އެމްޓީސީސީގެ ސުޒުކީ ފުޓުބޯޅަ ފޯރި 2024 ޕްރޮމޯޝަން މިއަދު އިފްތިތާޙު ކޮށްފިއެވެ.

މި ޕްރޮމޯޝަންއަކީ ސުޒުކީ އިންޖީނާއ،ި ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސް، ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މީގެ އިތުރުން މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ބައްލަވައިގަންނަވާ ފަރާތްތަކަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެއްކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. އަދި މި ޕްރޮމޯޝަންގެ މަޤްސަދަކީ އައުޓްބޯޑު އިންޖީނު ހެޔޮއަގުގައި ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކާއ،ި ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއ،ި މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާރ ޕާރޓްސް ބައްލަވައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ސާމާނު ފޯރުކޮށްދިނުންކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 މެއި 2024 އިން 15 ޖުލައި 2024 ގެނިޔަލަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބައެއް އޮޑިހަރުގެތަކާއ،ި ބޯޓުޔާޑުތައް އަދި އިންޖީނު މަރާމާތު މަސައްކަތްކުރާ ވޯރކްޝޮޕްތަކާއި ސަރވިސް ސެންޓަރުތަކަށް އަމާޒުކޮށް ޙާއްސަ ފީލްޑް ވިޒިޓްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މީގެ އިތުރުން، ދުއްވަމުންދާ އުޅަނދުފަހަރުގެ އިންޖީނު ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއ،ި މެއިންޓެނެންސްއާއި ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތަޢާރަފްކުރެވުނީ 2007 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ދިވެހިންގެ މެދުގައި ސުޒުކީ އިންޖީން މަގްބޫލްވެފައިވަނީ ތެލުގެ ޚަރަދު ކުޑަ އިންޖީނެއްގެ ގޮތުގައެވެ. އަދި މި އިންޖީނަކީ އެހެން އިންޖީނުތަކަށްވުރެ ގިޔަރު ވަރުގަދަ އިންޖީނެކެވެ. ސުޒުކީ އިންޖީނުގެ ގިޔަރު ފަރުމާކުރެވިފައިވަނީ ގަދަ ރާޅުތަކުގެތެރޭގައި ރައްކާތެރިކަމާއިއެކު ދަތުރުކުރާއިރު މަޑުޖައްސާލުމަށްފަހު ދުއްވާލިނަމަވެސް ވަގުތުން ޓޯކް ލިބޭނެހެނެވެ. މީގެއިތުރުން ސުޒުކީ އަކީ ޓެކްނޮލޮޖީގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އިންޖީނެކެވެ. މިގޮތުން އިންޖީނު ބޭނުންކުރެވިފައިވާ ގޮތުގެ ޑައިގްނޯސްޓިކް ރިޕޯޓް އިންޖީނުގެ އިލެކްޓްރޯނިކް ކޮންޓްރޯލް މޮޑިއުލް (އ.ީސ.ީއެމް) ގައި ރައްކާކުރެވިފައި ހުރުމުން އިންޖީނަށް މައްސަލައެއް ދިމާވުމުގެ ކުރިން އެމައްސަލަ ދެނެގަތުމުގެ ޤާބިލުކަން ވަނީ ލިބިފައެވެ. މީގެ އިތުރުނ،ް ސުޒުކީ ޑައިގްނޯސްޓިކް ސިސްޓަމް ގެ މޮބައިލް އެޕްލިކޭސަން މެދުވެރިކޮށް އޮޑިވެރިޔާގެ ފޯނުން، ލޯންޗުގެ ޑިޖިޓަލް ޑިސްޕްލޭ ގޭޖުން ކިއުއާރު ކޯޑް ޖެނެރޭޓްކުރެވި އިންޖީނުގެ ހާލަތު ދެންގަނެވޭނެ މަޢުލޫމާތު ވަގުތުން ލިބިގެންދެއެވެ.

އެމްޓީސީސީގެ ކަސްޓަމަރުންނަށް އަބަދުވެސް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ އަމާޒުގައި ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ހިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން