ދާދި ފަހުން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތާހާ ޝާހު ވަނީ ލުވް ކާ ދަ އެންޑް އިން ޑެބިއު ކުރުމަށް ފަހު މަޝްހޫރުކަން ހޯދަން އަހަރުތަކެއް ހޭދަވި ކަމަށް ބުނެފައެވެ. ތާހާ ބުނީ އެއްފަހަރަކު ކަރަންގެ ކާރުގެ ފަހަތުން އޮޑިޝަނެއް ބޭނުންވެގެން ދުވި ކަމަށެވެ. އަދި ކަރަންއަށް ތާހާ ޝާހު ފާހަގަ ކުރެވުނު ކަމަށާއި ވަގުތުން ކާރު މަޑުކޮށް ފެން ވެސް ދިންކަމަށް ތާހާ ބުންޏެވެ.
“އޭނާ އަހަރެން ފެނިފައި ކާރު ހުއްޓުވައި ފެން ހުށަހެޅި. އޭނާ އަހަންނަށް ގުޅީ ޖެހިގެން އައި ދުވަހު ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމު ގިއްޕީ އަށް އޮޑިޝަން ދިނުމަށް. އެއީ އަހަންނަށް އެ ރޯލު ލިބުނު ގޮތް،” ތާހާ ކިޔައިދިނެވެ.
2013 ވަނަ އަހަރު ސޯނަމް ނާއިރު ރިލީޒްކުރި ފިލްމުގައި އަރްޖުންގެ ރޯލު ތާހާ ކުޅުނު ނަމަވެސް، އޭނާ ބުނާ ގޮތުގައި އެއީ ވެސް، އޭނާގެ ފިލްމީ ހަޔާތުގައި ކާމިޔާބު ފިލްމަކަށް ނުވި ކަމަށެވެ. އެއަށް ފަހު ބަރްޚާ (2015)، ބާރު ބާ ދޭޚޯ (2016) އަދި ރަންޗީ ޑައިރީސް (2017) ފަދަ ފިލްމުތަކުންވެސް އޭނާ ފެނިގެން ދިޔައެވެ. ނަމަވެސް މިއިން އެއްވެސް ފިލްމަކުން އޭނާއަކަށް މަޝްހޫރުކަމެއް ނުލިބެއެވެ.
އެކްޓަރު ތާހާ ޝާހް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ ނެޓްފްލިކްސް ޝޯ، ހީރަމަންޑީ ގައި ނަވާބް ތަޖްދަރު ބަލޮޗްގެ ރޯލުންނެވެ. މި ސީރީސްއަށް ދިވެހިންގެ ތެރޭގައިވެސް ގިނަބައެއްގެ ސަމާލުކަން ލިބުކަން ފާހަގަ ކުރެވެއެވެ.
ތާހާއާ ބެހޭ ގޮތުން ކަރަން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ތާހާ އަކީ ބުރުސޫރަ ރީތި ވަރުގަދަ ސްކްރީން ޕްރެޒެންސެއް ލިބިފައިވާ ތަރިއެއް ކަމަށެވެ.
”އަހަންނަށް ޔަގީން ފިލްމުތަކުގައި އޭނާއަށް ކާމިޔާބު ލިބޭނެކަން." ކަރަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު