އެޕިސޯޑް 08
...............
[ކޮން އަންހެނެއްތަ! އަންހެނުންތަ؟] ރަނާ ޝެހެނާގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ. ރަނާގެ އެ ޖުމްލައާއެކު، ޝެހެނާއަށް ދެލޯ މަރާލެވުނެވެ.
[ނޫނޭ....ރަނާ...އެއީ ރަނާގެ ބެސްޓް ފްރެންޑް ޝެހެނާއެއްނޫންތަ؟ ރަނާ މިގޭގައި އިން ވާހަކަ ބުނީމާ، ޝެހެނާ އެ އައީ.....] އަމަރް ޝެހެނާއަށް ހަނދާންކޮށްދެވޭތޯ އުޅުނެވެ.
[ޝެހެނާއޭ! ނޭނގެ އަހަންނަކަށް.] ރަނާއަށް ރޮވުނެވެ. އެވަގުތު ޝެހެނާ އައިސް ރަނާގެ ގައިގައި ބައްދާލިއެވެ.
[ރަނާ! އަހަންނަކީ ޝެހެނާއޭ. އަވަހަށް ހިނގާ ކޮޓަރިއަށް އަރާމު ކޮށްލަން. އަމަރްގެ މަތިންވެސް ރަނާ އެއްވެސް ހަނދާނެއް ނެތްތަ؟] ޝެހެނާ، ރަނާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ.
އެރޭގެ ބާކީބައި ޝެހެނާވެސް ހޭދަކުރީ ރަނާ ގާތުގައެވެ. އެރޭ ޝެހެނާ، ރަނާ އަމަރްގެ ބެލުމުގެ ދަށުގައި އިން ވާހަކަ ރަނާގެ މަންމަމެން ގާތު ބުނަން އުޅުނުވެސްމެއެވެ. ނަމަވެސް، އެކަމަށް ހުރަސްއެޅީ އަމަރްއެވެ. އަމަރް ބުނީ ރަނާގެ ޙާލަތު ރަނގަޅުވެ، ކުރީގެ ހަނދާންތައް އައީމަ ނޫނީ، އެމީހުންނަށް ގުޅާނެ ކަމެއް ނެތް ކަމަށެވެ. އޭގެކުރިން ރަނާއަށް ދިމާވާ ހުރިހާ ކަމަކަށްވެސް އޭނާ އެހީތެރިވާނެއެވެ.
[ޝެހެނާވެސް ބުނާތި ނުދެކެމޭ...އަހަރެން އަދި ދެތިން ދުވަސްފަހުން ޝެހެނާ ޑޮކްޓަރަށް ދައްކާނަން. ޑޮކްޓަރު މިގެއަށް ގެންނާނީ....] އަމަރް ބުންޏެވެ.
ޖެހިގެން އައި ދުވަހު، ރަނާގެ ޢާއިލާއިން ރަނާ ގެއްލިގެން ހޯދަން ފެށިއެވެ. އެމީހުން ޝެހެނާ ގާތުވެސް ރަނާ ނުދެކެންހޭ އެއްސެވެ. ބަލިވެއިން ކަމަށް ޑޮކްޓަރު ބުނުމުން، ރަނާއާމެދު ކިތަންމެ ހިތްހަމަނުޖެހިފައި ތިބި ނަމަވެސް، ރަނާ ވީތަނެއް ނޭނގި ގެއްލުމުން، އެމީހުން ވަރަށް ކަންބޮޑުވެ، ރަނާ ފެނޭތޯ މަސައްކަތް ފެށިއެވެ.
އޭގެފަހުން ހަފްތާއެއް ފާއިތުވެދިޔައިރުވެސް ރަނާގެ ޚަބަރެއްނުވިއެވެ. މިހާރު އަމަރާއި ޝެހެނާ ތައްޔާރުވަމުން އެދަނީ، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ރަނާ ދެއްކުމަށެވެ.
[އަހަރެން ޑޮކްޓަރަށް ދައްކަނީ ކީއްކުރަންތަ؟ އަހަންނަކީ އެއްވެސް ބައްޔެއް ހުރި މީހެއް ނޫނޭ.] ޑޮކްޓަރ ރިޝްތާ އައިސް ވަނީމާ ރަނާ ބުންޏެވެ.
[ބަލިވެގެނެއް ނޫނޭ މެޑިކަލް ހަދަނީކީ. މިއުޅެނީ ރަނާގެ މެޑިކަލް ޗެކަޕެއް ހަދަން.] އަމަރް ރަނާގެ ބޮލުގައި ފިރުމާލިއެވެ. ޑޮކްޓަރ ރިޝްތާއަކީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ އެންމެ ތަޖްރިބާކާރު އަންހެނުންގެ ޑޮކްޓަރެވެ.
[ބޭރުގައި މަޑުކޮށްލާ....ރަނާ މާބޮޑަށް ހާސްނުވާތި.] ޑޮކްޓަރ އަމަރާއި ޝެހެނާ ކޮޓަރިން ނެރުނެވެ. އެއަށްފަހު ވަރަށްގިނައިރު ވަންދެން ޑޮކްޓަރ ރިޝްތާ ރަނާ ބެލިއެވެ. ރިޝްތާއަށް ރަނާގެ ހަށިގަނޑުން މާބޮޑު މައްސަލައެއް ނުފެނުނެވެ.
[ޔޫރިން ނަގައިގެން އެނގޭނީ. މިގޭގައި ހެދޭނީ ޔޫރިން ޓެސްޓެއް. އެ ޓެސްޓްވެސް އޯކޭވާނެ. މިހާރު ޔޫރިން ނަގަން ފާޚާނާއަށް ވައްދައިފިން.] ކުޑަކޮށް ބޭރަށް ނުކުމެލުމަށްފަހު ޑޮކްޓަރ ރިޝްތާ ބުންޏެވެ. އެވަގުތު ރަނާ ފާޚާނާގެ ދޮރު ހުޅުވި އަޑަށް އަނެއްކާވެސް ޑޮކްޓަރު ވަނެވެ.
އަމަރާއި ޝެހެނާ ބޭރުގައި މަޑުކޮށްގެން ތިބީ، ޑޮކްޓަރ ރިޝްތާ ބުނާނޭ އެއްޗެއްގެ އިންތިޒާރުގައެވެ.
[ރަނާ ނޯމަލް....] ޑޮކްޓަރު އިރުކޮޅަކުން ބޭރަށް ނުކުމެ ބުންޏެވެ.
[ރަނާ ބަނޑު ބޮޑެއް ނޫންތަ!؟] ޝެހެނާގެ ދެލޯ ބޮޑުވިއެވެ.
[އާނ، ރަނާ ބަނޑު ބޮޑެއް ނޫން. މާޒީ ހަނދާން ނެތިފައިވުން އެކަނި ރަނާގެ މައްސަލައަކަށް ހުރީ.] ޑޮކްޓަރު ބުންޏެވެ.
ޝެހެނާއާއި އަމަރްގެ މޫނުމަތި އުފަލުން ވިދައިގަތްފަދައަވެ. ވަގުތުން ޝެހެނާ ބޭނުންވަނީ، ރަނާގެ މައިންބަފައިންނަށް އެކަން އަންގާށެވެ. އެއްވެސް ކުށެއްނެތި ރަނާގެ އަގު ވެއްޓި ބަދުނާމްވެގެން ދިޔުމަކީ، އޭނާއަށް އެދޭވެނެ ކަމެއް ނޫނެވެ.
[އަހަރެން ބޭނުން، ރަނާގެ މަންމަމެން ގާތު ތިވާހަކަ ބުނަން އަމަރް. ރަނާގެ އެއްވެސް ކުށެއްނެތި ރަނާ ބަނޑު ބޮޑޭ ކިޔާފައި، އަޑުއަރުވާފައި ވަނީ. ވާސިލްގެ މައިންބަފައިންނަށްވެސް އަހަރެން ބޭނުން، ތިކަން އަންގަން. ޝެހެނާ ނުކުތެވެ.
ޝެހެނާ ދިޔައީ ސީދާ ރަނާގެ މަންމަ ގާތަށެވެ. އޭނާ ރަނާގެ މަންމަ ޝަފީޤާއަށް ރަނާ އިން ތަނާއި، މިހާރު ރަނާގެ ޙާލަތު ކިޔާދިނެވެ. ރަނާގެ ކުށެއް ނެތް ކަމާއި، ދޮގުހެދީ ޑޮކްޓަރުކަން އެނގުމުން، ރަނާގެ މަންމަ ވަރަށް ދެރަވެ ރުޔެވެ. އޭނާ ވަގުތުން ހާޝިމަށް ގުޅާފައި އެވާހަކަ ކިޔާދިނެވެ. ހާޝިމްވެސް ވަރަށް ދެރަވިއެވެ. ދަރިފުޅު ދެއްކި ވާހަކަ އަޑުނޭހުނީތީ، އޭނާ ވަރަށް ހިތާމަކުރިއެވެ. ދަރިފުޅު އޭނާގެ ގާތު ރޮއި އާދޭސްކޮށްފައި، އޭނާ ބަނޑު ނުވާނޭ ވާހަކައާއި، ކުށެއް ނުކުރާ ކަމަށް ބުނެ ހުވާވެސް ކުރިއެވެ. ނަމަވެސް އެދުވަހު އެމީހުން ރަނާގެ ވާހަކަ އަޑެއް ނޭހިއެވެ.
[އަހަރެމެންނަށް ކީއްވެތަ، ރަނާއަށް އިތުބާރު ނުކުރެވުނީ. ކިހާވަރަކަށް އެމަންޖެ ރޮއި އާދޭސްކުރީ. ވާސިލްވެސް އެމަންޖެ ދޫކޮށްދިޔައީ.] ޝަފީޤާ ރޮއިރޮއިފައި ހާޝިމާ ވާހަކަ ދެއްކިއެވެ.
[ދެންވެސް ހިނގާބަލަ އެމަންޖެ ހޯދަން.] ހާޝިމް ބޭރަށް ނުކުތެވެ. ފަހަތުން ޝަފީޤާވެސް ނުކުތެވެ. އެގެޔަށްދިޔަ މަގުމަތީގައި ހާޝިމް ވާސިލަށް ގުޅިއެވެ. ވާސިލް ފޯނު ނެގުމާއެކު، ޝެހެނާ ކިޔައިދިން ހުރިހާ ވާހަކައެއްވެސް ވާސިލަށް ހާޝިމް ކިޔައިދިނެވެ. އަދި މިހާރު ރަނާ އިން ޙާލަތާއި އިން ގެވެސް އޭނާ ބުންޏެވެ.
ހާޝިމްމެން އެގެޔަށް ދިޔައިރު ޝެހެނާއާއި ރަނާ އެގޭ ސިޓިންގރޫމްގައި ކޮންމެވެސް ޓީ.ވީ ޕްރޮގްރާމެއް ބަލަން ތިއްބެވެ. ހާޝިމާއި ޝަފީޤާ އައިސް ވަނީމާވެސް، ރަނާއަކަށް މާބޮޑު ޝައުޤުވެރިކަމެއް ނުދެވުނެވެ. އޭނާ އިނީ ޓީ.ވީން ދައްކަމުންދިޔަ ޕްރޮގްރާމެއްގެ ތެރެއަށް މާބޮޑަށްވެސް ގެއްލިފައެވެ.
[ދަރިފުޅާ....ރަނާ...] ޝަފީޤާ ދޮރުމަތީގައި ހުރެ، ރަނާއަށް ގޮވާލިއެވެ. ރަނާ ދެލޯ ބޮޑުކޮށްގެން އިނދެ، ޝަފީޤާމެނާ ދިމާއަށް ބަލަން ފެށިއެވެ.
[ކޮންބައެއް!؟ ޝެހެނާ! އެއީ ކޮންބައެއްތަ؟] ރަނާ ބަލައިލީ ޝެހެނާގެ މޫނަށެވެ. ރަނާގެ އެ ޖުމްލައިގެ ސަބަބުން ވަގުތުން ޝަފީޤާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.
[ދަރިފުޅާ! މިއީ ދަރިފުޅުގެ މަންމައާއި ބައްޕަ. މި ބައްޕައާއި މަންމައަށް މަޢާފްކޮށްފައި، ގެޔަށް ދާން ހިނގާ....] މިފަހަރު ވާހަކަ ދެއްކީ ރަނާގެ ބައްޕަ ހާޝިމެވެ. ދެންވެސް ރަނާ ޙައިރާންވެފައި އިނީއެވެ. ޤަބޫލުކުރަން ދަތިވެފައެވެ. ކުއްލިއަކަށް އައިސް، އޭނާގެ މަންމައާއި ބައްޕަ ކަމަށް އެބުނާ މީހުން ދައްކާ ވާހަކަ ޤަބޫލުކުރަންވީބާއޭ އޭނާގެ ހިތަށްއެރިއެވެ.
[ރަނާ ތެދެއް އެބުނަނީ. އެއީ ރަނާގެ މަންމައާއި ބައްޕަ. މަންމަމެނާ ވާހަކަ ދައްކަބަލަ.] ޝެހެނާ ރަނާއަށް ޔަޤީންކޮށްދިނެވެ.
[ކީއްވެތަ އަހަރެންގެ މަންމައާއި ބައްޕަ އަހަންނަށް ނޭނގުނީ!] ރަނާ ރޮމުން ސިޑިން މައްޗަށް އަރާ ދުއްވައިގަތެވެ. އެވަގުތު ފައި އެޅުނު ގޮތުން ރަނާ އަރިއަޅާލައިގެން ވެއްޓުނެވެ.
ހަރުފަތް ބަރިމަތިން ވެއްޓި ޖެހުމާއެކު، ވަގުތުން ރަނާ ހަބަރު ހުސްވިއެވެ. އޭރު އަމަރްވެސް ގެޔަކު ނޫޅެއެވެ. ވަގުތުން ރަނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ރަނާ ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި ކާރަށް އެރުވި ވަގުތަކީ، ވާސިލް އައިސް ހުއްޓުނު ވަގުތެވެ. ވާސިލްވެސް ދިޔައީ ހޮސްޕިޓަލަށެވެ.
ރަނާ ހޭއެރި ވަގުތު، ރަނާ އޮތް އެނދުގެ ވަށައިގެން ރަނާގެ މަންމައާއި ބައްޕަގެ އިތުރުން، ވާސިލާއި އޭނާގެ މައިންބަފައިންގެ އިތުރުން ޝެހެނާ ހުއްޓެވެ.
ހޭއަރައި ދެލޯ ހުޅުވުމާއެކު، ރަނާއަށް ބަލައިލެވުނީ އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާއަށެވެ. އެއާއެކު އޭނާއަށް މާޒީގެ ހަނދާންތައް ސިފަވަމުންދިޔައެވެ.
[މަންމާ.....ބައްޕާ....ކީއްވެތަ ޑޮކްޓަރ ދޮގުހެދީ. އަހަރެން ބަނޑު ބޮޑެއް ނޫނެއްނު.] މިހެން ބުނެފައި ރަނާ ބާރަށް ރޮއިގަތެވެ.
[ދަރިފުޅާ، މަންމަމެނަށް މަޢާފްކުރޭ. ދެން ނުރޮއޭ. ވާސިލްވެސް މިހުރީ ދަރިފުޅު ގާތަށް އެނބުރި އައިސް.] ޝަފީޤާ ރަނާގެ ގައިގައި ބައްދާލިއެވެ.
[ރަނާ....އަހަންނަށް މަޢާފްކުރޭ. ރަނާއަށް އިތުބާރު ނުކުރެވުނީތީ، އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެން ބޭނުން، ވީހާވެސް އަވަހަކަށް ރަނާއާ ކައިވެނި ކުރަން.] ވާސިލްވެސް ރަނާގެ އަތުގައި ހިފެހެއްޓިއެވެ.
ރަނާ ހޮސްޕިޓަލަށް ގެންދިޔަކަން އަމަރަށް އެނގުނީ، ހޮސްޕިޓަލްގައި ހުރެފައި ޝެހެނާ ގުޅާފައި ބުނީމައެވެ. އަމަރް ވަގުތުން ހޮސްޕިޓަލަށް ދިޔުމަށްޓަކައި ސައިކަލަށް އަރާ ދުއްވާލިއެވެ. އޭނާ ދުއްވާފައި ދިޔައީ ނިކަން ބާރު ސްޕީޑެއްގައެވެ.
ޤަވާޢިދާ ޚިލާފަށް ވަންވޭއަކުން ނުކުތް ސައިކަލަކާއި އަމަރްގެ ސައިކަލް މުޑިއެރީ އަމަރްވެސް ބާރު ސްޕީގައި ދުއްވާފައި ދަނިކޮށެވެ. ނަޞީބު ދިމާކުރިގޮތުން މިނުރައްކާތެރި އެކްސިޑެންޓްގައި ބޮޑަށް އަނިޔާ ލިބުނީ، ޤަވާޢިދާ ޚިލާފަށް ދުއްވި ސައިކަލް ދުއްވަން އިން ޒުވާނާއަށެވެ.
އޭނާގެ އަތާއި ފައި ބިންދައިގެން ދިޔުމުގެ އިތުރުން، ބޮލުގެ ދެތަނަކުން ފަޅައިގެން ގޮސްފައިވެއެވެ. އަމަރަށްވެސް ވަރަށް ބޮޑަށް އަނިޔާވިއެވެ. ވުމާއެކު، އަމަރްވެސް ގެންދެވުނީ ވަގުތުން ހޮސްޕިޓަލަށެވެ. އަމަރްގެ ބައްޕަ ނިޔާޒް، އަމަރް ގެންދިޔައީ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. އެއީ އަމަރަށް ރަނާއާ ދިމާނުވާން ދިމާވި ގޮތެއް ކަމަށް ބެލެވެއެވެ.
[ބައްޕާ، އަނެއް ހޮސްޕިޓަލަށް ގެންދިޔަނަމަ.] ކާރު އޭ.ޑީ.ކޭ. އަށް ވަނުމުން، އަމަރް ބުންޏެވެ. އޭރު އޭނާގެ ހަށިގަނޑުގައިވާ ޒަޚަމްތަކުގައި އަޅަމުންދާ ވޭނުގެ ސަބަބުން އޭނާއަށް ކެތް ކުރެވެނީ ކިރިޔާއެވެ.
[މިތަނަށް މިގެނައީ އަވަހަށް ފަރުވާ ހޯދަން. ކައިރި ތަނަކަށްތާ އާދެވޭނީ.] އަމަރް ހީކުރި ގޮތަކަށް ނޫނެވެ. އޭނާގެ ހަށިގަނޑަށްވެސް ހީކުރިވަރަށްވުރެ ބޮޑެތި ގެއްލުންތައްވެފައި ވުމާއެކު، އޭނާ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނެވެ. އެއީ އޭނާ ވަރަށް މާޔޫސްވި މައްސަލައެކެވެ. ޢަމުދުން އެކްސިޑެންޓްގައި އޭނާގެ ފޯނު ހަލާކުވެފައި ވުމުގެ ސަބަބުން އޭނާއަށް ލިބުނު މާޔޫސްކަން މާބޮޑެވެ. ރަނާއާއި ޝެހެނާގެ ނަމްބަރުވެސް އޭނާއަށް ސޭވް ކުރެވިފައިވަނީ އެ ފޯނަށެވެ.
[ބައްޕާ، ފޯނު ހަލާކުވެފައި މިއޮތީ. ފޯނެއް ގެނެސްދީބަލަ.] އަމަރް އޭނާގެ ހަލާކުވެފައިވާ ފޯނު ބައްޕަ އަތަށް ދިނެވެ.
[ބައްޕަ އަންނާނަން ފޯނެއް ގަނެގެން.] ނިޔާޒް ނުކުތެވެ.
އެވަގުތެވެ. ޝެހެނާ މަސައްކަތް ކުރަމުންދަނީ އަމަރަށް ގުޅޭތޯއެވެ. ރަނާއާއި އޭނާގެ މައިންބަފައިން ބުނެގެންނެވެ.
[ފޯނު އޮފްކޮށްފަ އޮތީ....އަހަރެން ބުނިން، ރަނާ ހޮސްޕިޓަލަށް ގެނައި ވާހަކަ.] ޝެހެނާ ބުންޏެވެ.
[އަހަރެމެން ބޭނުން، އެ ސޮރަށް ޝުކުރު އަދާކުރަން. އެއީ މިރަށު ކުއްޖެއްތަ؟] ހާޝިމް އެއްސެވެ.
[އާނ....ރަނާ ބައިންދާފައި އިނީ، އޭނާގެ ބައްޕަ ބިމެއް ގަނެފައި އޭނައަށް ޢިމާރާތް ކޮށްދީފައިވާ ގެއެއްގައި.] ޝެހެނާ ބުންޏެވެ.
[އެހެންތަ؟ މިރަށު ރަނގަޅު ޢާއިލާއެއްގެ ކުއްޖެއްދޯ. އެސޮރުގެ ހެޔޮކަން އަހަރެމެން އަބަދުވެސް ހަނދާން ކުރާނަން.]
އަމަރަށް ގުޅޭތޯ ޝެހެނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ.
[އަދިވެސް ނުގުޅޭ!] ރަނާ އެއްސެވެ.
މިހާރު ވާސިލްވެސް އެހުންނަނީ ވަރަށް އުފާވެފައެވެ. އޭނާ އެންމެ ލޯބިވާ ބައިވެރިޔާއާ ކައިވެނި ކުރުމަށް، އަލުން ފުރްޞަތު ލިބުނީތީއެވެ. ކުރިންވެސް ކައިވެނި ވަރަށް ކައިރިވިއެވެ.
އަމަރް ފޮނި އުއްމީދުތަކެއް ކޮށްގެން ހުއްޓާ، ރަނާގެ ކައިވެނި ވާސިލާވުމަކީ، އަމަރަށް ބަރުދާސް ކުރެވިދާނޭ ކަމަކަށްވާނެބާއެވެ. ބަލި އެނދުގައި އޮވެވެސް އަމަރް ވިސްނަމުންދަނީ ރަނާއާ މެދުގައެވެ.
އޭނާ އުއްމީދު ކުރެއެވެ. ރަނާ މިހާރު އޭނާއާމެދު ވިސްނާނެއެވެ. އޭނާގެ އޯގާތެރިކަމާއި ތެދުވެރިކަމުގެ އަގު، ރަނާ ވަޒަންކުރާނެއެވެ. އޭނާ ހީކުރެއެވެ. ރަނާ އެނބުރި ވާސިލްގެ ކައިރިއަކަށް ނުދާނެއެވެ. އެމީހުން އެތިބީ ރަނާގެ ބޮލުގައި ބޮޑު ބަދުނާމެއް އަޅުވާފައެވެ. އެމީހުންގެ ސަބަބުން މުޅި ރަށަށް ރަނާގެ ނަން ވަނީ ގިނަވެފައެވެ.
ނަމަވެސް މިއަދު ރަނާގެ ޢާއިލާއިންނާއި، ވާސިލްގެ ޢާއިލާއިން ވަނީ އެކަމަށް މަޢާފަށް އެދިފައެވެ. ރަނާވަނީ ލޯތްބަށްޓަކައި ވާސިލަށް މަޢާފްކޮށްފައެވެ.
[ރަނާ، ރަނާ އަހަންނަށް މަޢާފްކޮށްފިންތަ؟ އަހަރެންގެ ސަބަބުން ރަނާ ވަނީ ވަރަށްބޮޑު ހިތްދަތިކަމެއް ބަރުދާސްކޮށްފަ. އަޅެ ބުނެބަލަ! ރަނާ އަހަންނަށް މަޢާފްކޮށްފިންތަ؟] ރަނާއާއެކު އެކަނިވީ ވަގުތު، ރަނާގެ އަތުގައި ހިފާލަމުން ވާސިލް ބުންޏެވެ.
[ވާސިލް، ވާސިލް ތިބުނީ ރަނގަޅަށް. ވާސިލްގެ ސަބަބުން އަހަރެން ވަރަށްބޮޑު ހިތްދަތިކަމެއް ބަދުރާސް ކުރިން. އެކަމަކުވެސް އަހަރެން ވާސިލަށް މަޢާފްކޮށްފިން. އެކަމަކު އެ ޑޮކްޓަރަށް އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަން. އަހަރެން ދަޢުވާވެސް ކުރާނަން.] ރަނާ ބުންޏެވެ.
[އަހަރެން ވަރަށް އުފާވެއްޖެ ރަނާ އަހަންނަށް މަޢާފްކުރީތީ.] ވާސިލް ރަނާގެ އަތުގައި ހިފާ ފިތާލިއެވެ. އެދުވަހު ރަނާގެ ދޮންބެވެސް ގުޅާފައި، ވަރަށް ދެރަވެފައި ރަނާއާ ވާހަކަ ދެއްކިއެވެ.
އެރޭ ހޮސްޕިޓަލުން ފަރުވާ ލިބުމަށްފަހު، ރަނާ ގެޔަށް ބަދަލުކުރެވުނެވެ.
ޖެހިގެން އައި ދުވަހުން ފެށިގެން އަނެއްކާވެސް ރަނާއާއި ވާސިލްގެ ކައިވެނީގެ ތައްޔާރީ ފެށުނެވެ. ނަމަވެސް ރަނާގެ މޫނުމައްޗަކުން އުފާވެރި ކަމުގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ ހުންނަނީ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައެވެ. ހީވާގޮތުން އޭނާއަށް އަމަރާމެދު މާބޮޑަށް ވިސްނެނީއެވެ.
ޙަޤީޤަތަކީވެސް އެއީއެވެ. އޭނާގެ ހަނދާނަށް އަންނަނީ، އަމަރްގެ އޯގާތެރިކަމެވެ. އޭނާގެ ތެދުވެރިކަމާއި ވަފާތެރިކަމެވެ. އަމަރަކީ ވަރަށް އިޚްލާޞްތެރި ފިރިހެނެކެވެ. އޭނާ އިޚްލާޞްތެރި ނޫންނަމަ، ބޮޑު އެޕާޓްމަންޓެއްގައި އަންހެނަކަށް ފުރިހަމަ ޙިމާޔަތްދީގެން ނުބައިންދާނެއެވެ.
[ދަރިފުޅާ، ކޮން ޚިޔާލެއްގަ. ދެން މާބޮޑަށް ނުވިސްނަބަލަ. ހިނގާބަލަ ބަދިގެފަރާތަށް ކޮންމެވެސް އެއްޗެއް ކާން.] ޝަފީޤާ ރަނާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.
[މަންމާ، އަދިވެސް ކާހިތެއްނުވޭ. އެއްވެސް ކުށެއްނެތި އަހަރެން މިވަނީ ވަރަށް ބޮޑަށް ބަދުނާމްވެފައި. ގެއްލިއްޖެ އަބުރެއް ނުލިބޭނެޔޭ ބުނެއެއްނު. އެއްވެސް ކުށެއްނެތި އަބުރު ގެއްލިގެން ދިޔައިމާ، އަހަރެން ކިހާ ދެރަވާނެ. އެދުވަހު އެތައްވަރަކަށް ހުވާކޮށްފަ ބުނީމާވެސް، އެއްވެސް މީހަކު އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރި. މަންމާ، އަހަރެންގެ ގެއްލުނު އަބުރު އަހަންނަށް ހޯދައިދީ.....] ރަނާއަށް ރޮވިއްޖެއެވެ.
[ދަރިފުޅާ، ދެން ދެރަނުވޭ. މަންމައަކަށް ނޭނގެ، ދެން ހަދާނެ ގޮތެއްވެސް. ގެއްލިގެންދިޔައީ ދަރިފުޅުގެ އަބުރު އެކަންޏެއް ނޫން. ޢާއިލާގެ ޢިއްޒަތާއި ޤަދަރުވެސް ކުޑަވެގެން ހިނގައްޖެ. މިހާރު ދަރިފުޅުގެ ބައްޕަ އެބައުޅޭ ޑޮކްޓަރާ ދަޢުވާކުރަން.] ޝަފީޤާއަށްވެސް ރޮވުނެވެ.
[ރަނގަޅު މަންމާ، އެ ޑޮކްޓަރު ދޫކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުން، ރާއްޖޭގެ މީޑިއާ މެދުވެރިކޮށް، އެ ޑޮކްޓަރާބެހޭ މަޢުލޫމާތު ޢާންމުންނަށް ދޭން. ހުރިހާ ދުވަހު ނޫސްތަކަށްވެސް އަހަރެން ގުޅާނަން.] ރަނާ އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.
އެވަގުތު އޭނާ ދިޔައީ އޭނާގެ މަންމަ ގޮވައިގެން ރާއްޖޭގެ އެންމެ ހިނގާ ދުވަހު ނޫސްތަކުގެ އިދާރާތަކަށެވެ. އެގޮތުން، މިއަދު ނޫސް، ހަވީރު ނޫސް، ހާމަ ނޫސް އަދި މިނިވަން ނޫހަށާއި، އާފަތިސް ނޫހުގެ އިދާރާއަށް ގޮސް، އެދެމައިން، އެ މަޢުލޫމާތު ދިނެވެ. އެ ޙާދިޘާ ހިނގިގޮތް، ފެށިގެން އަދާ ހަމައަށް ނޫސްތަކަށް، އެދެމައިން މަޢުލޫމާތު ދިނެވެ. ދެމައިންގެ މަޢުލޫމާތާ ގުޅުވައިގެން، ހުރިހާ ނޫސްތަކުންވެސް ޑޮކްޓަރުގެ ބަހެއް ހޯދުމަށް ހޮސްޕިޓަލަށް ގުޅިއެވެ.
ޖެހިގެން އައި ދުވަހު ހުރިހާ ދުވަހު ނޫސްތަކެއްގައިވެސް، ޑޮކްޓަރ ރާކީގެ ސަބަބުން ކުށެއްނެތް ޢިއްފަތްތެރި އަންހެން ކުއްޖެއްގެ އަބުރު ގެއްލިއްޖެ ކަމަށް އެކި ޢިބާރާތްތަކުން ލިޔެފައިވެއެވެ.
[އަދި ކިރިޔާ، އަހަރެން ހިތްހަމަޖެހުނީ. އަހަރެން އެ ޑޮކްޓަރަށް މަޢާފްދޭކަށް ބޭނުމެއް ނޫން. އެވަރަށް ރޯނުފިލާ މީހުން މިތާ ހޮސްޕިޓަލަށް ގެންނާކަށް ނުޖެހޭނެ. މީހަކު ބޮލުގައި ރިއްސައިގެންދާއިރަށް، އޭނާ ނުޖެހޭނެ ބަނޑުބޮޑޭ ބުނާކަށް.] ރަނާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާއާއެވެ.
އެދެމީހުން ވާހަކަ ދައްކަން ތިބީ ރަނާގެ ކޮޓަރީގައެވެ.
[އަމަރް ނުގުޅާތަ؟] ޝެހެނާ އެއްސެވެ.
[އޭނާ އޮތީ ބުނެފައި، އަހަރެން ނުގުޅާށޭ ބުނެގެނޭ ނުގުޅަނީ. ގުޅާށޭ ބުނީމާ ނޫނީ ނުވެސް ގުޅާނަމޭ.] ރަނާ އޭނާގެ ފޯނަށް ބަލައިލިއެވެ. އޭނާގެ އަތަކު އަމަރްގެ ނަމްބަރެއްވެސް ނެތެވެ.
[އަހަރެން ގުޅޭތޯ ބަލަންތަ؟] ޝެހެނާ މިހެން އަހާލުމަށްފަހު، އަމަރަށް ގުޅޭތޯ ބެލިއެވެ. އަދިވެސް އޮތީ އަމަރްގެ ފޯނު އޮފްކޮށްފައެވެ.
[އޮފް ކޮށްފަ. އަނެއްކާ ރާއްޖެއިން ބޭރަށް ދިޔައީބާ؟] އާއެކެވެ. ވީވެސް އެހެންނެވެ. އެކްސްރޭ ނެގުމަށްފަހު، އަމަރްގެ ފައިގައި ރެނދު އަޅާފައި ހުރި ކަމަށް ޑޮކްޓަރު ބުނުމުން، ރާއްޖެއިން ބޭސް ކުރަން ބޭނުންނުވާތީ، އަމަރްގެ ބައްޕަ، އަމަރް ގޮވައިގެން ސިންގަޕޫރަށް ފުރީއެވެ. އަމަރަށް ރަނާއާ ބައްދަލުވުމަށް ފުރްޞަތު ނުލިބިއެވެ. ރާއްޖެއިން ބޭރަށް ދާން އަމަރް ކިތަންމެ ބޭނުންނުވި ކަމުގައިވިޔަސް، އޭނާއަކީ ދުވަހަކުވެސް ބައްޕައާ ދެކޮޅަށް ބަސްބުނާ މީހަކަށްނުވާތީ، އޭނާ ބައްޕަގެ އެނިންމުމާމެދު އެއްވެސް އެއްޗެކޭ ނުބުނެއެވެ.
ބައްޕަ އަބަދުވެސް ވިސްނަނީ، އަމަރްގެ ކުރިއެރުމާއި މުސްތަޤްބަލަށްޓަކައިކަން އޭނާ ހެޔޮހިތުން ޤަބޫލުކުރެއެވެ.
ކޮންމެހެންވެސް ރަނާގެ ކައިވެނީގެ ރަސްމިއްޔާތުގައި އަމަރް ބައިވެރިކުރުމަކީ ރަނާ ވަރަށް ބޭނުންވާ ކަމެކެވެ. މިހާރު ކައިވެނީގެ ދުވަސް އައިސް ބޯމަތި ވަނީއެވެ. މިހާރު ކައިވެންޏަށް އޮތީ ހަތަރު ދުވަހެވެ. ވުމާއެކު ރަނާ ޝެހެނާ ގާތު ބުނެފައިވަނީ، އަމަރްގެ ގެ ހޯދައިގެން ނުވަތަ އަމަރްމެން ރެސްޓޯރެންޓަށް ގޮސްގެންވެސް އޭނާ ހުރި ތަނެއް ހޯދުމަށެވެ.
[އަމަރްމެން ރެސްޓޯރެންޓަށް ދަމާ. އެތަނަށް ގޮސް އެތާ ސޭޓް ގާތު އަހާނީ.] ރަނާ ވާހަކަ ދެއްކީ ޝެހެނާއާއެވެ.
ރަނާގެ މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނަށް އެއްވެސް ނަމްބަރެއް އަރާފައިނެތެވެ. އެހެންކަމުން ރާއްޖެއިން ބޭރުގެ ކޯލެކޭ ބުނެފައި، ރަނާ ފޯނު ނަގައިފިއެވެ. އެއާއެކު އިވުނު އަޑުން އޭނާ ދިޔައީ ސިއްސައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު