އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަނުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް 100 އަށްވުރެއް ގިނަ ފްލައިޓް، ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް އިތުުރުކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ، މޯލްޑިވިއަންގެ ފްލައިޓުތައް އިތުރުކޮށްފައިވަނީ އީދު ބަންދާ ދިމާކޮށް ދަތުރު ފަތުރަށް އޮންނަ ޑިމާންޑް އިތުރުވާތީ، ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން މޯލްޑިވިއަނުން ވަނީ މޯލްޑިވިއަންގެ ފްލައިޓުތައް ދަތުރު ކުރާ ރާއްޖޭގެ 16 ޑޮމެސްޓިކް ސެކްޓަރަށްވެސް ފްލައިޓު އިތުރުކޮށްފައެވެ.
އަދި މިހާރު މި ފްލައިޓްތަކަށް ޓިކެޓް ވިއްކުމަށް ހުޅުވާލާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓުތައް އިތުރުކޮށްފައިވާއިރު، ރާއްޖެތެރޭގެ އުދުހުންތަކުގެ އަގުތައްވެސް ވަނީ ދަށްކޮށްފައެވެ.
އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ މައުލޫމާތު ހޯއްދެވުމަށާއި، ޓިކެޓް ބުކް ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓު ނުވަތަ އެޕްލިކޭޝަން އިހުތިޔާރުކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު