މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާ ދިމާކޮށް އެސްޓީއޯއިން ޔޫރޯ ފޯރި 2024ގެ ނަމުގައި އަގުބޮޑެތި އިނާމުތަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައި، މިއަދުން ފެށިގެން 14 ޖުލައި ގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް, އަދި ހެޑްފޯންގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރ ހިމެނެއެވެ.
މި ޕްރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯއިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000ރ (ބައިލައްކަ ރުފިޔާ) ގެ އިނާމެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ. އެގޮތުން އެސްޓީއޯއިން ވަނީ، މެޗުގެ ނަތީޖާ ދިމާކޮށް ޔޫރޯގެ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހޯމް ތިއޭޓަރ ސިސްޓަމެއް އިނާމެއްގެ ގޮތުގައި ހުށައަޅާފައެވެ. އަދި ޔޫރޯގެ ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ޔޫރޯ ފޯރި ޕްރޮމޯޝަންގެ ދަށުން މެޗުގެ ނަތީޖާ ދިމާކޮށް، ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ހަދިޔާކުރުމަށް ނިންމާފައިވާއިރު، ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް. އިނާމެއްގެ ގޮތުގައި ލިބިގެންދާނެކަމަށެވެ.
އަދި މެޗުގެ ނަތީޖާ ދިމާކޮށް ކޮންމެ ބުރެއްގައިވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުންކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު