ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެ، ގައުމުގެ އިގްތިސާދު އަޑިއަޅާލުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބުނެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ވަނީ، ސަރުކާރުން ދަޢުލަތުގެ މާލީ ސިޔާސަތަށް އަވަސްއަވަހަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ގޭގައި ހިންގާ ކުދި ވިޔަފާރިތަކާއި، ފިހާރަ ހިންގާ ފަރާތްތަކާއި، ކޮންޓްރެކްޓަރުންނާއި، އިމްޕޯޓަރުންނާއި، ރިސޯޓު ވެރިންނަށް ވެސް ގެއްލުންތައް ލިބެމުންދާ ކަމަށް ބުނެފައެވެ. އަދި ސަރުކާރަށް ޑޮލަރު ލިބެމުންދިޔަ ނަމަވެސް، ދިވެހި ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށްދެވޭ ގޮތެއް ނެތް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީން ބުނީ، ޑޮލަރު މާރުކުރުމަށް ލާޒިމް ކޮށްފައިވާ ގަވާއިދުގެ ސަބަބުން ރިސޯޓުތަކާއި ބޭރު ފައިސާ ހޯދާ ވިޔަފާރިތަކުން ލިބޭ ރެވެނިއުގެ ބޮޑު ބައެއް ދޫކޮށްލަންޖެހޭ ކަމަށާއި، ބޭންކުތަކުން ލިބޭ ބޭރު ފައިސާ ރެވެނިއުގެ 90 ޕަސެންޓް އެމްއެމްއޭ އަށް ހަވާލުކުރަން ޖެހޭކަން ފާހަގަ ވެފައިވާ ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަނީ ވިޔަފާރިތަކުގެ ޓެލެގްރާފިކް ޓްރާންސްފަރ (ޓީޓީ) ބޭނުންތައް ފުއްދައިދިނުމަށް ނުކުޅެދިފައިވެއެވެ. ވިޔަފާރިތަކުން ރިޕޯޓްކުރާ ގޮތުގައި، ޓީޓީ ޕްރޮސެސްވުމަށް މަދުވެގެން ދެ ހަފްތާ ނަގައެވެ. ވިޔަފާރިއެއްގެ އަމިއްލަ ޑޮލަރު، ދިވެހިރާއްޖޭގެ އެއް ބޭންކުން އަނެއް ބޭންކަށް ޓްރާންސްފަރ ކުރުމަށް ތިން ދުވަހަށްވުރެ ގިނަ ދުވަސް ނަގަމުންދެއެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މި ކަންކަމަށް ރިޢާޔަތްކޮށް އެމްޑީޕީން ވަނީ ބައެއް ކަންކަން ވަގުތުން ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން ރިޒާވްގެ ހަގީގީ ހާލަތު ރައްޔިތުންނަށް ހާމަކޮށް، ދެފުށް ފެންނަ ގޮތަށް މައުލޫމާތު ދިނުމަށާއި، ވިޔަފާރިތަކަށް ކުއްލިއަކަށް ގެނެވުނު ބަދަލުތަކަށް އެކަށީގެންވާ ލުއިދިނުމަށާއި، ޑޮލަރު ދަތިކަން ހައްލުކުރުމަށް ހަރުދަނާ، ގަބޫލުކުރެވޭ އިގްތިސާދީ ޕްލޭނެއް އެކުލަވާލުމަށާއި، ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޑޮލަރު ލިބޭނެގޮތް ހަމަޖެއްސުމަށާއި، ބިދޭސީ އިންވެސްޓަރުންގެ އިތުބާރު ހިފެހެއްޓުމަށް، ވިޔަފާރީގެ ޝަރުތުތަކަށް ގެންނަ ބަދަލުތައް ކުރިން އިއުލާންކޮށް، ލުއިދިނުމުގެ ދިގު މުއްދަތެއް ދިނުމަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްޑީޕީން ވަނީ، މިހާރު ދަޢުލަތުގެ ރިޒާވް އޮތް ގޮތުންނާއި، އަދި ޑޮލަރު ލިބެން ނެތުމުން، ހަރުދަނާ ޕްލޭނެއް ނެތި، ދިވެހި އިގްތިސާދު ފުނޑިގެން ހިނގައިދާނެ ހަގީގީ ބިރު ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ. ހަމައެއާއެކު ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ތެލާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާ ލިބިދިނުން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށް ވާ ހިނދު، އެ ވާޖިބު އަދާކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.
އޭގެއިތުރުން އެމްޑީޕީގެ ބަޔާނުގައިވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ވިޔަފާރިތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި، ސަރުކާރު ޒިންމާދާރު ކުރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް ދިވެހި ރައްޔިތުންނަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު