ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ފަރުވާ ހޯދާ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިން ބާރުވެރިކުރުވައި، އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ.
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، އިތުބާރު ހިފޭ ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއް ބިނާކުރުމުގެ އެންމެ މައިގަނޑު އަސާސަކީ ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.
މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ގައިންގަޔަށް ނާރާ ދާއިމީ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެފަދަ ބަލިތަކަށް ދެވޭ ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ބަލިތައް ދުރާލައި ދެނެގަތުމާއި، ފެންވަރު ރަނގަޅު ފަރުވާ މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ހުރުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބަލިމީހުންގެ ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރައްވައި، ދާއިމީ ބޮޑެތި ބަލިތަކާ ހަނގުރާމަކުރާ ފަރާތްތަކުގެ ފަރުވާގެ މުޅި ދަތުރުގައި އަޅާލުމާއި އެހީތެރިކަން މެދުނުކެނޑި ދިނުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޞިއްޙީ މަސައްކަތްތެރިންނަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުމަށް މުޅި މުޖުތަމަޢަށް އިލްތިމާސްކުރެއްވިއެވެ.
ބަލިމީހުންގެ ފަރުވާގެ ތެރޭގައި ދިމާވާ އިހުމާލުތަކާއި ނުރައްކާތައް ކުޑަކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ފެންވަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު