އެޕިސޯޑް 11
...............
ދުވަސްތައް މާޒީވަމުން ގޮސް އަމަރާއި ރަނާގެ ކައިވެންޏަށް އަހަރުވުމާއެކުހެން، ދެފަރާތުގެ ޢާއިލާއިން އަމަރާއި ރަނާ ކުއްޖަކު ހޯދުމުގެ މަޝްވަރާދޭން ފެށިއެވެ. އެންމެ ބޮޑަށް އެކަމަށް އެދެނީ، އަމަރްގެ ބައްޕަ ނިޔާޒެވެ. ނިޔާޒް ބޭނުންވަނީ، ވީހާވެސް އަވަހަކަށް އޭނާއަށް ކާފަ ކިޔާނޭ ކުއްޖަކު ހޯދުމެވެ. އެކަމަކު ބައްޕަމެން ކިތަންމެ ބޭނުންވިޔަސް، އެއީ އަމަރަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އޭނާއާއި ރަނާގެ ގުޅުމަށް ކުއްޖަކު ލިބިދާނޭ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.
އަމަރް...ދެފަރާތުގެ ޢާއިލާއިންވެސް މިހާރު އެދެމުންދަނީ ކުއްޖަކު ހޯދަން. އެކަމަކު އަމަރް ތިބުނަނީ އަދިވެސް ފަސްކުރަން.] ރަނާ އަމަރްގެ މޭގައި ބޯއަޅައިގެން އޮވެ ބުންޏެވެ.
[އެހާ އަވަހަށް ކުއްޖަކު ހޯދުމަކީ، މާ މުހިންމު ކަމެއް ކަމަކަށް އަހަންނަކަށް ނުފެނޭ.] އަމަރް، ރަނާ އޭނާގެ މެޔާލާ ބޮނޑިކޮށްލަމުން ބުންޏެވެ.
[އަޅެ އެއީ ކީއްވެތަ؟ އަމަރްގެ ބައްޕަވެސް އެވަރަށް އެދޭއިރުވެސް މަޑުކުރަނީތަ؟ މިހާރު ކައިވެންޏަށް އަހަރުވީ. އެކަކު އަނެކަކަށް ދަސްވާހާ ދުވަސް ވެއްޖެ.] މިހާރު ރަނާވެސް ބޭނުންވަނީ ކުއްޖަކު ހޯދާށެވެ.
[އަހަރެން ވިސްނާލާއިރު، ކުއްޖަކު ހޯދާ ޢުމުރަށްވުރެ، ރަނާ އަދި މާ ޅަ. ޙަޤީޤަތުގައި ޅަޢުމުރުގައި ވިހެއުމަކީ ވަރަށް ގެއްލުން ހުރި ކަމެއް.] އަމަރް އަދިވެސް ކުއްޖަކު ހޯދާކަށް އެއްބަހެއް ނުވެއެވެ. އަމަރް އެހެން ބުނީމާ، ރަނާވެސް ކުއްޖަކު ހޯދުން ފަސްކުރަން ނިންމިއެވެ. ޙަޤީޤަތުގައިވެސް ޅަޢުމުރުގައި ވިހެއުމަކީ، އަންހެން މީހާއަށް އެހާ ރައްކާތެރި ކަމެއް ނޫނެވެ.
[ވިހެއުމަށްފަހު ނިކަން އަވަހަށް މުސްކުޅިވެސްވެދާނެ. ޙަޤީޤަތުގައި ރަނާ މުސްކުޅިވާކަށް އަހަރެން ނޭދެން. އަހަންނަށް ރަނގަޅީ އަބަދުވެސް ރަނާ ތިޔަ ރީތިކަންމަތީގައި ދެމިހުރިއްޔާ.] ރަނާގެ ލޮލަށް ބަލަން ހުރެފައި އަމަރް ވާހަކަ ދެއްކިއެވެ.
[މާނައަކީ ދުވަހަކުވެސް އަމަރް ކުއްޖަކު ބޭނުމެއް ނޫނޭތަ؟] ރަނާ އެއްސެވެ.
[ކީއްކުރާ ކުއްޖެއް....އެއީ ވަރަށް ވޭންހުރި ކަމެއް. އެވަރުގެ ބުރައެއް ރަނާ ލައްވާ އުފުލުވާކަށް އަހަރެން ބޭނުމެއް ނޫން.] އަމަރް ރަނާގެ ނޭފަތުގައި އޭނާގެ ނޭފަތް ޖައްސާލަމުން ބުންޏެވެ.
[އެކަމަކު އަހަރެން ބޭނުންވާނެ ކުއްޖެއް. އެހެން ނޫނީ ގެ ވަރަށް ފަޅުވާނެ.] އަމަރްގެ ހުރިހާ ވާހަކައަކަށް ރަނާއަކަށް އެއްބަހެއް ނުވެވުނެވެ.
[ކުއްޖަކު ލިބިދާނެޔޭ، ރަނާ ނުވިހެޔަސް. އަހަރެމެން ކޮންމެވެސް ބައެއްގެ ދަރިފުޅަކު ގެނެސް، ދަރިއެއް ކަމަށް ބަލާނީ. އެގޮތް ކިހިނެއްވާނެ.] އަމަރް މިހެން ބުނެފައި ވަށައިގެން ހޯދާލިއެވެ.
[އެކަމަކު.....އޭރުންވެސް އެކުއްޖަކު އަހަރެމެންގެ ދަރިއަކަށް ނުވާނެއެއްނު.] ރަނާ ބުންޏެވެ.
[ދަރިއެއްގެ ގޮތުގައި ބަލާ ބޮޑުކުރީމާ، އެވާނީ ދަރިއަކަށޭ. ރަނާ ބޭނުމެއް ނޫންތަ، ޒުވާންކަންމަތީ ދެމިހުންނާކަށް. ހަމަގައިމުވެސް އަހަރެން ބޭނުން، ޒުވާންކަންމަތީ ދެމިހުންނަން.]
އަމަރް ބޭނުންވަނީ އޭނާއަށް ދާއިމަށް ރަނާއާއެކު އުޅެވޭނެ ގޮތް ފަހިކުރާށެވެ. ނަމަވެސް، ކުއްޖަކު ވިހެއުމުގެ ބަދަލުގައި އެހެން ބައެއްގެ ކުއްޖަކު ބެލުމަކީ ރަނާ ރުހޭ ކަމެއް ނޫނެވެ. ޢަމުދުން އެކަމަށް ދެފަރާތުގެ ޢާއިލާއަކުންވެސް ނުރުހޭނެއެވެ.
[އަމަރް ކުއްޖަކު ހޯދުން ފަސްކުރިޔަސް، އަހަރެން ބޭނުން ކުއްޖަކު. އެހެން ބައެއްގެ ދަރިއަކު އަހަންނަކަށް ނުބެލޭނެ. މުސްކުޅިވިޔަސް އަހަރެން ބޭނުން ކުއްޖަކު.] ރަނާގެ ޚިޔާލު ބަދަލެއްނުވިއެވެ. އެންމެފަހުން ހިތާދެކޮޅަށް އަމަރްވެސް ނިންމީ، ދެޢާއިލާގެ އުފަލަށްޓަކައި ކުއްޖަކު ހޯދާށެވެ.
[މައްސަލައެއް ނެތް. ހިނގާ ނިދަން އޮށޯންނަން. އަހަރެންވެސް ނިންމައިފިން، ރަނާ އެދޭގޮތަށް ކުއްޖަކު ހޯދަން. ވިހެއުމުން ލިބިދާނެ ގެއްލުމަކަށް އަހަރެން ޒިންމާއެއްނުވާނަން.] އަމަރް އޮށޯތެވެ.
އަމަރް ވިސްނަނީ އޭނައަށް އުނި ކުއްޖަކު ލިބިދާނެތީއެވެ. އެއީ އޭނާ އަބަދުވެސް ހިތަށްއަރާ އެއްޗެކެވެ. އެފަދަ ކުއްޖަކު ލިބިއްޖެނަމަ، ރަނާއަކަށް ހަމަގައިމުވެސް އެކުއްޖަކު ނުބެލޭނެއެވެ. ރަނާ ފޫހިވެސްވާނެއެވެ. ފަހަރެއްގައިވާ ގޮތަކުން އެއީ އެދެމަފިރިންގެ ކައިވެނީގެ ނިމުމަށްވެސް ވެދާނެއެވެ.
މިހުރިހާ ވިސްނުމަކާ އެކުގައިވެސް، އެރޭ އަމަރް ރަނާ އެދޭފަދަ ގުޅުމެއް ބޭއްވިއެވެ. ރަނާއާއި ދެފަރާތުގެ ޢާއިލާގެ އުފަލަށްޓަކައެވެ.
[އަޅެ....އަހަންނަށް ކުއްޖެކު ލިބޭނެދޯ؟] ރަނާ ފާޚާނާއިން ނުކުންނަމުން އަމަރް ގާތު އެއްސެވެ.
[ނުލިބެންވީ ސަބަބެއް ނެތް. މިރެއިން ފެށިގެން އިންތިޒާރު ކުރަމާ......] އަމަރް އެނދުން ތެދުވިއެވެ.
[އަމަރް ތިހުރީ ހިތްހަމަނުޖެހިފަދޯ؟ އަމަރްވެސް ވިސްނާލީމާ އެނގޭނެއެއްނު، ކުއްޖަކު ހޯދުމުގެ މުހިންމުކަން. އަހަންނަށް ހީވަނީ އަމަރް އެހެން ކޮންމެވެސް ކަމެއް އަހަންނަށް ސިއްރު ކުރަނީހެން. އަނެއްކާ އަމަރް އެހެން ކަމެއް ކުރަނީތަ؟] ރަނާއަށް ޝައްކުވިއެވެ. ރަނާ މިހެން ބުނީމާ، އަމަރަށް ސިހުން ލިބުނެވެ.
[ނޫނޭ....އަހަރެން ދެން ރަނާއަށް ކޮންކަމެއްތަ ސިއްރު ކުރާނީ. އަހަރެން ރަނާދެކެ ލޯބިވާ މިންވަރު، ރަނާއަށް ރަނގަޅަށް އެނގެންވާނެ. ރަނާގެ އެއްވެސް އުފަލަކަށް އަހަރެން ހުރަހެއްނާޅާނަން.] އަމަރް ބުންޏެވެ.
ހަމަ އެރެއެވެ. ދަންވަރުގެ ވަގުތު ރަނާއަށް ރަނގަޅަށް ނިދިއްޖެކަން ޔަޤީންވުމާއެކު، އަމަރް މަޑުމަޑުން ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ފޭބީ، އެގޭގެ އެންމެ ތިރީބައިގައި ހުންނަ ބަގީޗާތެރެއަށެވެ. އެބަގީޗާއަކީ ވަރަށްފަހުން ހަދާފައިވާ ބަގީޗާއެކެވެ. އޭރު އެބަގީޗާތެރޭގައި ރަތް ހެދުމެއް ލައިގެންހުރި ޒުވާން އަންހެނަކު ހުއްޓެވެ. އޭނާގެ މޫނު ނުފެނުނު ކަމުގައިވިޔަސް، އެއީ ޒުވާން އަންހެން ކުއްޖެއްކަން އެނގެއެވެ. ދެން ފެނުނީ އަމަރް އެ އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ހިނގައިގަތް ތަނެވެ. އޭރު އެކުއްޖާގެ ރުއިމުގެ އަޑު ކޮންމެވެސްވަރަކަށް އިވެމުންދިޔައެވެ. އަމަރް އެކުއްޖާގެ އަތުގައި ހިފައިގެން ގޮސް އެގެއިން ނުކުތެވެ.
ރަނާއަށް ހޭލެވުނީ އެނބުރި އައިސް ކޮޓަރިއަށް ވަން އަޑަށެވެ. ވަގުތުން ރަނާ ބެލީ އެނދުގެ ސައިޑް ކަޑަބްމަތީގައި ހުރި ސޯނާ ގަޑިއަށެވެ. ގަޑިން ފަތިހު ހަތަރުގަޑިބައިވެ ބޮޑުވިއެވެ. ރަނާ ހޭލުމާއެކު، އަމަރް ވަރަށް ބޮޑަށް ސިހުނެވެ.
[އަމަރް...! ކޮންތާކުން؟] ރަނާ ޙައިރާންކަމާއެކު އެއްސެވެ.
[މިއައީ ރެސްޓޯރެންޓުން. އެތާނގައި އުޅޭ ދެބިދޭސީއަކު ތަޅައިގަނެގެން، ވަރަށް މައްސަލަ ގޯސްވެގެން، އެތަނުން ގުޅީ އަހަންނަށް. އައި ރުޅީގައި އެދެމީހުންވެސް ރަށަށް ފޮނުވަން ނިންމާފައި މިއައީ.] އަމަރް ވާހަކައެއް ހަދާލިއެވެ.
[އެހެންތަ؟ އެމީހުންނާ ހެދި އަމަރަށް ނުވެސް ނިދުނުދޯ. އަވަހަށް އައިސް އޮށޯވޭ....އެކަމަކު މިހާއިރު ހޭލާ ހުރެފައި، ދެން ނިދަންވާނީ ފަތިސް ނަމާދު ކޮށްލައިގެން. އަހަރެންވެސް އަންނާނަން ވުޟޫކޮށްގެން. އަމަރްދާނީ މިސްކިތަށްދޯ؟] ރަނާ ތެދުވިއެވެ. ބޯޖަހާލައިގެން އަމަރް އަނެއްކާވެސް ކޮޓަރިން ނުކުތެވެ.
އޭގެފަހުންވެސް ރަނާއަށް ހޭނުލެވުނު ނަމަވެސް، ކޮންމެ ރެޔަކު އަމަރް ބޭރަށް ނުކުމެއެވެ. އޭނާ ރަނާ ނިދާފައި އޮންނަ ވަގުތު މުޅިންވެސް ހޭދަކުރަނީ ގެއިން ބޭރުގައެވެ. ބެލެވޭ ގޮތުގައި، އޭނާ އެހެން ކޮންމެވެސް ގޮތަކުން ހިތްހަމަޖެހުން ހޯދަނީއެވެ. އުފާތަކެއް ލިބިގަންނަނީއެވެ.
އުފެދޭ ސުވާލަކީ އޭނާ އެންމެ ލޯބިވާ ބައިވެރިޔާ، އޭނާގެ ޙަޔާތަށް އައުމުންވެސް އޭނާ އިތުރު އުފާތަކެއް ބޭނުންވަނީބާއެވެ. އޭނާ ރަނާ ގާތު ބުނާގޮތުން ރަނާއަކީ އޭނާއަށް ވަރަށް ކުޑައިރުއްސުރެ ލޯބިވެވުނު އަންހެން ކުއްޖެކެވެ. އެހެންވީއިރު، ރަނާ ނޫން އަންހެން ކުއްޖެއްގެ ފަރާތުން އަމަރް އެއްވެސް އުފަލަކަށް އެދިފާނެބާއެވެ. ޔަޤީނެވެ. އަމަރެއް ނޭދޭނެއެވެ. އަމަރޭ ބުނެ، އެހެން މީހަކު އެފަދަ ވިސްނުމެއް ގެންގުޅެފާނެއެވެ. އަމަރް ލޯބިވަނީ އެކަނި ރަނާ ދެކެއެވެ. އޭނާއަށް އެހެން މީހަކުދެކެ ލޯބިނުވެސް ވެވޭނެއެވެ.
އޭގެ މާގިނަ ދުވަސްތަކެއްނުވެ، މާބަނޑުވުމުގެ ޢަލާމާތްތައް ރަނާއަށް ފެންނަން ފެށިއެވެ. ޢާންމުކޮށް އަލަށް ބަލިވެއިންނަ ކުދިންނަށް ދިމާވާ ކަންތައްތައް ދިމާނުވި ކަމުގައިވިޔަސް، އޭނާއަށް އާދަޔާ ޚިލާފް ބައެއް ކަންތައްތަކާ ކުރިމަތިވެއެވެ. ބަނޑަށް އެންމެ ނުވަ ހަފްތާވީއިރު، އޭނާގެ ބަނޑުން އާދަޔާ ޚިލާފަށް ތޮޅެން ފެށުމަކީ، އެންމެންވެސް ވަރަށް ބޮޑަށް ޢަޖައިބުވި ކަމެކެވެ.
[ވަރަށް ބޮޑަށް ތޮޅޭކަން އެނގޭ. އެކަމަކު އެއްވެސް އުނދަގުލެއް ނުވޭ. އަމަރް، ޑޮކްޓަރަށް ދައްކަމާ....ބައެއްފަހަރު ތޮޅޭވަރުން ބިރުވެސްގަނޭ.] ރަނާ މަޑުމަޑުން ބަނޑުގައި އަތް ކާއްތާލަމުން ވާހަކަ ދެއްކިއެވެ.
[ތިޔައީ އެއްވެސް ކަމެއް ނޫން. މިމަހު މިހާރު ދެފަހަރު ޑޮކްޓަރަށް ދެއްކިއްޖެ. ޑޮކްޓަރު ބުންޏެއްނު، އެއްވެސް މައްސަލައެއް ނެތޭ. އަޞްލު ބޮޑަށް ފުރަތަމަފަހަރުވީމާ، ފާޑުފާޑުގެ ގޮތްގޮތްވާނެ.] އަމަރް ބޭނުންވަނީ ރަނާ ހޮސްޕިޓަލަށް ނުގެންގޮސް ފަރުޖައްސާލާށެވެ.
[އަމަރަށް އިޙްސާސެއް ނުކުރެވޭނެ އަހަންނަށްވާގޮތެއް. އަޞްލު ތިންމަހުން ތޮޅޭވަރުގެ ކުއްޖަކު ނުވެސް އޮންނާނެކަންނޭނގެ.] އެވަގުތު އަމަރްވެސް ބަލަންހުއްޓާ ރަނާގެ ބަނޑުން ކުއްޖާ ތޮޅުނުކަން ފެނުނެވެ. ހީވީ ބަނޑުތެރޭން ބޮޑު ފަންޏެއް ދުއްވައިގަންނަހެންނެވެ.
[އުނދަގޫނުވަންޏާ، އެއްވެސް މައްސަލައެއް ނޫން ތިޔައީކީ. ވެދާނެ ދަރިފުޅަށް ރަނާގެ ބަނޑުގައި އޮންނަން އުނދަގޫވަނީ ކަމަށްވެސް.] އަމަރަށް މިހެން ބުނެވުނު ވަގުތު، އެކޮޓަރި ދޮރުމަތިން މީހަކު ގޮވާލި އަޑަށް އަމަރް އެނބުރުނެވެ. އަޑެއް އިވުނުހެން ހީވުމުން، ރަނާވެސް ފަސްއެނބުރި ބެއްޔެވެ. ނަމަވެސް ދޮރުމައްޗަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ނަމަވެސް، އަމަރް ނުކުތެވެ. ރަނާ އޮތީއެވެ. ފަހަކަށްއައިސް ބަނޑަށް އުނދަގޫވާތީ ރަނާ ތެދުވެއެއް ނޫޅެއެވެ. ގޭގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ މިހާރު ދެބިދޭސީ މަސައްކަތު މީހުންނެވެ. އަމަރް މިހާރު އޮންނަނީ ގޭގެ އެއްވެސް ކަމެއް ކުރުން ރަނާއަށް މަނާވެސް ކޮށްފައެވެ.
[މިގޮތަށް އޮންނަން ވެއްޖެއްޔާ، ނުވަމަސް ފުރޭއިރު އަހަރެން ބޮޑު ފީފާއަކަށް ވެދާނެއެއްނު. މަސައްކަތްނުކޮށް މިހެން އޮތުމަކީ، މާފަސޭހަ ކަމެއްވެސް ނޫން.] ރަނާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޝެހެނާއާއެވެ.
[މިހާރު އަލަށް ބަލިވެއިންނަ އަންހެނުން ޢާންމުކޮށް ދުވަސް ފުރެންދެން ބެޑް ރެސްޓްގައި އުޅޭނީ. މިހާރުގެ ޒުވާނުން މާ ބަލިކަށީ ކަމަށް ވެދާނެ.] ޝެހެނާ ބުންޏެވެ.
[އަޞްލު އަހަންނަށް ވަރަށް އުނދަގޫ، މަސައްކަތެއް ނުކޮށް މިހެން އޮންނަން. އެކަމަކު އަމަރްގެ ހުއްދައެއް ނެތް، އަހަރެން ތެދުވެ އުޅޭކަށް.] ރަނާ ކުޑަކޮށް ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ.
[ދެން ވިހަންދެން ކެތްކޮށްލާ. ދަރިފުޅު ލިބުނީމާ، ހުރިހާ ގޮތަކުންވެސް ފަސޭހަވެ ހިތްހަމަޖެހޭނެ.] ޝެހެނާ ބުނެލިއެވެ.
[އަހަރެންނަށް ކުދިން ލިބި މުސްކުޅިވާއިރުވެސް، ޝެހެނާ ހުންނާނީ ހަމަ ތިޔަހެންދޯ؟ އަޅެ އަދިވެސް ޝެހެނާއަށް ރަނގަޅު މީހަކާ ދިމާނުވޭތަ.] ރަނާ މިހެން ބުނީމާ، ޝެހެނާ ހީގަތެވެ.
[މިހާރު ދެން ކޮންމެވެސް މީހަކު ގުޅާ. އެކަމަކު އަދި ނުދެކެން. މިހުންނަނީ ރަނގަޅަށް އެކަން ކޮށްފަ ރަނާގާތު ބުނަން.] ޝެހެނާ ބުންޏެވެ.
[އަޅެ އަޞްލުވެސްތަ؟ ކޮން ނަމެއްކިޔާ ކާކުތަ، އަނެއްކާ ރަށު މީހެއްތަ؟] ރަނާ އުފާވެފައި އެއްސެވެ.
[މިރަށު މީހެއް. އަދި ނުދެކެމޭ. ޒާއިޝް ކިޔަނީ. ނޭނގެ އޭނައަށް އަހަރެން ފެނިގެން އުޅެނީ ކޮންތަނަކުން ކަމެއްވެސް.] ޝެހެނާއަށް މިހެން ބުނެވުނު ވަގުތު އޭނާގެ މޯބައިލް ރިންގްވާން ފެށިއެވެ.
[ޒާއިޝްކަންނޭނގެ.] ޝެހެނާ، އަތް ދަބަސްތެރޭ އޮތް ފޯނު ނެގިއެވެ. ހީވީ ރަނގަޅަށެވެ. ގުޅީ ޒާއިޝްއެވެ.
[ކޮންތާކު؟] ޒާއިޝް ވާހަކަ ދެއްކިއެވެ.
[މިއިނީ ރައްޓެއްސެއް ގާތު. ޒާއިޝްއަކަށް ނޭނގޭނެ. އަހަރެންގެ ބެސްޓް ފްރެންޑް ރަނާ. އެގޭގައި މިއިނީ.] ޝެހެނާ ބުންޏެވެ.
[އަހަރެން ދަންތަ ތިގޭދޮށަށް. އޭރުން ބައްދަލުވެސް ކުރެވިދާނެއެއްނު.] ޒާއިޝް ބޭނުންވަނީ، މިހާރު ޝެހެނާއާ ބައްދަލުކުރާށެވެ.
[ނޫނޭ އަހަރެން ގެޔަށް ގޮސް މިސްކޯލެއް ދޭނަން. ދިނީމާ ގެޔަށް އާދޭ. ގެއިން ބޭރުގައި، ފިރިހެނުންނާ ވާހަކަ ދެއްކުމަކީ، އަހަރެން ކުރާ ކަމެއް ނޫން.]
ޝެހެނާއަކީ އަބަދުވެސް އަބުރަށް ހުތުރުވެދާނެތީ، ވިސްނާ އަންހެން ކުއްޖެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާދެކެ ލޯބިވާ މީހަކު އޭނާއާ ބައްދަލުކުރަން އެދޭނަމަ، އަންނަންޖެހޭނީ ސީދާ އޭނާގެ ގެޔަށެވެ. އެހެންނޫނީ އޭނާ ޤަބޫލުކުރާނީ އެއީ ލޯބިން ވައްކަން ކުރަން އުޅޭ މީހެއްގެ ސިފައިގައެވެ. އޭނާގެ ލޯބީގެ ޙަޔާތަށް، ގިނަ ބަޔަކަށް އައުމުގެ ފުރްޞަތު ލިބިފައި ނުވަނީވެސް އެހެންވެގެންނެވެ.
[ރަނާ އަހަރެން ދަނީ. މިއަދު ޒާއިޝްއާ ބައްދަލުކޮށްފަ، އަހަރެން ރަނާއަށް ގުޅާނަން.] ޝެހެނާ ގެޔަށް ދިޔުމަށްޓަކައި ނުކުތެވެ.
[ގުޅައްޗޭ.....] ޝެހެނާ ނުކުތީމާ ރަނާ ބުންޏެވެ. ޝެހެނާ ދިޔައީ ގެޔަށެވެ. ޓެކްސީއެއްގައެވެ. އޭނާ ގެޔަށް ގޮސް ވަންތަނާހެން ޒާއިޝް ގުޅިއެވެ. ހީވީ ގޭދޮރުމަތީގައި ބަލަން ހުރެފައި މީހަކު ގުޅީހެންނެވެ.
[އަހަރެން ގެޔަށް ވަންތަން ބަލަންތަ ތިޔަހުރީ؟] ފޯނު ނަގަމުން ޝެހެނާ ބުންޏެވެ.
[އަހަރެންނަށް ޝެހެނާގެ ހުރިހާ ފިޔަވަޅުތަކެއްވެސް އެނގޭ. އެހާވަރަށް ލޯބިވަންޏާ އެނގޭނެއެއްނު. ޝެހެނާއަކަށް ޤަބޫލެއްވެސް ނުކުރެވޭނެ، އަހަރެން ޝެހެނާދެކެ ލޯބިވާ މިންވަރެއް. ޝެހެނާ އަހަރެން އަދި މިއަދަކު ތިގެއަކަށް ނުވަންނާނަން. ރައްޓެއްސެއްގެ ސައިކަލް ފަހަތުގައި މިއުޅެނީ. ބޭރަށް ނުކުންނަންވީނު.] ޒާއިޝް އެދުނެވެ.
ޝެހެނާ ދޮރާށިން ބޭރަށް ބޯދިއްކޮށްލިއެވެ. ސައިކަލް ފަހަތުގައި އިނީ ރީތި ޒުވާނެކެވެ. އޭނާ އިނީ ހިނި އައިސްފައެވެ. އެހެން ނަމަވެސް، ޝެހެނާ ބޭރަކަށް ނުނިކުމެއެވެ. އޭނާ ދޮރާށިން ބޭރަށް ބޯ ދިއްކޮށްލައިގެން ހުރީއެވެ. ޙަޤީޤަތުގައި ޒާއިޝްގެ ރީތިކަން ފެނި، ޝެހެނާ އެހުރީ ވަރަށް ބޮޑަށް ހުއްޓުން އަރާފައެވެ. އެހާ ރީތި ޒުވާނަކު، އޭނާގެ ލޯތްބަށް އެދިފާނޭ ކަމަކަށް، ފަހަރެއްގައިވެސް އޭނާ އުއްމީދެއް ނުކުރެއެވެ.
ޒާއިޝް، އޭނާއާބެހޭ މަޢުލޫމާތު ދީފައިވާ ގޮތުން އޭނާއަކީ މެލޭޝިޔާގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ޒުވާނެއްކަން އެނގެއެވެ. ފެށޭ އަހަރަކީ އޭނާގެ ތަޢުލީމީ ފަހު އަހަރެވެ.
[ނުވަދެ ދަނީތަ؟] ސީދާ ޒާއިޝްގެ ލޮލަށް ބަލަން ހުރެފައި ޝެހެނާ އެއްސެވެ.
[އަހަރެން ބުނިންދޯ، އަހަރެން ފުރަން އުޅޭ ވާހަކަ. މާދަމާރޭ ފުރަނީ. މެލޭގައި ހުއްޓަސް، އަހަރެން ގުޅަމުން ގެންދާނަން. އަހަރެން ޔަޤީން ކުރަން، ޝެހެނާ އަހަރެންގެ އިންތިޒާރުގައި ހުންނާނޭ ކަމަށް.]
[އެންމެ ރަނގަޅު. ފުރުމުގެ ކުރިން މިގެޔަށް އަންނާނަންތަ؟] އެންމެ ފެނިލުމަކަށްފަހު ޒާއިޝް ފުރާތީ، ޝެހެނާގެ ހިތް އަވަސްވިއެވެ.
[އާނ....ޝެހޭއާ ބައްދަލުކޮށްފަ އަހަރެން ފުރާނީ. ދެން ދަނީ.] ޒާއިޝްގެ އިޝާރާތަކާއެކު، އޭނާގެ އެކުވެރިޔާ ސައިކަލް ދުއްވާލިއެވެ.
ވަގުތުން ޝެހެނާ ގުޅީ ރަނާއަށެވެ.
[ރަނާ ޒާއިޝްއާ ބައްދަލުވެއްޖެ. އަހަރެން މިހުންނަނީ ޙައިރާންވެ އަންތަރީސްވެފައި. ހިތަށްއަރަނީ ޒާއިޝް ކަހަލަ ރީތި ޒުވާނަކު އަހަރެންނާ ގުޅުނީ ކީއްވެބާއޭ.] ޝެހެނާ އުފާވެރި ޚަބަރު، އެކުވެރިޔާއަށް ދިނެވެ. އަބަދުވެސް އޭނާއަށް ލިބޭ ކޮންމެ ހިތާމައެއްގައިވެސް، ކޮންމެ އުފަލެއްގައިވެސް އޭނާ ރަޙްމަތްތެރިޔާއާއެކު ޙިއްޞާ ކުރެއެވެ.
ޝެހެނާ ޒާއިޝްގެ ރީތިކަން ފެނި، އުފާ ފާޅުކުރަމުންދާއިރު، އުފެދޭ ސުވާލަކީ ޒާއިޝްގެ ޙަޤީޤަތް އޭނާއަށް އެނގޭބާވައެވެ. ޒާއިޝްގެ ޙަޤީޤީ ސިފަ އޭނާއަށް ފެނިއްޖެބާއެވެ. ހަމަގައިމުވެސް އެގޮތަށް ސައިކަލެއްގެ ފަހަތުގައި އިންނަ އިނުމަކުން، މީހާގެ ޙަޤީޤީ ސިފައެއް ނުފެންނާނެއެވެ.
ނަމަވެސް، ޝެހެނާގެ ހިތް އެވަނީ އެންމެ ފެނިލުމަކާއެކު، ޒާއިޝްގެ ލޯތްބަށް އެދި ގޮވާ ޙާލުގައެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން ދަނީ އޭނާގެ ދެވަނަ ފެނިލުމަކަށެވެ. ދެވަނަ ފެނިލުމަށްފަހު، އަހަރު ދުވަހަށް އޭނާއަށް ޒާއިޝް ގެއްލޭނެއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ޝެހެނާ ނަލަހެދިލައިގެން ޒާއިޝްގެ އިންތިޒާރުގައި ގަޑިތައް ގުނަން ފެށިއެވެ. ކާރެއް އައިސް ދޮރާށިދޮށަށް މަޑުކުރީ، ޝެހެނާ ބޭރަށް ނުކުތްތަނާހެންނެވެ. އެ ކާރުގެ ފަހަތު ޝީޓްގައި ޒާއިޝް އިނެވެ.
[އަރަންވީނު. ކުޑަކޮށް ވާހަކަ ދައްކާލާފައި ފައިބާނީ.] ޒާއިޝް އެއްއަތުން ދޮރު ހުޅުވާލިއެވެ. ޝެހެނާއަށް ބޭއިޚްތިޔާރުގައި ކާރަށް އަރާ އިށީނދެވުނެވެ. އެއާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ޒާއިޝްގެ ދެވަނަ ފެނިލުމާއެކު، އިތުބާރުކޮށް ކާރަށް އެރުމަކީ ޝެހެނާއަށް ރައްކާތެރި ކަމަކަށް ވެދާނެބާއެވެ.
ފަހަކަށްއައިސް އޮޅުވާލައިގެން ޒުވާން އަންހެން ކުދިން ވާވެއްދުމަކީ ޢާންމު ކަމެކެވެ. އަނެއްކާ ޝެހެނާއާ ކުރިމަތިމިވީ ކޮންކަހަލަ ކަންތައްގަނޑެއްބާއެވެ. އޭނާ އެކާރަށް އެ އެރީ، ޢާއިލާގެ އެއްވެސް މީހަކަށް އެނގުމެއްނެތިއެވެ. އެހާ އަވަހަށް އޭނައަށް ޒާއިޝްއަށް އިތުބާރު ކުރެވުނީ ކީއްވެބާއެވެ.
[ޒާއިޝް....އަހަރެން މިއައީ މަންމަމެން ގާތު ނުވެސް ބުނެ.] ޒާއިޝްގެ މޫނަށް ބަލައިލަމުން ޝެހެނާ ބުންޏެވެ.
ޝެހެނާ މިހެން ބުނީމާ، ޒާއިޝް ލުއިގޮތަކަށް ހިނިތުންވެލިއެވެ. ޙަޤީޤަތަކީ ޝެހެނާއާއި ޒާއިޝްއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް އިށީނދެގެން އިން ނަމަވެސް، އޭނާއަކަށް ޒާއިޝްގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އޭނާއަށް ހަމައެކަނި ސިފަކުރެވެނީ ޒާއިޝްގެ ފައިސާވެރިކަމެވެ.
[ޝެހެނާ ވަރަށް ބިރުންތަ ތިއިނީ. މިހާރު ދެން އަހަރެން އެއަރޕޯޓަށްދާ ގަޑިވެސް ޖެހެނީ. އަހަރެން އެކޮޅަށް ގޮސްވެސް ގުޅާނަން. ޝެހެނާ އަހަންނަށް އިންތިޒާރު ކުރާނަންތަ؟] ޒާއިޝް ޝެހެނާގެ އަތުގައި ހިފިއެވެ.
[އަހަންނާ ދޭތެރޭ ޝެހެނާ ހިތްހަމަޖެހޭތަ؟ އަހަންނަށް ރަނގަޅަށް ބަލާފަ ބުނައްޗޭ.] މިހެން ބުނެފައި، ޒާއިޝް ޑްރައިވަރު ގާތު ކާރު އައިކޮޅަށް އަނބުރާލުމަށް ބުންޏެވެ.
[އާނ....ވަރަށް ހިތްހަމަޖެހޭ. އަހަރެން ޒާއިޝްއަށް އިންތިޒާރު ކުރާނަން.] ޝެހެނާ ޒާއިޝްގެ އަތުގައި ހިފިއެވެ. ލިބުނު އުފަލާއެކު، ޒާއިޝް ޝެހެނާ އޭނާގެ އެއްއަރިމައްޗަށް ކައިރިކޮށްލުމަށްފަހު، ކުޑަކޮށް ބައްދާލިއެވެ.
އެހިނދު ޝެހެނާ ލަދުގަނެ، ދުރަށް ޖެހިލަން މަސައްކަތް ކުރިއެވެ. މިހާރު ކާރު ޑްރައިވަރު ކާރު ދުއްވަމުން އެދަނީ އަނބުރާލާފައި ޝެހެނާގެ ގެޔަށް ދިޔުމަށްޓަކައެވެ. އެ ކާރުގެ ޑްރައިވަރަކަށް އިނީ ސިލޯނުގެ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު