ. ނަމަވެސް ރަނާ އަދިވެސް ގުޅާނެއެވެ. އޭނާ ބޭނުންވަނީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭށެވެ. އެކަމަކު އެކަން ޤަބޫލުކުރެވޭނީ ކާކަށްބާވައެވެ.
[ޤަބޫލުކޮށްބަލަ، ވާސިލް އެންމެ ފަހަރަކުވެސް އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ....] ރޮއިރޮއިފައި ރަނާ އާދޭސް ކުރިއެވެ.
[ރަނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. ރަނާގެ ބަނޑުގައި ތިވާ ދަރިފުޅުގެ ބައްޕައަށް ގުޅައިގެން، އޭނައާ އިންނަން އުޅޭ. އަހަރެންގެ މަތިން ހަނދާންނައްތާލާ.] ވާސިލް ފޯނު ބޭއްވިއެވެ.
މިހާރު ރަނާއާ ހެޔޮހިތުން ވާހަކަ ދައްކަނީ ޝެހެނާ އެކަންޏެވެ. ރަނާ ދައްކާ ވާހަކަ ޤަބޫލު ނުކުރެވުނަސް، ރަނާ އެނިކަމެތި ހާލުގައި އުޅޭއިރު، އެކަނި އެޙާލަށް ދޫކުރަން ޝެހެނާ ބޭނުމެއް ނޫނެވެ.
އެއްރެއެއްގެ ދަންވަރެވެ. ރަނާއަށް ހޭލެވުނީ މަންމަ ފޯނުން އޭނާގެ ބައްޕައާ ވާހަކަ ދައްކާ އަޑަށެވެ. މަންމައާއި ބައްޕަ މުޅިންވެސް ދައްކަނީ، ރަނާގެ ސަބަބުން އެމީހުންގެ ދިރިއުޅުމުގައި ކަޅު ލައްގަނޑެއް ޖެހިއްޖެ ކަމަށާއި، ދުވަހަކުވެސް ރަނާއަށް މަޢާފް ނުކުރާނެ ވާހަކައެވެ. އެރޭ މަންމަ ފޯނުން ދެއްކި ވާހަކަތަކުގެ ސަބަބުން ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުން ރަނާ ޤަޞްދުކުރީ، މަންމަމެނާ މުޅިން ދުރަށްދާށެވެ. ވުމާއެކު، މަންމަ އެފޯނުގައި ހުއްޓާ ރަނާ ގެއިން ނުކުމެއްޖެއެވެ. އެއީ ހިސާބަކަށް ވިއްސާރަ ރެޔަކަށް ވުމާއެކު، ތުނިތުނިކޮށް ވާރޭވެސް ވެހެމުންދިޔައެވެ. އެހެން ނަމަވެސް، ރަނާ ފަހެއް ނުޖެހެއެވެ. އޭނާ ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެއްވެސް މިޞްރާބެއްނެތި ހިނގަމުންދިޔައެވެ.
ފާއިތުވި ތިން ދުވަހު ރަނގަޅަށް ނުކައި ހުރުމާއެކު، ވާރެއާތެމި ހީކެރުވުމުގެ ސަބަބުން ރަނާ އަނބުރައިގަނެގެން ވެއްޓުނީ، އަމީނީ މަގުން މާފަންނާވީކޮޅަށް ހިނގަމުން ދަނިކޮށެވެ. ރަނާ ވެއްޓުނު ވަގުތަކީ، ޕްރައިވެޓް ކާރެއް އައިސް އޭނާއާ އަރާހަމަވި ވަގުތެވެ. އެ ކާރު ވަގުތުން މަޑުކުރިއެވެ. އެއީ ކާކުގެ ކާރެއްތޯއެވެ؟ އާދެ! އެކާރުން ފޭބީ ރަނާގެ ލޯތްބަށްޓަކައި އިންތިޒާރު ކުރަމުންދާ ތިޔަބޭފުޅުންގެ އަމަރްއެވެ.
ރަނާ ފެނުމާއެކު، އަމަރްގެ ދެލޯ ބޮޑުވިއެވެ. އަމަރް ވަގުތުން ރަނާ ކާރުގެ ފަހަތު ސީޓްގައި ބާއްވާލުމަށްފަހު ދުއްވާލިއެވެ.
އަމަރް ރަނާ ގެންދިޔައީ އޭނާގެ ބައްޕަ އޭނާއަށްޓަކައި ހަދާފައިވާ އެޕާޓްމަންޓަށެވެ. އެއީ އަދި އެއްވެސް ބަޔަކު ނޫޅޭ ގެއެކެވެ. ރަނާ ގެޔަށް ވެއްދުމަށްފަހު، އޭނާ ގުޅީ އޭނާ ރައްޓެހި ޑޮކްޓަރަކަށެވެ.
[ގިނައިރުވަންދެން ނުކައި ހުރުމުގެ ސަބަބުން ވެގެން އުޅޭ ކަމެއް ކަމަށް ބެލެވެނީ. މާބޮޑަށް ފިކުރުކޮށް، ހިތާމަ ކުރުމުގެ ސަބަބުން ޠަބީޢަތު ވަރަށް ގޯސްވެފައި މިވަނީ.] ރަނާ ހޭއެރީ ޑޮކްޓަރ ޒާހިރަށް މިހެން ބުނެވުނުތަނާހެނެވެ. ހޭއެރުމާއެކު ރަނާ ވަށައިގެން ހޯދަން ފެށިއެވެ.
[ނޫން...ކާކުތަ؟ އަހަރެން ބަނޑު ބޮޑެއް ނޫން. ކީއްވެތަ އަހަރެން ބަނޑު ބޮޑުވާންވީ. އަހަރެން ކުށެއް ނުކުރަން. ކޮންތަނެއްތަ މިއީ. ކޮން ބައެއްތަތީ!؟] އަނެއްކާވެސް ރަނާގެ ދެލޯ މެރުނެވެ. ޑޮކްޓަރު އެދުނީ، ރަނާއަށް ރަނގަޅަށް ކާންދިނުމަށާއި ހިތްހަމަޖައްސައިދިނުމަށެވެ.
[ޑޮކްޓަރ، ރަނާ އެދައްކަނީ ކޮންކަހަލަ ވާހަކައެއްތަ؟ އަޅެ ކިހިނެއްބާ ވެގެން މިއުޅެނީ.] އަމަރް ދެއަތަކަށް ބޯހޫރާލިއެވެ.
[ޑޮކްޓަރަކު ބަލާފަ، ބަނޑު ބޮޑޭ ބުނެގެންކަންނޭނގެ މައްސަލަ ނިކުމެގެން މިއުޅެނީ. މިވަގުތު މާގިނަ ސުވާލުތައް ކުރާކަށް ރަނގަޅެއް ނޫން. އޭނާއާ ސުވާލު ކުރާނީ، އޭނާ ހަމައަކަށް އެޅުނީމަ. މިވަގުތު ބަލަންވީ އޭނާއަށް ރަނގަޅަށް ކާންދެވޭތޯ....އިރުކޮޅަކުން ހޭއަރާނެ.] ޑޮކްޓަރ ޒާހިރު މިހެން ބުނީމާ، އަމަރް ގުޅީ އޭނާ ހިންގާ ރެސްޓޯރެންޓަށެވެ.
އޭނާ ބޭނުންވަނީ، ރަނާއަށް މީރުހެން ހީވާ ހުރިހާ އެއްޗެއްވެސް ގެންނާށެވެ.
ރަނާ ހޭއެރިއިރު ދެވައްތަރެއްގެ ޕިއްޒާއާއި ސްޕެގެޓީއާއި ނޫޑުލްސް އަދި ފްރައިޑް ރައިސްފަދަ ކެއުންތައް އަމަރް ހުރީ މޭޒުމަތީގައި އަތުރާފައެވެ. ހޭއެރުމާއެކު ރަނާއަށް ބަލައިލެވުނީ ކުރިމަތީގައި ހުރި ޑޮކްޓަރަށާއި އަމަރަށެވެ.
[ކޮންބައެއްތަ؟ ކާކުތަ އަހަރެން މިގެޔަށް ގެނައީ!] ރަނާ ޙައިރާންކަމާއެކު އަހަރެންގެ މޫނަށް ބަލައިލިއެވެ.
[ރަނާ މިގެޔަށް ގެނައީ އަހަރެން. މިހާރު ރަނާ ތިޔައޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައި. އަވަހަށް ހިނގާ، ކޮންމެވެސް އެއްޗެއް ކާން.] އަމަރް ރަނާގެ ކޮނޑުގައި ހިފާ ނެގިއެވެ.
[އަޅެ ބުނެބަލަ ކާކުތަތީ؟ އަހަރެން ބަނޑުހައިވެފައި އޮތްކަން އެނގުނީ ކިހިނެއް؟] ރަނާ ތެދުވިއެވެ. އަމަރް ރަނާ އަތުލަފިކޮށްގެން ގޮސް، ކާމޭޒުދޮށުގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ.
[އަންނާނަން ކިރު ތަށްޓެއް އަޅައިގެން.] އަމަރް މޭޒުމަތީގައި ހުރި ކިރު ޕެކެޓުން ތައްޓަކަށް ކިރު އެޅިއެވެ.
[އަހަރެން އެކަނިތަ ކާންވީ؟ ދެންވެސް ބުނެބަލަ، ތީ ކާކުތަ؟] އަމަރްގެ މޫނަށް ރަނާ ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
[ރަނާ، އަވަހަށް ތިތަނުން ކޮންމެވެސް އެއްޗެއް ކެވޭތޯ އުޅޭ. ނުކައި ގިނައިރުވަންޏާ، އަނެއްކާވެސް ވަރުދެރަވެދާނެ.] އަމަރް ޕިއްޒާ ފޮއްޗެއް ރަނާއަށް ދިއްކުރިއެވެ. ރަނާ ކާން ފެށިއެވެ. އެވަގުތު ޑޮކްޓަރ ޒާހިރު އަމަރް ގާތު އައިސްބަލާށޭ ބުނެފައި ބޭރަށް ނުކުތެވެ. ޑޮކްޓަރުގެ ފަހަތުން އަމަރް ބޭރަށް ނުކުތެވެ.
[މިހާރު އޭނައަށް އެވަނީ ކުރީގައިވެދިޔަ ކަންތައްތައް ހަނދާން ނެތިފައި. އެކަމަކު ހުރިހާ ކަމެއްވެސް ފަހުން ހަނދާންވާނެ. މާބޮޑަށް ހިތްދަތިވީމާ އެގޮތް މެދުވެރިވެގެން އުޅެނީ. އެކަމަކު މާޒީއާ ބެހޭގޮތުން އަމަރް އެއްވެސް ސުވާލެއް ނުކުރާތި.] ޑޮކްޓަރު ކިޔާދިނެވެ.
[އެކަމަކު ޑޮކްޓަރު، އޭނާ ފުރަތަމަ ހޭއެރި ވަގުތު، ބަނޑު ބޮޑެއް ނޫނޭ ބުންޏެއްނު. އެކަމުގެ ޙަޤީޤަތް ބަލަން ޖެހޭނެއެއްނު.] އަމަރް ބުންޏެވެ.
[އޭނާއާބެހޭ މަޢްލޫމާތު އެނގޭ މީހަކާ ބައްދަލުކޮށް އަމަރް އޮޅުންފިލުވާ. އިތުރަށް ކުރިއަށްދާނީ އެއަށްފަހު. އަހަރެން ދެން ދަނީ.] މިހެން ބުނެފައި، ޑޮކްޓަރ ޒާހިރު ނުކުތެވެ.
އަމަރް ގޮސް ވަނީ ރަނާ އެންމެ ފުރަތަމަ ގެނެސް ވެއްދި ކޮޓަރިއަށެވެ. ރަނާ ގެނައި އަތް ދަބަސްތެރެއިން ޝެހެނާއާ ގުޅޭނެ ނަމްބަރެއް ފެނޭތޯ ބެލުމުގެ މަޤްޞަދުގައެވެ. ނަޞީބުވެރި އިއްތިފާޤެއްކަންނޭނގެއެވެ. އަތްދަބަސް ތެރޭގައި ރަނާގެ މޯބައިލް ފޯނު އޮތެވެ. ވަގުތުން އަމަރް އެފޯނުން ޝެހެނާގެ ނަމްބަރު ހޯދިއެވެ. އެއަށްފަހު އެ ފޯނު ދަބަހަށް ލުމަށްފަހު، އޭނާ ޝެހެނާއަށް ގުޅިއެވެ. ދަންވަރުގެ ވަގުތުކަމުން، ޝެހެނާ ފޯނު ނެގީ އެތައްފަހަރަކު ރިންގުވީ ފަހުންނެވެ.
[ޝެހެނާތަ؟] އަމަރް އެއްސެވެ.
[އާނ...މިގަޑީގަ، ތީ ކާކުތަ؟] ނިދީގައި އޮވެމެ ޝެހެނާ ވާހަކަ ދެއްކިއެވެ.
[ޝެހެނާ.....ކަންބޮޑުނުވެބަލަ. މިއީ އަމަރް. ރަނާއަށް ކޮން ކަންތައްގަނޑެއްތަ ލައިގަނެގެން މިއުޅެނީ.] އަމަރް ބުންޏެވެ.
[އަމަރް...މިގަޑީގައި ތިވާހަކަ އަހަން ތިގުޅީ، ކިހިނެއްވީތަ؟] އަމަރް މާ ދަންވަރު ގުޅުމުން، ޝެހެނާވެސް ޙައިރާންވިއެވެ. އެއަށްފަހު، ރަނާ މިހާރު އަމަރް ގާތުގައި ހުރި ވާހަކައާއި ރަނާގެ ޙާލަތު، އަމަރް ކިޔާދިނެވެ. ވަގުތުން ޝެހެނާގެ ނިދި އެކީ ފިލިކަހަލައެވެ.
[އަޅެ އަމަރް، އަހަރެން ބޭނުން ރަނާގެ ގާތަށް ދާން. އަހަރެން ބަލާ މިގޭދޮށަށް އަންނަންވީނު.] ޝެހެނާ ތެދުވިއެވެ.
[މައްސަލައެއް ނެތް. މިހާރު މިދަނީ.] އަމަރް ރަނާ ގާތަށް ގޮސް ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި ނުކުމެއްޖެއެވެ. އޭރުވެސް ރަނާ ކާން އިނެވެ. މިހާރު ރަނާގެ އެއްވެސް ޚިޔާލެއް ފިކުރެއް ހުރިހެނެއް ހިއެއްނުވެއެވެ.
ރަނާގެ ދިރިއުޅުމުގައި ދިމާވި ޙާދިޘާ، ޝެހެނާ އަމަރަށް ކިޔައިދިނީ އެގެޔަށްދިޔަ މަގުމަތީގައެވެ.
[މާނައަކީ ރަނާ ބަނޑު ބޮޑޭތަ!؟] އަމަރް ޙައިރާންވިއެވެ.
[އާނ....ޑޮކްޓަރު އެހެން ބުނުމުން މައްސަލައަކީ. ރަނާ ފަހަރަކު މީހެއް ގާތު ހުވާކޮށްފައި ބުނި، އޭނަ ބަނޑު ބޮޑެއް ނުވާނޭ. އޭނާ ކުށެއް ނުކުރަމޭ. އެކަމަކު ޑޮކްޓަރު އެހެން ބުނަންޏާ، ކާކުތަ އެވާހަކަ ޤަބޫލުކުރާނީ.] ޝެހެނާ އިތުރަށް އޮޅުންފިލުވައިދިނެވެ.
[ރަނާ އިންނަން އުޅުނު މީހާ ކިހިނެއްހެދީ] އަމަރް އެއްސެވެ.
[އޭނަވެސް ޑޮކްޓަރުގެ އެ ޚަބަރާއެކު ރަނާ ދޫކޮށްފައި ހިނގައްޖެ. ރަނާ ތަކުރާރުކޮށް އާދޭސް ކުރީމަވެސް، އެއްވެސް މީހަކު އަޑެއްނޭހި. އަހަރެން ނޭދެން، ރަނާއަށް ދެރައެއް ލިބޭކަށް. އަހަރެން ރަނާއަށް އިތުބާރު ކުރަން.....] ޝެހެނާއަށް މިހެން ބުނެވުނުއިރު، އަމަރް ކާރު މަޑުކުރަނީއެވެ.
[މިހާރު ކުރީގެ އެއްވެސް ކަމެއް، ރަނާ ހަނދާނެއް ނެތް. ޑޮކްޓަރު ބުނީ މުޅިން ހަމައަކަށް އެޅެން ދުވަސްތަކެއް ނަގާނެޔޯ. ރަނާ ކޮންމެފަދަ ޙާލެއްގައި ހުއްޓަސް، އަހަރެން ބޭނުން، ރަނާއަށް އެހީވާން. ރަނާއަށް އެހީވުމަކީ އަހަންނަށް ލިބޭ ފަޚުރެއް.] އެއީ އަމަރް ދެކޭގޮތެވެ. އެހާވެސް އޭނާ ރަނާދެކެ ލޯބިވެއެވެ. އޭނާ ރަނާދެކެ ވަނީ ވަރަށް މަތިވެރި ލޯތްބެކެވެ. އޭނާ ރަނާގެ ވާހަކަ އަޑުއަހައި، ޙަޤީޤަތް ހޯދާނެއެވެ.
[ރަނާއަށް އަހަރެންވެސް ނޭނގޭނެކަންނޭނގެ. އަމަރް އަޅެ ރަނާއަށް އަޅާލައްޗޭ.] ޝެހެނާ ރަނާއާއެކު އެގެޔަށް ވަނެވެ.
[މިއީ އިތުރު ބަޔަކު ނޫޅޭ ގެއެއްތަ؟] އަމަރާއެކު އެގެޔަށް ވަންނަމުން ޝެހެނާ އެއްސެވެ.
[އާނ، މިއީ އަހަންނަށްޓަކައި ބައްޕަ ބިމެއްގަނެ، ޢިމާރާތްކޮށްދީފައިވާ އެޕާޓްމަންޓެއް. އަދި މަތީ ބައިތައް ނުވެސް ނިމޭ. ޝެހެނާ ގިނަގިނައިން މިގެޔަށް އައިސް ރަނާއަށް އެހީވާތި.]
އަމަރް މިހެން ބުނެފައި ކާގެޔާ ދިމާއަށް ދިޔައެވެ. އޭރުވެސް ރަނާ އަދި ކައި ނުނިމެއެވެ. ކުއްލިއަކަށް ޝެހެނާއާއެކު އަމަރް އައިސް ވަނީމާ، ރަނާ ވަރަށް ބޮޑަށް ޙައިރާންވެފައި، އެދެމީހުންނަށް ބަލަން ފެށިއެވެ.
[ކޮން އަންހެނެއްތަ! އަންހެނުންތަ؟] ރަނާ ޝެހެނާގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ. ރަނާގެ އެ ޖުމްލައާއެކު، ޝެހެނާއަށް ދެލޯ މަރާލެވުނެވެ.
[ނޫނޭ....ރަނާ...އެއީ ރަނާގެ ބެސްޓް ފްރެންޑް ޝެހެނާއެއްނޫންތަ؟ ރަނާ މިގޭގައި އިން ވާހަކަ ބުނީމާ، ޝެހެނާ އެ އައީ.....] އަމަރް ޝެހެނާއަށް ހަނދާންކޮށްދެވޭތޯ އުޅުނެވެ.
[ޝެހެނާއޭ! ނޭނގެ އަހަންނަކަށް.] ރަނާއަށް ރޮވުނެވެ. އެވަގުތު ޝެހެނާ އައިސް ރަނާގެ ގައިގައި ބައްދާލިއެވެ.

ކިޔުންތެރިންގެ ހިޔާލު