ޖޫންގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް ކޮކާ-ކޯލާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި އެވެ.

ޖަރުމަނުގައި 14 ޖޫން އިން 14 ޖުލައިއަށް އޮންނަ ޔޫރަޕުގެ އެންމެ ބޮޑު މުބާރާތަކީ، ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި ބާއްވާ ފުޓްބޯޅައިގެ އެންމެ ވާދަވެރި ހިފުމެވެ.

ޔޫރޯއާ ދިމާކޮށް ކޮކާކޯލާ އިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ދިވެހި ނަސީބުވެރިންނަށް ލިބޭނެ އެވެ. ކޮކާ-ކޯލާ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި، އިއުލާންކުރީ އައިސް ޓީވީއިން ވަގުތުން ދެއްކި އިވެންޓެއްގަ އެވެ.



މި އިވެންޓުގައި ގުރުއަތުން ހޮވި، ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ މީހުންނަކީ:

• އާމިނަތު ޝަހީމާ

• އަހްމަދު ނަސީމް

މީގެ އިތުރުން ސްމާޓްފޯން ލިބޭ ހަތަރު ނަސީބުވެރިން ވެސް ވަނީ ހޮވާފަ އެވެ.



ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން

ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626 'އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މެއި އެކަކުން ފެށިގެން 15 ޖޫންގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޔޫރޯގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު، ހަ ނަސީބުވެރިންނަށް (އިތުރު ބައިވެރިއަކާ އެކު) ލިބޭނެ އެވެ. އަދި ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭއިރު، ކޮކާ-ކޯލާއިން ބުނީ އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުން އަންނަ އިރު ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ އެވެ.

ކޮކާކޯލާއަކީ ޔޫރޯގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 އިން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން