ދުނިޔޭގެ މަޝްހޫރު ލަތާފާ އަދި ލަތާފާ ޕްރައިޑް ބްރޭންޑް ސެންޓުގެ އައު ސްޓޮކެއް މިފަހަރުގެ ބޮޑު ޢީދަށް ޕޮއިސް ޕަރފިއުމްސް އަށް ގެނެސްފިއެވެ.

ޕޮއިސް އިން ބުނީ ލަތާފާ އަދި ލަތާފާ ޕްރައިޑް ބްރޭންޑް ސެންޓުގެ އާ ސްޓޮކް ގެނެސް، މިއަދު ވިއްކަން ފަށާނެ ކަމަށެވެ.

ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަން ލިބިފައިވާ މި ބްރޭންޑަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބްރޭންޑެކެވެ. 1980އިން ފެށިގެން ސެންޓު އުފެއްދުމުގައި ފާހަގަކޮށްލެވޭ މިބްރޭންޑަކީ ދުބާއީގެ އޮތެންޓިކް އަރަބި ވަސްތަކުގެ އެންމެ ބޮޑު ޕްރިމިއަމް ލަގްޒަރީ ސެންޓުވެސްމެއެވެ.



މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތަކީ ޕޮއިސް ޕާރފިއުމްސް އެވެ.

ޕޮއިސް ޕަރފިއުމްސް އަށް މި ފަހަރު ގެނައި ސްޓޮކްގައި ލަތާފާގެ މަޝްޙޫރު ސެންޓްތަކުގެ ތެރޭގައި ހިމެނޭ އަންދަލީބް، އަންދަލީބު ފްލޮރަލް، ހަޔާތީ ގޯލްޑް، ޚަމްރާހް، މޮހްރޯ ސިލްކީ ރޯސް، އޫދް މޫޑް، އިމާން، ގިމްމަރ، ޔާރާ، އަސަދް، އަނަރ އަބިޔަދް ޕައުޑްރީ، އަންސާމް ސިލްވަރ، މަހަރްޖާން، އަފަގް ގޯލްޑް، ނައު ގެ އިތުރުން އަދިވެސް މަޝްހޫރު އާ ސެންޓުތައް ޕޮއިސް ޕާރފިއުމްސްގެ އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ.



މި ފަހަރު ގެނައި ސްޓޮކްގައި މުޅިން އަލަށް ގެނެސްފައިވާ ސެންޓުތަކުގެ ތެރޭގައި، ފަޚަރު ލަތާފާ އެކްސްޓްރެއިޓް، ސަކީނާ، ޓަވީލް، ރޯ ހިއުމަން އަދި މަސާ ވެސް ހިމެނެއެވެ.

މި އުފެއްދުންތައް ރީޓެއިލްކޮން އަދި ހޯލްސޭލްކޮށް ބައްލަވައިގަތުމަށް މާލެ މަޖީދީ މަގުގެ ރަށްދެބައި މަގު ކައިރީ ގައި ހުންނަ ޕޮއިސް ޕަރފިއުމްސް ފިހާރަ ނުވަތަ، ހުޅުމާލެ، ނިރޮޅުމަގު ލޮޓް ނަންބަރު 10421 ގައި ހުންނަ ޕޮއިސް ޕަރފިއުމްސް ފިހާރަ އިޚުތިޔާރުކޮށްލައްވާށެވެ.



ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯއްދެވުމަށް، މާލެ ފިހާރަ ފޯން ނަންބަރު 9151155، ނުވަތަ، ހުޅުމާލެ ފިހާރަ ފޯން ނަންބަރު 9131155 އާއި ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ. އަދި ޕޮއިސް ޕާރފިއުމްސް އިން ހޯލްސޭލްކޮށް މުދާ ބައްލަވައިގަތުމަށް 7556699 ނަންބަރަށް ވައިބަރ ނުވަތަ ގުޅާލުމުން އެކަން ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން ޕޮއިސް ޕާރފިއުމްސްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް މެދުވެރިކޮށް ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން