އެޕިސޯޑް 09
...............
[އަމަރްމެން ރެސްޓޯރެންޓަށް ދަމާ. އެތަނަށް ގޮސް އެތާ ސޭޓް ގާތު އަހާނީ.] ރަނާ ވާހަކަ ދެއްކީ ޝެހެނާއާއެވެ.
ރަނާގެ މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތުއެވެ. ފޯނަށް އެއްވެސް ނަމްބަރެއް އަރާފައިނެތެވެ. އެހެންކަމުން ރާއްޖެއިން ބޭރުގެ ކޯލެކޭ ބުނެފައި، ރަނާ ފޯނު ނަގައިފިއެވެ. އެއާއެކު އިވުނު އަޑުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އިވުނީ ނިހާލްގެ އަޑެވެ.
[އަނެއްކާވެސް އޭނައާ އިންނަންދޯ ތިއުޅެނީ. ކަލޭ ތީ ހާދަ ރަޙުމެއްވެސް ނެތް މީހެކޭދޯ. އަހަރެން މިވަރަށް ލޯބިވާއިރުވެސް، ކަލޭގެ އަބުރު ނަގާލައި، އިތުބާރު ނުކުރި މީހަކާ އިންނަން ތިއުޅެނީ. އޭނާ ދެންވެސް އަޑެއްއިވޭއިރަށް ކަލެއާ ދުރަށްދާނެ.] ނިހާލް މިހާރު ރަނާއާ ވާހަކަ ދައްކަނީ ހަޑި ހުތުރު ބަހުރުވައިންނެވެ.
[ކިހާ ދެރަކަމެއް. މިމީހެއްގެ ކިބައިން ސަލާމަތެއް ނުވެވުނޭ. ކިހިނެއްވެގެން އުޅޭ މީހެއްތަ ތިއީ.] ރަނާ ރުޅިގަދަވިއެވެ.
[ރަނާދެކެ ލޯބިވާތީ. ވަރަށް ސާފުބަހުން އަހަރެން މިބުނަނީ، އަހަރެން ރަނާގެ ލޯބި ޙާޞިލްކުރާނަން. ރަނާ އަހަންނާ އިންނަންވެސް އިންނާނެ.] މިހެން ބުނެފައި ނިހާލް ފޯނު ބޭއްވިއެވެ. ރަނާ ކުދިކިޔަމުން އަމަރްމެން ރެސްޓޯރެންޓަށް ދިޔުމަށްޓަކައި ނުކުތެވެ.
އެދުވަހު ރަނާމެން ރެސްޓޯރެންޓަށް ގޮސް އޮޅުންފިލުވުމުން އެނގުނީ، އަމަރް އެކްސިޑެންޓެއްވެގެން، ބޭސްފަރުވާއަށް ސިންގަޕޫރަށް ދިޔަކަމާއި، ދެތިން ދުވަސްތެރޭ އަންނާނެކަމެވެ. ޝެހެނާގެ ފޯނަށް އަމަރް ގުޅީ، އެދުވަހު ޝެހެނާ ގެޔަށްދިޔަތަނާއެވެ. އަމަރް އޭނާ އެކްސިޑެންޓްވާން ދިމާވިގޮތާއި، ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވި ވާހަކަ ކިޔާދިނެވެ.
[މިހާރު ރަނާ ކޮބާ، ޙާލު ރަނގަޅުތަ؟] އަމަރް އެއްސެވެ.
[މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު. ރަނާއާއި ވާސިލްގެ ކައިވެނި، އަންނަ ހޯމަ ދުވަހު ކުރުމަށްޓަކައި، ހުރިހާ ކަމެއްވެސް ނިންމާފައިވަނީ. ރަނާ ވަރަށް ބޭނުންވޭ، އެ ޙަފްލާގައި އަމަރް ބައިވެރިކުރުވަން.] ޝެހެނާ މިހެން ބުނީމާ، އަމަރަށް ހީވީ ޝޮކެއް ލިބުނުހެންނެވެ.
[އޭނ.....ރަނާ އޭނާއާ އިންނަނީ....އަޅެ....އަހަރެން ހާދަ ނަޞީބު ދެރައޭ....އަހަރެން އެ ޙަފްލާގައި ބައިވެރިވެވޭތޯ ވަރަށް މަސައްކަތް ކުރާނަން. ރަނާއަށް އުފަލެއް ލިބެންޏާ، އަހަރެންވެސް އުފާ....އެކަމަކު ރަނާ އެހެން މީހަކާ އިންނަ މަންޒަރަކީ، އަހަރެންގެ ހިތަށް ކުޅަދާނަވާނޭ މަންޒަރެއް ނޫން. އެކަމަކުވެސް ހިތްވަރު ކުރާނީ. ރަނާއަށް ސަލާމް ބުނާތި.....] އަމަރްގެ އަޑު ބެދޭގޮތްވުމުން، އޭނާ ފޯނު ކަނޑާލިއެވެ. އަމަރް ދެއްކި ވާހަކައިން ޝެހެނާއަށްވެސް އަސަރު ކުރިއެވެ.
އަމަރް ފޯނު ބޭއްވުމާއެކު، ޝެހެނާ ރަނާއަށް ގުޅާފައި އަމަރް ދެއްކި ހުރިހާ ވާހަކައެއްވެސް ކިޔާދިނެވެ. ޝެހެނާ އެވާހަކަ ކިޔާދިނުމުން ރަނާ ވަރަށް ދެރަވިއެވެ. ރަނާ އެންމެ ބޮޑަށް ދެރަވީ، އަމަރް އެކްސިޑެންޓްވީ އޭނާގެ ސަބަބުންކަން އެނގުނީމައެވެ.
ޙަޤީޤަތުގައި އަމަރް ރަނާދެކެވަނީ ތެދުވެރި ލޯބިކަން މިހާރު އޭނާއަށް އެނގި ސާބިތުވެއްޖެއެވެ. އެހެން ނަމަވެސް، ވާސިލަކީ އޭނާގެ އަލަތު ލޯތްބެވެ. އެލޯތްބަށްޓަކައި އެންމެބޮޑު ހިތްދަތިކަމެއްވެސް އޭނާ ބަދުރާސް ކުރި ލޯތްބެވެ.
[އަޅެ، ހަމަ ޙަޤީޤަތުގައިވެސް އަމަރް ދެއްކި ވާހަކައެއްތަތީ!؟ ކީއްވެތަ އަމަރް އަހަންނަށް ނުގުޅީ. އަހަންނަށް ގުޅިޔަސް އެއްވެސް މައްސަލައެއް ނެތޭ.] ރަނާ ހީވަނީ ވަރަށް ބޮޑަށް މާޔޫސްވެފައިވާހެނެވެ.
[ރަނާ އަދި ހުއްދައެއް ނުދެމެއްނު. އޭނާ ނުގުޅަނީވެސް ރަނާ ބުނެގެން. ޝެހެނާ ބުންޏެވެ.
[އެކަމަކު މިހާރު އެދުވަސް ހިނގައްޖެއެއްނު. އަޅެ އަހަންނާ ގުޅިނަމަ. އަމަރަކީ ވަރަށް އޯގާތެރި ފިރިހެނެއް.....އޭނާއަށް އަންހެނުންގެ އިޙްސާސްތައް ވަރަށް ފުރިހަމައަށް އެނގޭ.] ރަނާ އަމަރަށް ތަޢުރީފް ކުރިއެވެ.
ޙަޤީޤަތުގައި ރަނާ މުޖްތަމަޢާ ބާކީވެ އޮޔާދަނިކޮށް، ސަލާމަތްކޮށް އައްސޭރިފަށަށް ގެނައީ އަމަރެވެ. ރަނާއަށް އޭނާގެ މައިންބަފައިންގެ އަޅާލުމާއި ލޯބި އަލުން ލިބެން ފެށީ، އަމަރްގެ ސަބަބުންނެވެ. އަމަރް ރަނާއަށް އިތުބާރު ކުރިއެވެ.
[ދޫނި މަޅިފަތީގައި ޖެހިފައި، ދޫވެގެން ހިނގައްޖެދޯ؟ ވަގުތުން ބާރުގެ ދަށަށް ގެނެސް އައްސާލިނަމަ. އަމަރްމެން ހުޝިޔާރުނަމަ، މަޅިފަތީގައި ޖެހިފައި ދޫވެގެންދާކަށް ނުޖެހޭނެ.] އަމަރްގެ ރަޙްމަތްތެރިޔާ ޒަފަރް، އަމަރާ ދިމާކުރިއެވެ.
[ގަދަކަމުން އެއްވެސް ކަމެއް ޙާޞިލްކުރާކަށް އަހަރެން ބޭނުމެއް ނޫން. އަބަދުވެސް އަހަރެން ބުނަމެއްނު، އަހަރެން ލޯބި ހޯދާނީ ރުހުމާ އެކުގައޭ.] އަމަރް ޒަފަރަށް ރައްދުދިނެވެ. ހިތްވަރުކޮށްފައި ވާހަކަ ދެއްކި ކަމުގައިވިޔަސް، ޙަޤީޤަތުގައި އަމަރަށް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
[ތިވަރަށް ދޫދޭކަމަށްވަންޏާ، ތިކަންވާނޭހެނެއް އަހަންނަކަށް ހިއެއްނުވޭ. ޞަފާއާ ގުޅެންވީނު. ޞަފާ އަމަރްދެކެ ނުލާހިކު ލޯބިވޭ.] ޒަފަރް ބުންޏެވެ.
[އަދި ބޭނުމެއް ނޫން، ރަނާ ނޫން އެއްވެސް ކުއްޖަކާ ދޭތެރޭ ވިސްނާކަށް. ފަހުން ޞަފާއާމެދު ވިސްނަންވެސް ޖެހިދާނެ.] އަމަރް ބުންޏެވެ.
[ރަނާގެ ކައިވެނީގެ ޙަފްލާގައި ބައިވެރިވުމަށް ދާނަންތަ؟] ޒަފަރް އެއްސެވެ.
[އާނ...ދާނަން....ހިތަށް އަރަނީ، އެމަންޒަރު ބަލަން އަހަންނަށް ކެތްވާނެބާއޭ....] އަމަރް ބޯހޫރާލިއެވެ.
އަމަރް ލޯބިވަނީ އެހެން އަންހެން ކުއްޖަކު ދެކެކަން އެނގިހުރެމެވެސް، ޞަފާ މަސައްކަތް ކުރަމުންދަނީ އަމަރް ކާމިޔާބު ކުރުމަށެވެ. އޭނާ ބޭނުންވަނީ ވީހާވެސް ގިނައިރެއް ވަންދެން އަމަރް ފެންނަފަށުގައި އުޅެ، އަމަރްގެ ހިތް އޭނާގެ މައްޗަށް އަނބުރާލާށެވެ.
[ވާން ނެތް ކަމަކާމެދު އަމަރް އަބަދު ތިގޮތަށް ވިސްނުމަކީ ރަނގަޅު ގޮތެއް ނޫން. ކީއްވެތަ، އަމަރް އަހަންނާ ދޭތެރޭ އެއްވެސްވަރަކަށް ނުވިސްނަނީ؟] ޞަފާ އަމަރްގެ ކުރިމައްޗަށް ހުއްޓިހުރެ ވާހަކަ ދެއްކިއެވެ.
[ޞަފާ......އަހަންނާ ދޭތެރޭ ޞަފާ ތިގޮތަށް ވިސްނާތީ، އަހަރެން ވަރަށް އުފާކުރަން. އެކަމަކު އަހަންނަކަށް ރަނާ ނޫން ކުއްޖަކުދެކެ އަދި ލޯތްބެއްނުވެވޭ. ފަހުން ވާނޭގޮތެއް އެއްގޮތަކަށްވެސް ނޭނގޭނެ.] އަމަރް އަދި ދުވަހަކުވެސް އެވަރަށްވެސް ގާތްކޮށް ޞަފާއާ ވާހަކަ ދައްކާފައެއް ނުވެއެވެ. ވުމާއެކު، ޞަފާ ވަރަށް ހިތްހަމަޖެހުނުވެސްމެއެވެ.
[އަމަރް....އަބަދު ތިގޮތަށް އެކަކާމެދު ނުވިސްނަބަލަ. އަމަރަށްވެސް އެބައެނގޭ، ތިޔައީ ވާންނެތް ކަމެއްކަން. އަހަރެން މިބުނަނީނު، އަހަރެންވެސް އަމަރަށް ލޯބިދޭނަމޭ....] ޞަފާ އަމަރަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަމަރަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަނީ ހަމައެކަނި ޞަފާއެއް ނޫނެވެ. އަމަރްގެ މަންމަވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. އޭނާ ތަކުރާރުކޮށް އަމަރަށް ނަޞޭޙަތްތެރި ވަމުންދޭވެސްމެއެވެ.
[އަހަރެންވެސް މަސައްކަތް ކުރަމުން މިދަނީ، އެހަނދާންތަކާ ދުރަށް ދެވޭތޯ. އެކަމަކު ވަރަށް އުނދަގޫ ކަމެއް. އެހެން ނޫނަސް، ތަޤްދީރު ރޭވެމުންދާ ގޮތެއް އަދި ނޭނގެއެއްނު.] އަމަރް، އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ.
މިހާރު ރަނާއާއި ވާސިލްގެ ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް ވަމުންދަނީއެވެ. ކައިވެނީގެ ރެޔަށްޓަކައި ދެފަރާތުގެ ޢާއިލާއިން ހެދުންފަހާ، ހެދުން ހެޔޮވަރު ކުރަމުން ދަނީއެވެ. ނަމަވެސް، ކައިވެނީގެ ވަގުތު ކުޑަތަންވަމުންދާއިރު، ރަނާގެ މޫނުމައްޗަކުން މާބޮޑު އުފާވެރިކަމެއް ނުފެނެއެވެ.
އޭނާ ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިދާނެތީ އުޅޭހެންނެވެ. އެކަން ކޮންމެވެސްވަރަކަށް އޭނާގެ މަންމަ ޝަފީޤާއަށްވެސް ފާހަގަކުރެވުނެވެ.
[ދަރިފުޅާ.....ކައިވެނި ކުރެވޭތީ އުފަލެއްވެސް ނުވޭތަ؟ މަންމައަށް ހީވަނީ ދަރިފުޅު ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ފިކުރުކުރާހެން.] ދަރިފުޅުގެ އިޙްސާސްތައް ޝަފީޤާ ދެނެގަތެވެ.
[އަހަރެން އެއްވެސް ކަމަކާ ނުވިސްނަން. ކިތަންމެ ބުންޏަސް، މާޒީއާ ދޭތެރޭ ވިސްނޭނެދޯ. ހިތަށްއަރަނީ، އެދުވަހު އެތައްވަރަކަށް ހުވާކުރީމާވެސް، އަހަރެންގެ އަޑު އެއްވެސް މީހަކު ނޭހިއޭ. އެންމެކުޑަމިނުން ވާސިލްވެސް އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑެއްނޭހި.] އެދުވަސްތަކުގެ ހަނދާން އާވުމާއެކު، ރަނާއަށް ރޮވުނެވެ.
[ދަރިފުޅާ! ނުރޮއި ހުއްޓާލާ. އެދުވަސްތައް ހަނދާންވުމުން، މަންމަވެސް ވަރަށް ދެރަވޭ. ހިތަށް ވަރަށް އުނދަގޫވޭ. ކައިވެނި ކުރެވުނީމާ، ތިޔަ ހުރިހާ ކަމެއް ޙައްލުވެދާނެ.] ރަނާގެ ލޯ ފޮހެދޭން ޝަފީޤާ ފެށިއެވެ.
ވާސިލާއި ރަނާގެ ކައިވެނި ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ، ކައިވެނި ކުރެވޭ ރެޔެވެ. އެރެޔަށްޓަކައި މިހާރު ހުރިހާ ކަމެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ކައިވެނި ކުރުމަށް ރަނާމެން ދިރިއުޅޭ ގެ ހަމަޖެހިފައިވާއިރު، ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ނަސަންދުރަ ޕެލަސް ހޮޓެލްގައެވެ.
ޝެހެނާ ގާތު ބުނެގެން ރަނާ ވަނީ އެ ކައިވެނީގެ ޙަފްލާގައި، އަމަރް ބައިވެރިވެދިނުމަށް އެދިފައެވެ. ކައިވެނީގެ ޙަފްލާއަށް ދެން އޮތީ އެންމެ ބާވީސް ގަޑިއިރެވެ.
[މާދަމާރޭ މިގެޔަށް އަންނާށޭ އަމަރް ގާތު ބުނިންތަ؟ ކޮންމެހެންވެސް އޭނާ ގެންނައްޗޭ.] ރަނާ ޝެހެނާ ގާތު އެދުނެވެ.
[އަމަރް ބުނި ބަރާބަރު ގަޑިއަށް އަންނާނަމޭ. އަހަރެންގެ ހިތަށްއަރަނީ، އޭނާ ރަނާދެކެ އެވަރަށް ލޯބިވާއިރު، އޭނާއަށް ރަނާ ކައިވެނިކުރާ މަންޒަރު ބަލަން ކެތްވާނޭބާއޭ!] ޝެހެނާ ބުންޏެވެ.
ޖެހިގެން އައި ދުވަހަށް އެރި އިރާއެކު، އަމަރްގެ ހިތް ނުތަނަވަސްވެ، ހާސްވަމުންދިޔައެވެ. އޭނާ ހިތަށް އަރަމުންދަނީއެވެ. އޭނާގެ ކުރިމަތީގައި ރަނާ އެހެން ފިރިހެނަކާއެކު ކައިވެނި ކުރެވޭ މަންޒަރު ބަލަން އޭނާއަށް ކެތްކުރެވިދާނެބާއެވެ. ކޮންމެގޮތެއްވިޔަސް، ގަދަކަމުން ހިތްވަރު ނެރެގެން، މިރޭގެ ހަތެއް ޖަހާއިރަށް އެގެޔަށް ދާން އޭނާ ބޭނުމެވެ.
ކައިވެނީގެ ވަގުތު ކައިރިވަމުންދާ ވަރަކަށް، ރަނާވެސް ހާސްވަމުންދާ ކަހަލައެވެ. އޭނާއަށް ބަލައިލެވުނީ، ގެޔަށް ވަންނަ މައިދޮރާ ދިމާއަށެވެ. މިހާރު ހެކިވެރިންނާއި ޤާޒީވެސް އަތުވެއްޖެއެވެ. ރަނާއާއި ވާސިލްގެ ޢާއިލާގެ މެމްބަރުންވެސް އެތާނގައި އެބަތިއްބެވެ.
ޝެހެނާ ހުރީ އަމަރް އާދޭތޯ ދޮރުމަތީގައެވެ. އަމަރް އައިސް ވަނީ ކައިވެނި ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ މޭޒުކައިރީ ރަނާމެން އިށީން ވަގުތެވެ.
އޭރު ކައިވެނީގެ ޚުޠުބާ ލައިދިނުމަށްޓަކައި ޤާޒީ ޚުޠުބާ ކިޔަން ތައްޔާރުވަނީއެވެ. އެމަންޒަރު ފެނުމާއެކު، ވަގުތުން އަމަރް ފެންކަޅިވެއްޖެއެވެ. އޭނާ އިސްޖަހާލުމާއެކު، އަނެއްފަރާތަށް އެނބުރުނެވެ. ރަނާހުރީ އަމަރަށް ވަމުންދާގޮތް ރަނގަޅަށް ބަލާށެވެ. ދެން ފެނުނީ ޤާޒީ ގާތު މަޑުކޮށްލާށޭ ބުނެފައި ރަނާ ތެދުވި މަންޒަރެވެ.
ރަނާ ތެދުވުމަށްފަހު، އޭނާގެ ވާންއުޅޭ ފިރިމީހާ ވާސިލްގެ މޫނަށް ބަލައިލިއެވެ. އެއަށްފަހު، އޭނާ ގޮސް ހުއްޓުނީ، އޭނާ އެންމެ ޙާލުގައި ޖެހުނު ވަގުތު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން މީހާގެ ކުރިމައްޗަށެވެ. އޭރު އަމަރްގެ ލޮލުން ކަރުނައިގެ އަސަރު، ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ. އޭރު ވާސިލާއި އެތަނުގައި ތިބި ދެ ޢާއިލާގެ މީހުން ތިބީ ޙައިރާންވެފައެވެ.
[ވާސިލް....އަހަންނަށް މަޢާފްކުރޭ....މިވަގުތު ދެފަރާތުގެ ޢާއިލާގެ ފަރާތުންވެސް އަހަރެން މަޢާފަށް އެދެން.] އޭރު ރަނާގެ ލޮލަށްވެސް ވަނީ ކަރުނައިގެ އަސަރު ވެރިވެފައެވެ.
ރަނާ އެއުޅެނީ ކީއްކުރަންބާއެވެ. ރަނާ އެމީހަކުދެކެ އެންމެ ލޯބިވި ލޯބިވެރިޔާއާ ކައިވެނިކުރެވޭއިރު، އޭނާ ކުރަން އެއުޅެނީ ކޮންކަމެއްބާއެވެ. ހަމަގައިމުވެސް މިރެޔަކީ ކޮންމެވެސް ބަޔަކު އުފާކުރާނޭ ރެއެކެވެ. އެފަދައިން ކޮންމެވެސް ބަޔަކު ހިތާމަވެސް ކުރާނެ ރެޔެކެވެ. ހިތާމަތައް ބަރުދާސް ކުރަންޖެހޭނީ ކާކަށްބާއެވެ.
ހަމަ ޔަޤީނުންވެސް މިހާރު ރަނާގެ އެއްވެސް ނިންމުމަކަށް، އޭނާގެ ބައްޕަ ދެކޮޅެއް ނަހަދާނެއެވެ. އެމީހުންގެ ސަބަބުން ރަނާ އުފުލި ހިތްދަތިކަމުގެ ބަދަލު ދުވަހަކުވެސް ދެވޭނޭ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ.
ޙަޤީޤަތުގައި ރަނާއަށް އެންމެބޮޑު ހިތްދަތިކަން ކުރިމަތިވި ވަގުތު، ރަނާ ވަރަށް އާދޭސްކޮށް ހުވާވެސް ކުރިއެވެ. ނަމަވެސް، އެދުވަހު އޭނާގެ އަޑު އޭނާގެ ޢާއިލާގެ އިތުރުން، ވާސިލްއާއި ވާސިލްގެ ޢާއިލާއިންވެސް ނޭހުންވީ، ރަނާ ދުވަސްތަކެއް ވަންދެން ބޮޑު ބައްޔެއް ބަރުދާސް ކުރުމެވެ.
[ދަރިފުޅާ ރަނާ! ކައިވެނިކުރަން އުޅެނިކޮށް ތެދުވެގެން ދިޔައީމަ ކަމަކުނުދާނެއެއްނު. ޤާޒީ ޚުޠުބާ އިއްވައި ނިމެންދެން އައިސް އިށީނދެބަލަ.] ރަނާގެ ބައްޕަ ހާޝިމް، ޤާޒީގެ އިޝާރާތަކާއެކު ވާހަކަ ދެއްކިއެވެ.
ރަނާ އަމަރްގެ ފުރަގަހަށް ހުއްޓި، އަމަރްގެ ކޮނޑަށް އަތް ވައްޓާލަމުން، ފަހަތަށް އެނބުރި ވާސިލްގެ މޫނަށް ބަލައިލިއެވެ.
[ބައްޕާ....އަހަންނަށް މަޢާފްކުރޭ. ވާސިލްވެސް އަހަންނަށް މަޢާފްކުރާނޭ ކަމަށް ހީކުރަން. ތިޔަ ކައިވެނި ކުރާކަށް އަހަރެން ބޭނުމެއް ނޫން ބައްޕާ.] ރަނާގެ މި ޖުމްލައާއެކު، އެތަނުގައި ތިބި ހުރިހާ މީހުންނަށްވެސް ބޮޑު ޝޮކެއް ލިބުނު ފަދައެވެ.
[ކީކޭ! ދަރިފުޅާ.....ކިހިނެއްވީ؟] ހާޝިމް ޙައިރާންވެފައިހުރެ އެއްސެވެ.
[ބައްޕާ.....މަންމާ......ދިރިއުޅުމެއް ފަށާއިރު، ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. ޙަޤީޤަތުގައި އަހަރެންގެ ޙަޔާތުގެ ހުންގާނާ ޙަވާލުވުމަށްޓަކައި ހެދި އިމްތިޙާން ނުވަތަ ތަޤްދީރުން ކުރިމަތިވި އިމްތިޙާނުން ވާސިލްވަނީ ވަރަށް ބޮޑަށް ފެއިލްވެފައި. އެދުވަސްތަކުގައި ވާސިލް އަހަރެންދެކެ ތެދުވެރި ލޯބިނުވާކަން އަހަންނަށް ވަރަށް ރަނގަޅަށް ސާބިތުވި. އާނ...ބައްޕާ....އަހަރެން ތަކުރާރުކޮށް އެތައްފަހަރަކު އަހަރެން ކުށެއް ނުކުރާ ކަމަށާއި، ދެވަނަ ޑޮކްޓަރަކަށް ދައްކައިދިނުމަށް އެދުނީމާވެސް، އެކަކުވެސް އެދުވަހު އަޅެއްނުލި. އެ ބިދޭސީ ޑޮކްޓަރުގެ ބަސް ޤަބޫލުކޮށްގެން، ހުރިހާ މީހުންވެސް އަހަރެން ބާކީކޮށްލީ. ހުވާކޮށްފައި ބުނީމާވެސް، އެކަކުވެސް އަހަރެންގެ ވާހަކަ އަޑެއްނޭހި. އެދުވަހު އަހަންނަށް މި ތެދުވެރި އިންސާނާގެ އެހީތެރިކަމާއި އޯގާތެރިކަން ނުލިބުނުނަމަ، ބައްޕަމެންނަށް ފެނުނީހީ އަހަރެންގެ ޤަބުރު. މި އަމަރަކީ އަހަރެންދެކެ ތެދުވެރި ލޯބިވާ މީހެއް. އަމަރް އަހަންނަށް އިންތިޒާރު ކުރާތާ އެތައް އަހަރެއްވެއްޖެ. މިކަން މާ ރަނގަޅަށް ޝެހެނާއަށްވެސް އެނގޭނެ.]
ރަނާ މިހެން ބުނުމާއެކު، ޝެހެނާ އެއީ ތެދެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. އޭރު ވާސިލަށް ރޮވެނީއެވެ.
[ނޫން....ރަނާ....އެދުވަހު ރަނާ ދެއްކި ވާހަކަ ޤަބޫލު ނުކުރެވުނަސް، މީގެފަހުން އަހަރެން އަބަދުވެސް ރަނާއަށް އިތުބާރު ކުރާނަން. ހެޔޮނުވާނެ ރަނާ، އަހަރެން ރަނާދެކެ ވަރަށް ވަރަށް ލޯބިވޭ. އާނ ވަރަށް ލޯބިވޭ. ޕްލީޒް....މިތާ އިށީނދެބަލަ.] ވާސިލްވެސް ތެދުވެއްޖެއެވެ.
[ވާސިލް އަހަންނަށް މަޢާފްކުރޭ. އަހަރެންވެސް ވާސިލްދެކެ ލޯބިވިން. އެކަމަކު މިހާރު އަހަރެން އެ ލޯބި ޤުރްބާންކޮށްލަން ނިންމައިފިން...އަމަރް...މިތާ މިތިބަ އެންމެންގެ ޙާޒިރުގައި އަހަރެން އަމަރްގެ ލޯބި ޤަބޫލުކޮށްފިން.] އެވަގުތު ބޭއިޚްތިޔާރުގައި އަމަރަށް ރަނާގެ އަތުގައި ހިފާލެވުނެވެ.
[ރަނާ.....ކޮންމެހެން ރަނާ ޙާލުގައި ޖެހުނު ދުވަހު އެހީތެރިވެދިނީމާ، ރަނާގެ ލޯބި ޤުރްބާން ނުކުރޭ. ރަނާ ވާސިލާ ކައިވެނިކުރޭ. އަހަރެން ރަނާދެކެ ކިތަންމެ ލޯބިވި ކަމުގައިވިޔަސް، ރަނާ އަހަރެންދެކެ ލޯތްބެއް ނުވަމެއްނު.] އޭރު އަމަރްގެ ލޮލުންވެސް ކަރުނަ ފައިބަމުންދިޔައެވެ.
[ނޫން...އަމަރް! ލޯތްބަކީ އަޅާލުމާއި އޯގާތެރިކަމުން އުފެދޭ ޖަޒްބާތެއް. މިއީ އަހަރެންގެ ފަހުގެ ނިންމުން. އަހަންނަށް އެނގޭ، އަމަރް އެކްސިޑެންޓްވީވެސް އަހަންނާ ހެދިކަން.] ރަނާ މިހެން ބުނެފައި، އޭނާގެ ބައްޕަގެ މޫނަށް ބަލައިލިއެވެ.
[ރަނާ....ތިޔަހެން ނަހަދާ.] ވާސިލް މަޑުމަޑުން ހިނގާފައި އައިސް ރަނާގެ އަތުގައި ހިފެހެއްޓިއެވެ.
[އަހަރެންގެ އަތުން ދޫކޮށްލާ ވާސިލް. އަހަރެންގެ ޙަޔާތުން ވާސިލަށް ދިން މަޤާމް މިހާރު އަހަރެން ދޭން ބޭނުންވަނީ އަމަރަށް.] މިހެން ބުނެފައި، ވާސިލްގެ އަތުން ވީއްލިގަތުމަށްފަހު، ރަނާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ހިތަށް ކޮށްފައިވާ ފުން އަސަރާއެކު، ވާސިލް އެގެއިން ނުކުތީ ކަރުނަ އަޅަމުންނެވެ. ވާސިލްގެ ފަހަތުން އޭނާގެ ޢާއިލާވެސް ނުކުތެވެ.
ރަނާގެ ބައްޕަ ހާޝިމް ގޮސް އަމަރްގެ ކުރިމައްޗަށް ހުއްޓުނީ ޤާޒީވެސް ނުކުތީމައެވެ.
[އަމަރް.....އަމަރް ރަނާއާ އިންނާނަންތަ؟] އަމަރްގެ ދެކޮނޑުގައި ހިފަހައްޓާލަމުން ހާޝިމް އެއްސެވެ. އިސްޖަހައިގެން ހުރެ އަމަރް ބޯޖަހާލިއެވެ.
[އަދި މިއުޅެނީ އަމަރަށް ޝުކުރުވެސް އަދާނުކުރެވިގެން. ޙަޤީޤަތުގައިވެސް އެމަންޖެއަށް ދިމާވެފައިވަނީ ވަރަށް ހިތްދަތިކޮށް. ބައްޕަމެންނަށްވެސް އެދުވަހު އެމަންޖެ ދެއްކި އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެވުނު. ދަރިފުޅު ގޮސް އެކޮޓަރިއަށް ވަދެބަލަ. ބައްޕަގެ އެއްވެސް މައްސަލައެއް ނެތް، ދަރިފުޅު ބޭނުން ދުވަހަކު ކައިވެނި ކުރަން ހަމަޖައްސާ.] ރަނާގެ ބައްޕަ އަމަރްގެ ބުރަކަށީގައި ފިރުމާލަމުން، މިހެން ބުނީމާ އަމަރް ގޮސް ރަނާގެ ކޮޓަރިއަށް ވަނެވެ. އަމަރް ކޮޓަރިއަށް ވަންއިރު، ރަނާ އެނދުމަތީގައި ބަންޑުން އޮވެ ރޮމުން ދަނީއެވެ. އަމަރް އައިގޮތަށް އައިސް، ރަނާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
[ރަނާ....ނުރޮއި ހުއްޓާލާ.....ތިގޮތަށް ނިންމީވެސް ރަނާ އަމިއްލައަށް. އެއްވެސް ޙާލެއްގައި އަހަރެން ރަނާއަށް އެހީތެރިވީކީ، ރަނާގެ ފަރާތުން ބަދަލަކަށް އެދިގެނެއް ނޫން. ލޯތްބަށްޓަކައި، ރަނާ، ރަނާ ލޯބިވާ މީހާއާ ކައިވެނިކުރޭ. ރަނާގެ ހިތާމަތައް ދެކޭނޭ ހިތްވަރެއް އަހަންނަކަށް ނުލިބޭނެ. އަހަރެން ރަނާދެކެ ކިތަންމެ ލޯބިވިޔަސް، ރަނާގެ ލޯބި ގަދަކަމުން ހޯދާކަށް، އަހަރެން ބޭނުމެއް ނޫން. ރަނާ ވާސިލާ ކައިވެނިކުރޭ.] ރަނާގެ ބޮލުގައި ނިކަން އޯގާތެރިކަމާއެކު އަމަރް ފިރުމާލިއެވެ.
[އަމަރް، އަހަރެންގެ ވިސްނުން ދެން ބަދަލެއް ނުވާނެ. މިވަގުތު ދެރަވިޔަސް، އަހަރެން އެ ހަނދާންތަކާ ދުރަށްދާނަން. އަހަރެން މިހާރު މިހުރީ އަމަރާއެކު ދިރިއުޅުމައިގެން ކުރިއަށް ދާން ތައްޔާރަށް.] ރަނާ ތެދުވެ އަމަރްގެ ކޮނޑުގައި ބޯއަޅާލިއެވެ.
ޙަޤީޤަތުގައި ރަނާގެ ލޯތްބާއި އުފާތައް ޤުރްބާންވާ ޙާލުގައި، ރަނާއާ ގުޅޭކަށް ފަހަރެއްގައިވެސް އަމަރް ބޭނުމެއް ނޫނެވެ. އޭނާ ރަނާދެކެވަނީ ތެދުވެރި ލޯތްބެވެ. ފަހަރެއްގައިވެސް އެ ލޯބި ހޯދުމަށްޓަކައި އެއްވެސް މީހަކަށް ދެރައެއްދޭކަށް އަމަރް ބޭނުމެއް ނޫނެވެ. ވުމާއެކު، ރަނާގެ އަތުން ވާސިލްގެ ނަމްބަރު ހޯދުމަށްފަހު، އޭނާ ވާސިލަށް ގުޅިއެވެ. އޭނާ ބޭނުންވަނީ މަޢާފަށް އެދޭށެވެ.

ކިޔުންތެރިންގެ ހިޔާލު