މަހުޖަން މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީގެ ޕްރީ ވެޑިން ހަފްލާތައް ފެށީ މި އަހަރުގެ މާރިޗް މަހު އެވެ. ކައިވެނީގެ ކުރިން ބޭއްވި މި ހަފްލާތައް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާގެ ގުޖުރާތާއި ޖަމްނަގަރުގައެވެ.

130 އެއްހާ ފްލައިޓް ޖެޓް ޖަމްނަގަރު އެއާޕޯޓަށް ދިޔަކަމަށް ރިޕޯޓްތައް ބުނާއިރު އަނަންތުގެ ކައިވެނީގެ ކުރިން ބޭއްވި ހަފްލާގައި 50،000 މެހެމާނުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި 1،200 ވީއައިޕީ މެހެމާނުން ހިމެނެއެވެ.

އޭގެތެރޭގައި؛ ރިހާނާ، މާކް ޒުކަބާގް، ބިލް ގޭޓް، ސުންދަރު ޕިޗައި، އިވާންކާ ޓްރަމްޕް، ޝާހްރުކް ޚާން، ދީޕިކާ ޕަދުކޯން، ލެރީ ފިންކް، ސްޓީވަން ހާޕަރ، ކެވިން ރަޑް، ގައުތަމް އަދާނީ، އަދި ކުމާރު މަންގަލަމް ބިރްލާ، ހިނެނެއެވެ.

ކައިވެނީގެ ކުރިން ބާއްވާ އެކި ހަފްލާތަކުގައި ހެދުން އެޅުމުގެ އުސޫލު ތަފްސީލުކޮށްފައިވާ ނުވަ ޞަފްޙާގެ ލިޔުމެއް މެހެމާނުންނަށް ދީފައިވެއެވެ.

ކައިވެނީގެ ކުރިން ބާއްވާ އެކިއެކި ހަރަކާތްތަކަށް ގާތްގަނޑަކަށް 151 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން އެއް ހަފްލާއެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ދެ ގަޑިއިރުގެ ހުށައަޅައިދިނުމަކަށް ރިހާނާއަށް ހަ މިލިއަން ޑޮލަރު ދީފައިވެ އެވެ.

މި ކައިވެނީގެ ހަފްލާ ބާއްވާ ޖިއޯ ވޯލްޑް ގާޑަން ވެނިއު އަށް ދުވާލަކު ގާތްގަނޑަކަށް 97 ހާސް ޑޮލަރު ހަރަދުވެއެވެ. ކައިވެނީގެ ޖުމްލަ ހަރަދަށް ގާތްގަނޑަކަށް 158 މިލިއަން ޑޮލަރު ހަރަދު ވާނޭ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން