ޕީޕަލްސް ނޭޝަނަލް ފްރަންޓަކީ މައިންބަފައިންގެ ޙައްޤުގައި އޭނާ އުފެއްދެވި ޕާޓީއެއް ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ދަރިކަލުން، ޒޭން ޔާމީން ފާޑުކިޔުންތަކަށް ރައްދު ދެއްވައިފިއެވެ.
ޕީއެންއެފް އަކީ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އުފެއްދެވި ޕާޓީއެއް ކަމަށްބުނެ މީސްމީޑިއާގައި ޢާއްމުންގެ މީހަކު ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުން ޒޭން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓަކީ މައިންބަފައިންގެ ޙައްޤުގައި އޭނާ އުފެއްދެވި ޕާޓީއެއް ކަމަށެވެ.
ޒޭން ވިދާޅުވީ ޕީއެންއެފް އުފެއްދެވީ ބައްޕާފުޅު ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާތީ ކަމަށާއި އެކަން އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.
''ރައީސް ޔާމީނަށް ސިޔާސީ ގޮތުން އަނިޔާ ދޭތީ. ސާފުވެއްޖެ ކަމަށް އުއްމީދުކުރަން'' ޕީއެންއެފްގެ މުއައްސިސް ޒޭން ވިދާޅުވިއެވެ.
ރައީސް ޔާމީން، ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީނެވެ. ފަހުން ރައީސް ޔާމީންވެސް ވަނީ ޕީއެންއެފް އަށް ސޮއި ކުރަށްވާފައެވެ.
ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ. އެޕާޓީ އުފެއްދުމަށް ޖަލްސާ ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު