އެޕިސޯޑް 14
...............
ޙަލީމާއި ބަދުރިއްޔާ ކައިވެނިކޮށްފައިވަނީ، ލޯބިވެގެން އެތައް އަހަރުތަކެއްގައި އުޅުމަށްފަހު، ބަދުރިއްޔާގެ މަދްރަސީ ދައުރު ނިމުމާއެކުހެންނެވެ. ނަމަވެސް، މިއަދު އެއުފާވެރި ކައިވެންޏަށް ކޮންމެވެސް މީހަކުވަނީ ވިހަލާފައެވެ. އެދެމަފިރިންގެ އެއްވެސް ކުށެއްނެތިއެވެ. މޮޔަނުގޮވިނަމަވެސް، ބަދުރިއްޔާ ހުންނަނީ އެޙާދިޘާއަށްފަހު ގަބުވެފައެވެ. އޭނާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ފިރިމީހާ ޙަލީމް ތަކުރާރުކޮށް އޭނާއަށް ވިސްނައިދީ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް، ބަދުރިއްޔާ އެއްވެސް މީހެއްގެ ނަޞޭޙަތުގެ އަޑެއްނާހައެވެ. އެއްވެސް މީހަކާ ވާހަކައެއްވެސް ނުދައްކައެވެ. ޑޮކްޓަރުން ބުނެފައިވަނީ، އޭނާއަށް ޝޮކެއް ލިބިފައިވާ ކަމަށާއި، ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. ޙަލީމް އިންތިޒާރު ކުރަމުންދަނީ އެދުވަހަކަށެވެ. އެއްވެސް ޙާލެއްގައި ބަދުރިއްޔާ އެޙާލުގައި ހުއްޓާ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
ޙަލީމް އިންތިޒާރު ކުރަމުންދަނީ އެދުވަހަކަށެވެ. އެއްވެސް ޙާލެއްގައި ބަދުރިއްޔާ އެޙާލުގައި ހުއްޓާ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
ޙަލީމްގެ ބައެއް ރައްޓެހިން އެދިރިއުޅުމުން ދުރަށް ދިޔުމަށްވެސް އޭނާއަށް ނަޞޭޙަތްތެރިވެއެވެ.
[ތިޢުމުރުގައި އަނބިފިރިކަމުގެ އުފަލެއްނެތި އަހަރެންނަމަ.....އަހަންނަކަށް ނޫޅެވޭނެ....] ޙަލީމްގެ ރަޙްމަތްތެރިޔާ ހުޝާމް ބުނެފައިވެއެވެ. ނަމަވެސް އެވާހަކަތަކަށް، ޙަލީމް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ބުނީ ޙާލުގައި ޖެހުމުން ނުވަތަ ބަލިވުމުން ދޫކޮށްލުމަކީ އިންޞާފުވެރި ގޮތެއް ނޫން ކަމަށާއި، އޭނާ ބޭނުންވަނީ ބަދުރިއްޔާ ރަނގަޅުވާނޭ ދުވަހަކަށް އިންތިޒާރު ކުރަން ކަމަށެވެ.
ދޭތެރެ ދޭތެރެއިން ބަދުރިއްޔާ ވާހަކަވެސް ދައްކައެވެ. އެވާހަކަ ދައްކާ ވަގުތު، އޭނާގެ ދަރިފުޅު ދުނިޔޭގައި އެބަހުރި ކަމަށާއި، އެކުއްޖާގެ އިޙްސާސްތައް އޭނާއަށްވާ ކަމަށް ބުނެ އޭނާ ރޮއިގަނެއެވެ.
[އަހަރެންގެ ދަރިފުޅު ދުނިޔޭގައި އެބަހުރި. އެދަރިފުޅު އަދި އަހަރެންގެ ގާތަށް އަންނާނެ. އެދަރިފުޅު ބަނޑުހައިވާ ކޮންމެ ވަގުތަކުވެސް އަހަންނަށް އިޙްސާސް ކުރެވޭ. ކާކުތަ އަހަރެންގެ ދަރިފުޅު ގެންދިޔައީ. އެމަންޖެ މަންމަގެ ލޯތްބަށް އެދި ހާދަވަރަކަށް އެބަ ރޮޔޭ.....] ހަމައަކަށް އެޅޭ ވަގުތު، މިފަދަ ވާހަކަތަކެއް ދައްކާލުމަށްފަހު، އަނެއްކާވެސް އޭނާ ކުރީގެ ގޮތަށް ގަބުއަރައެވެ. ގަބުއަރާފައި ހުއްޓަސް އޭނާ ދައްކަނީ ހަމަޖެހޭ ރަނގަޅު ވާހަކަތަކެވެ.
ޙަޤީޤަތުގައި އެދެމަފިރިންގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލީ، އަމިއްލަ އެދުމުން ފޯވެފައިވާ މީހަކު އޭނާގެ އުފަލަށްޓަކައެވެ. ނުވަތަ އެމީހެއްގެ ދިރިއުޅުމަށް އަތުވެދާނޭ ނުރައްކަލަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ހިތަށްއަރައެވެ. އެއްވެސް މީހަކަށް އަބަދު އެއްގޮތަކަށް އުޅެވިދާނޭބާއެވެ. ހަމަގައިމުވެސް ބަދުރިއްޔާގެ ދަރިފުޅު ބަދުރިއްޔާ ލިބިއްޖެނަމަ، އެހެން ދިރިއުޅުމެއް ރޫޅިގެންދާނެއެވެ.
ފާޅުގައި މަސައްކަތް ނުކުރި ކަމުގައިވިޔަސް، ޙަލީމް މިހާރުވެސް ދަނީ އޭނާގެ ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާވެސް ޔަޤީންކުރަނީ، އޭނާގެ ދަރިފުޅު ރާއްޖޭގެ ކޮންމެވެސް ދެމަފިރިއެއްގެ ބެލުމުގެ ދަށުގައިވާނޭ ކަމަށެވެ.
ރަނާއާއި އަމަރްގެ ދަރިފުޅަށް އަހަރު ފުރިގެންދިޔައިރުވެސް އެދަރިފުޅު މަސަލަސް ކުރުމުގައި ރަނާއަށް ދަތިތައް ދިމާވެއެވެ. އެހެން ނަމަވެސް، އެއީ ރަނާ މާބޮޑަށް އާވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައި ބުނެ، ކޮންމެ ފަހަރަކުވެސް އަމަރް އެކަން ހަމަޖައްސާލައެވެ.
[އަދިވެސް މި މަންޖެ މަސަލަސް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވަނީ. ހީވާކަހަލަ، އެހެން މީހެއްގެ ދަރިއަކު އަހަންނަށް ގެންގުޅެވެނީއޭ.] ރަނާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ޝެހެނާއާއެވެ. ދަރިފުޅު އުރައިގެން ހުރެއެވެ.
[ރަނާ ދައްކަފާނެ ކޮންމެފަދަ ވާހަކައެއްވެސް. އަހަރެންގެ ކައިވެނީގެ ދުވަސް ވަރަށް ކައިރިވޭ އެބަ. އަންނަ މަހުގައި ޒާއިޝް މާލެ އަންނާނެ. މާލެ އައިސް ކައިވެނި ކުރަން ބޭނުން ވާހަކަ ބުނީ....އަހަރެން މިހާރު ބައްޕަމެން ގާތުވެސް ބުނެފިން.] ޝެހެނާ ބުންޏެވެ.
[ކައިވެނި ކުރެވުނީމާ، ދެން ޝެހެނާވެސް ނުފެންނާނެ. ޝެހެނާ މިހާރު ޒާއިޝްގެ ޢާއިލާގެ އެއްވެސް މެމްބަރަކާ ބައްދަލުކޮށްފިންތަ؟] ރަނާ އެއްސެވެ.
[އަދި އޭނާ ފިޔަވައި އެ ޢާއިލާގެ އެއްވެސް މީހަކު އަހަރެން ނުދެކެން. ކޮންމެ ދުވަހަކު އޭނާ ގުޅީމާވެސް އަހަރެން ބުނަން، ޒާއިޝްގެ ޢާއިލާއާބެހޭ މަޢުލޫމާތު އަހަންނަށް ދީބަލާށޭ. އަހަރެންގެ ބައްޕަވެސް ޒާއިޝްގެ މަޢުލޫމާތު ބޭނުންވެގެން އަހަރެން އެހީމާ، ޒާއިޝް ބުނި ސަޕްރައިޒޭ، ސަޕްރައިޒޭ. އެ ދޭން އުޅޭ ސަޕްރައިޒަކީ ކޮބައިކަމެއް އަދި ނޭނގެ.] ޝެހެނާ ބުންޏެވެ.
ޝެހެނާއާއި ޒާއިޝްގެ ގުޅުމަށް ދޮޅު އަހަރުވެގެން ދިޔައިރުވެސް، އޭނާގެ ޢާއިލާއާބެހޭ މަޢްލޫމާތު ސިއްރު ކުރަމުން ދިޔުމަކީ، ޙަޤީޤަތުގައި ޙައިރާންވާންޖެހޭ ކަމެކެވެ. ހަމަގައިމުވެސް އޭނާ ކޮންމެވެސް ކަންތައްތަކެއް ޝެހެނާއަށް ސިއްރުކުރާ ކަހަލައެވެ. ކައިވެންޏެއްގެ ވާހަކަ ދައްކާއިރު އަދި އެދެމީހުން ކުރެން މީހަކުވެސް ދެފަރާތުގެ ޢާއިލާއަކަށް ތަޢާރަފެއް ނުވެއެވެ.
ޝެހެނާ ތަޢާރަފްވާން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް، ޒާއިޝް ބޭނުންވަނީ، ކައިވެނި ކުރަން ހަފްތާއަކަށް ވުމުން ނޫނީ ޒާއިޝްގެ ޢާއިލާއަށް ރަނާ ތަޢާރަފްކޮށްނުދޭށެވެ. ވެދާނެއެވެ. އޭނާގެ ދިރިއުޅުމުގައި އޭނާ ސިއްރު ކުރަންޖެހޭ ކަމެއް ވަނީއެވެ. ނުވަތަ ކުރިމަތިވެދާނޭ ހުރަސްތަކަކަށް އޭނާ ވިސްނަނީއެވެ.
[ތިޔައީ ދެން ބޮޑު އަރަތެއް. ކައިވެނި ކުރެވޭއިރު، ދެފަރާތުގެ ޢާއިލާއާ ބައްދަލެއްނުވޭ. ތިއީ ހަމަޖެހޭ ގޮތެއް ނޫން. ކައިވެނީގެ ކުރިން ދެޢާއިލާގެ މެމްބަރުންވެސް ތަޢާރަފްވާންޖެހޭނެ.] ރަނާ ބުންޏެވެ.
ޝެހެނާ ރަނާގެ އުރުގައި އިން ދަރިފުޅު ބާދާ އުރާލިއެވެ. އެކުއްޖާ ބޮޑުވަމުންދާ ވަރަކަށް، ރަނާގެ ދެމަފިރިންނާ ވައްތަރުވުން ކުޑަވަމުންދާކަން ޝެހެނާއަށް ފާހަގަކުރެވުނެވެ. އޭރު އެތަނުގައި ރަނާގެ މަންމަ ޝަފީޤާވެސް އިނެވެ. ޝަފީޤާ އިނީ ޓީ.ވީ އިން ދައްކަމުންދިޔަ ކޮންމެވެސް ޕްރޮގްރާމެއް ބަލާށެވެ. ވުމާއެކު، އޭނާ ރަނާމެން ދައްކަމުންދިޔަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
ޝަފީޤާގެ ރަޙްމަތްތެރި ދޮންމަނިކެއާއި އޭނާގެ ދަރިފުޅު ބަދުރިއްޔާ އެގެޔަށް އައިސް ވަނީ އެވަގުތެވެ. އެއީ ޝެހެނާ ކުޑަކުޑަ ބާދާ ބިންމަތީގައި ބެހެއްޓި ވަގުތުކަމުން، ދޮންމަނިކެއާއެކު ވަން ބަދުރިއްޔާގެ ކަޅި ވަގުތުން އަމާޒުވީ ކުޑަކުޑަ ބާދާއަށެވެ. އޭރު ބާދާވެސް ބަދުރިއްޔާއަށް ބަލަމުން ދަނީއެވެ.
[ދޮންމަނިކޭ ކޮންދަތުރެއް. އާދޭ އިށީންނަން.] ދޮންމަނިކެމެން ފެނުމާއެކު، ޝަފީޤާ ޓީ.ވީ ނިއްވާލިއެވެ. އޭރުވެސް ބަދުރިއްޔާ ކަޅިވެސްޖަހާނުލާ ދަރިފުޅާ ދިމާއަށް ބަލަނީއެވެ. އެހިނދު އޭނާއަށް އިޙްސާސް ކުރެވެނީ، އެއީ އޭނާގެ ދަރިފުޅު ކަމުގައެވެ. ދެން ފެނުނީ ކުއްލިއަކަށް ބަދުރިއްޔާ އެދަރިފުޅާ ދިމާއަށް ދެއަތް ދިއްކުރި މަންޒަރެވެ. އެއާއެކު، އެމަންޖެ ބަދުރިއްޔާއާ ދިމާއަށް ހިނގަން ފެށިއެވެ. ބަދުރިއްޔާ ދެކަކޫ މައްޗަށް ތިރިވެލިއެވެ. ކުޑަކުޑަ ބާދާ ބަދުރިއްޔާގެ ދެއަތުގެ ތެރެއަށް ވަން މަންޒަރުން ހުރިހާ މީހުންވެސް ތިބީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.
[މަގޭ ދަރިފުޅު.....މަންމަގެ ލޯބިވާ ދަރިފުޅު.....] ބަދުރިއްޔާ އެކުއްޖާއާ ލޯބިކުރަމުންދިޔައެވެ. ބަދުރިއްޔާގެ އެ ޙަރަކާތްތަކުން ޙައިރާންކަން ލިބުނީ، ރަނާއަށް އެކަންޏަކު ނޫނެވެ. ޝެހެނާވެސް ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.
[ޝަފީޤާ ކަންބޮޑުނުވޭ. ދަރިފުޅު ގެއްލުނު ޙާދިޘާއަށްފަހު، އޭނާ ހުންނަނީ ފާޑަކަށް ގަނޑުއަރާފަ. އަބަދުހެން ކުޑަ އަންހެން ބުދެއް ހިފައިގެން އުޅޭނީ. ކޮންމެ ކުއްޖަކު ފެނުނަސް، އޭނާ އެގޮތަށް އުޅޭ. އެކަމަކު މީގެކުރިން އެއްވެސް ކުއްޖަކު އެގޮތަށް އޭނާގެ ކައިރިއަކަށް ނުދޭ.] ދޮންމަނިކެ ޝަފީޤާއަށް ބަލައިލަމުން ބުންޏެވެ.
[ދަރިފުޅާ! މަންމައާއެކު ގެޔަށްދާނީދޯ؟ އަވަހަށް ހިނގާ ގެޔަށް ދާން.] ދަރިފުޅާ ލޯބިކުރަމުން ބަދުރިއްޔާ ވާހަކަ ދެއްކިއެވެ.
އަމަރް ގެޔަށް އައިސް ވަންއިރުވެސް ބަދުރިއްޔާ ދަރިފުޅާ ލޯބިކޮށްކޮށްފައި ރޮމުން ދަނީއެވެ. އެމަންޒަރު ފެނުމާއެކު، ވަގުތުން އަމަރް ހުއްޓުނެވެ. އޭނާ ވަރަށް ބޮޑަށް ނުތަނަވަސްވެސްވިއެވެ. ވުމާއެކު، އޭނާ އެތެރެއަށް ވަނީވެސް ވަރަށް ބޮޑަށް ޖެހިލުންވެ ހުރެމެއެވެ.
[އަމަރް.....ބަލާބަލަ، ބާދާ ބަދުރިއްޔާއާ ހެދި އުޅޭވަރު. ދޮންމަނިކެ ދައްތާ، ކޮންމެ ދުވަހަކު ބަދުރިއްޔާ މިގެޔަށް ގެންނަންވީނު.] އަމަރް އައިސް ވަނުމާއެކު، ރަނާ ބުންޏެވެ.
[ރަނާ އެބުނީ ރަނގަޅު ވާހަކައެއް. މިގެޔަށް އައިސް ބާދާއާއެކު ވަގުތު ހޭދަކުރަން ފެށީމާ، ފަހަރެއްގައި ބަދުރިއްޔާ ރަނގަޅުވެސް ވެދާނެ.] ބަދުރިއްޔާއާ ދިމާއަށް ބަލަން ހުރެފައި ޝަފީޤާ މިހެން ބުނީމާ، އަމަރް މާގިނަ ވާހަކަތަކެއް ދެއްކުމަކާނުލާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ޙަޤީޤަތުގައި ބަދުރިއްޔާ އެގެޔަށް އައިސް އުޅުމަކީ، އަމަރް މާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، ރަނާއާ ދެކޮޅަށް އެއްވެސް އެއްޗެކޭ ބުނާކަށް އަމަރް ބޭނުމެއް ނޫނެވެ. އެކަމަކުވެސް ބަދުރިއްޔާގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ހިޔަނި އެޅިގެން ދިޔުމަކީ، އޭނާއަށް އެދެވޭނެ ކަމެއް ނޫނެވެ. އެއްވެސް މީހަކަށް އޭނާ އެފުރްޞަތެއް ނުދޭނެއެވެ.
އަމަރް ކޮޓަރިއަށް ވަންތާ މާގިނައިރުތަކެއް ނުވަނީސް ރަނާވެސް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
[ކޮންބައެއްތަ އެއުޅެނީ؟] ރަނާ އައިސް ވަނުމާއެކު އަމަރް އެއްސެވެ.
[ކިހިނެއްވީ؟ އެއީ އަހަންނާއެކު ވިހައިގެން އުޅެނިކޮށް، ވިހޭ ދަރިފުޅު ގެއްލުނު ބަދުރިއްޔާ. އަހަރެމެންގެ ދަރިފުޅު އޭނާ އައިސް އަތް ދިއްކޮށްލާއިރަށް، އޭނާގެ ގާތަށް ދިޔަގޮތަށް އެހެން މީހެއްގެ ގާތަށް ނުވެސްދިޔަ. ބަދުރިއްޔާވެސް ހީވަނީ އޭނާގެ ދަރިފުޅު ފެނިގެން އުޅޭހެން.] ރަނާ އަމަރް އޮތް އެނދުގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
އެދުވަހަށްފަހު، ދޮންމަނިކެއަށް ފިލައިގެންވެސް ބަދުރިއްޔާ ރަނާމެންގެ ގެޔަށް އާދެއެވެ. ކޮންމެ ދުވަހަކުވެސް އޭނާ އެގެޔަށް އައިސް އެނބުރި ގެޔަށްދަނީ، އޭނާގެ ފިރިމީހާ ބަލާ އައީމައެވެ. މިގޮތަށް އޭނާ އެގޭގައި އުޅޭއިރު، ރަނާގެ ދަރިފުޅު މުޅިންވެސް އުޅެނީ ބަދުރިއްޔާގެ ގާތުގައެވެ.
[މިވަރުންދަންޏާ އަހަންނަށް ހީވަނީ އެންމެފަހުން އެމަންޖެ އޭނާއަށްހެން މަންމަ ކިޔާނީވެސް. މިހާރުވެސް އެމަންޖެ ރަނާއަށްވުރެން ބަދުރިއްޔާއަށް އޮޅު.] އަމަރް ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
[ބައެއްފަހަރު އަހަންނަށްވެސް ހީވޭ، އެމަންޖެ ބަދުރިއްޔާއާ މާއޮޅުހެން. އަނެއްކާ ބަދުރިއްޔާގެ ދަރިފުޅާ އަހަރެންގެ ދަރިފުޅު ހޮސްޕިޓަލުން ބަދަލުވީކީ ނޫންބާ؟] ރަނާ މިހެން ބުނީމާ، އަމަރްދިޔައީ ސިއްސައިގެންނެވެ.
[ނުވާނެ ތިހެނެއް. އެދުވަހު ގެއްލުނީ ބަދުރިއްޔާގެ ދަރިފުޅު....] އަމަރް ބުންޏެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މިހާރު ކޮންމެ ދުވަހެއްގެވެސް ގިނަވަގުތު ބަދުރިއްޔާ އުޅެމުންދަނީ ރަނާމެންގެ ގޭގައެވެ. ވުމާއެކު، ކުޑަދަރިފުޅު ބާދާގެ ކަންތައްތައްވެސް ގިނަފަހަރު ކުރަމުންދަނީ ސީދާ ބަދުރިއްޔާއެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔުމާއެކު، މިހާރު ބަދުރިއްޔާގެ ގަބުކަންވެސް ވަނީ ވަރަށް ބޮޑަށް ފިލައިގެން ގޮސްފައެވެ. އަމަރާއި ރަނާގެ އިޒުނައާއެކު، މިހާރު ކުޑަދަރިފުޅު ބަދުރިއްޔާއަށްވެސް ކިޔަނީ މަންމައެވެ. ވުމާއެކު، މިހާރު ބަދުރިއްޔާއަށް އޭނާގެ ދަރިފުޅު ލިބުނުފަދައެވެ.
[ޙަލީމް.....އެއީ ހަމަ އަހަރެމެންގެ ދަރިފުޅޭ.....އެއީ އަހަރެންގެ ދަރިފުޅު ނޫންނަމަ، އެކުއްޖާ އަހަރެންދެކެ އެވަރަށް ލޯބިނުވާނެ. އެމަންޖެ މިހާރުވެސް ރަނާއަށްވުރެން އަހަރެންދެކެ މާބޮޑަށްވެސް ލޯބިވޭ. އަހަރެން އެގޭގައި އުޅޭ ވަގުތު، އެމަންޖެ މުޅިންވެސް އުޅެނީ އަހަންނާއެކު.] ބަދުރިއްޔާ އޭނާގެ ފިރިމީހާ ގާތު ބުނެފައިވެއެވެ. އެދަރިފުޅުގެ ސަބަބުން ބަދުރިއްޔާގެ ގަބުކަން ފިލައި، މީހާ އިހުހުރި ގޮތަށް ބަދަލުވަމުންދާތީ، ޙަލީމްވެސް މިހާރު ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ.
އެންމެފަހުން އެދަރިފުޅު ގޮވައިގެން ބަދުރިއްޔާ، އޭނާ ދިރިއުޅޭ ގެޔަށްދާން ފެށުމުން، އަމަރަށް މަޖުބޫރުވީ، އެގޭގެ ހަތަރުވަނަ ބުރި ނިންމުމަށްފަހު، އެބަޔަށް ބަދަލުވާން ބަދުރިއްޔާގެ ފިރިމީހާ ގާތު ބުނާށެވެ. އަބަދުވެސް ބަދުރިއްޔާ ދަރިފުޅު ގޮވައިގެން ބޭރަށްދާތީ އެކަން ބޮޑުވެގެންނެވެ.
ކުލިވެސް އެމީހުން ކުރިން އުޅެމުންދާ އެޕާޓްމަންޓަށްވުރެ ކުޑަވުމާއެކު، ބަދުރިއްޔާގެ އާއިލާވެސް އެގެޔަށް ބަދަލުވިއެވެ.
ބަދުރިއްޔާއާއި އޭނާގެ ފިރިމީހާގެ އިތުރުން ބަދުރިއްޔާގެ ކޮއްކޮ ޝުހާދުއާއި، އެމީހުންގެ މަންމަ ދޮންމަނިކެއެވެ. އެމީހުންގެ ބައްޕައަކީ ރަށު މިސްކިތުގެ މުދިމްބެ ކަމަށްވުމުން، އޭނާ ޢާންމުކޮށް މާލެ އަންނަނީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. މިސްކިތުގެ މުދިމްކަމުގެ އިތުރުން އޭނާއަކީ ހިސާބަކަށް ފަންޑިތަވެރިކަންވެސް ކުރާ މީހެކެވެ.
ބަދުރިއްޔާމެން އެގެޔަށް ބަދަލުވުމާއެކު، ރަނާގެ ދަރިފުޅު ގިނަވަގުތު އުޅެމުންދަނީ ބަދުރިއްޔާމެން ދިރިއުޅޭ ބައިގައެވެ.
ކުރިން ހަމަޖެހުނު ތާރީޚަށްވުރެން ހަމަސްފަހުން ޝެހެނާގެ ލޯބިވެރިޔާ ޒާއިޝް މާލެ އައުމަށް ހަމަޖެހިފައިވާ ދުވަހަކަށްޓަކައި މިހާރު ޝެހެނާ އެހުންނަނީ ވަރަށް ބޮޑަށް ކެތްމަދުވެފައެވެ. އޭނާ ލައްކަ ދިގު އިންތިޒާރެއްވެސް ކޮށްފިއެވެ. އޭނާ މިހާރު އެންމެ ބޭނުންވަނީ، ޒާއިޝްގެ ޢާއިލާއާ ބައްދަލުކުރާށެވެ.
ޒާއިޝް އޭނާއަށް ކޮންމެވެސް ކަމެއް ސިއްރުކުރަމުންދާ ކަމަށް، އޭނާއަށް ޝައްކު ކުރެވެނީއެވެ.
[ކުރިންވެސް ޝެހެނާ ބުނި، ޒާއިޝް ދެދުވަހެއްގެ ތެރޭ އަންނާނެޔޭ. އަހަރެން ހަމަ ޙައިރާންވޭ، ކީއްވެބާއޭ، ޒާއިޝް އޭނާގެ ޢާއިލާގެ ވާހަކަ، ޝެހެނާ ގާތު ނުބުނަނީ....] ރަނާ އަބަދުވެސް ދައްކާ ވާހަކައަކީ އެއީއެވެ.
[މިހާރު އަހަރެންވެސް މިދަނީ މަސައްކަތް ކުރަމުން. މާދަމާރޭ ޒާއިޝް އަންނާނެ.] ޝެހެނާ މިހެން ބުނެފައި ދާން ހިނގައިގަތެވެ. އެރޭ ޒާއިޝް ގުޅީމާވެސް ޝެހެނާ ޝަކުވާކުރިއެވެ.
[ޒާއިޝް ދޮގު ނަހަދާ ބުނެބަލަ. ޒާއިޝް އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރަންދޯ. ކޮންމެ ކަމެއްވެސް ޒާއިޝް ދާނީ ވަރަށް ބޮޑަށް ޑިލޭ ކުރަމުން.] މިފަހަރުވެސް ޝެހެނާ ޝަކުވާ ކުރަން ފެށިއެވެ.
[އެއްވެސް ކަމެއް ސިއްރު ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. ޙަޤީޤަތުގައި އަހަރެން މިދަނީ ޝެހެނާގެ ލޯބި އިމްތިޙާން ކުރަމުން. ވަރަށް ބޮޑަށް ޔަޤީން ކުރެވޭ، މި އިމްތިޙާނުން ޝެހެނާ ފާސްވާނޭ ކަމަށް.] ޒާއިޝް މިހެން ބުނީމާ، ޝެހެނާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނުފަދައެވެ.
ބަދުރިއްޔާގެ ބައްޕަ މުދިމް ތައްޚާންބެ ހަފްތާއެއްގެ ޗުއްޓީއަކަށް މާލެ އައީ އެދުވަހުއެވެ. މުދިމް ތައްޚާނުބެ އައިސް އުޅޭކަން އަމަރަށް އެނގުނީ ރަނާ ބުނީމައެވެ.
[ބަދުރިއްޔާގެ ބައްޕަ އައިއިރު ގެނައި ހަދިޔާތަކެއް މިއީ. އާރުސްތަކެއް އަމަރްގެ އަތަށް ދެމުން ރަނާ ބުންޏެވެ.
[ބަދުރިއްޔާގެ ބައްޕައޭ! އެއީ ކާކުތަ؟] އަމަރް އެއްސެވެ.
[އެއީ މުދިމް ތައްޚާނުބެ. އެއީ ވަރަށް މޮޅަށް ފަންޑިތަ ހަދާ މީހެއް.] ރަނާ މިހެން ބުނުމާއެކު، އަމަރްގެ ގައިން ހީބިހި ނަގައިގެންދިޔަ ކަހަލައެވެ. އޭނާ އަވަހަށް އެބަ އަންނަމޭ ބުނެފައި، ބޭރަށް ނުކުމެއްޖެއެވެ. އޭނާ ބޭރަށް ނުކުތް ވަގުތަކީ، ތައްޚާންބެ ސިޑިން މައްޗަށް އަރަން ދިމާކުރި ވަގުތެވެ. އަމަރް ތައްޚާންބެއަށް ނުފެންނަން މަސައްކަތް ކުރިނަމަވެސް، ތައްޚާންބެއަށް އަމަރް ފެނުނެވެ.
[ތިއީ ކޮން ކުއްޖެއް؟] ތައްޚާންބެ އަމަރާ ދިމާއަށް އެނބުރުނެވެ. ތައްޚާނުބެގެ މިސުވާލާއެކު، އަމަރްގެ ދެލޯ ބޮޑުވިއެވެ.
[އަހަންނަކީ މިގޭ ވެރިމީހާ....ތައްޚާންބޭ ކޮންދަތުރެއްތަ؟] އަމަރް އެހުރިގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.
[ތައްޚާނުބެ ދަންނަންތަ!؟] ތައްޚާންބެ ޙައިރާންވެފައި ހުރެ އެއްސެވެ.
[އާނ....ވަރަށް ރަނގަޅަށް ދަންނަން...އައިސްބަލަ އަހަންނާއެކު.] އަމަރް މުދިމް ތައްޚާންބޭގެ މޫނަށް ބަލަން ހުރެފައި އެދުނެވެ. މުދިމް ތައްޚާންބެ އޭރު ހުރީ ކަޅިވެސްޖަހާނުލާ އަމަރަށް ބަލާށެވެ. ހީވާކަހަލައެވެ. އަމަރްގެ މޫނުމަތިން އޭނާއަށް ތަފާތުތަކެއް ފެންނަނީއެވެ. ނުވަތަ އޭނާއަށް ކޮންމެވެސްވަރަކަށް އަމަރްގެ ޙަޤީޤަތް އެނގެނީއެވެ. އެހެން ނަމަވެސް، އެއީ ކުރެވޭ ޝައްކެކެވެ. އެކަން ޔަޤީންކުރާކަށް ނުވެސްވާނެއެވެ. ވުމާއެކު، އޭނާ އަމަރާއެކު ގޮސް ކާރަށް އަރައިފިއެވެ. މުދިމް ތައްޚާނުބެ ކާރަށް އެރުމާއެކު، އަމަރް ކާރު ގަރާޖުން ނެރުނެވެ. ނިކަން ބާރަށް ދުއްވާލައިފިއެވެ.
[ކޮއްކޯ....ތައްޚާނުބެ އަރުވައިގެން މާ ބާރަށް ނުދުއްވައްޗޭ....] އަމަރް ވަރަށް ބާރަށް ކާރު ދުއްވަން ފެށީމާ، މުދިމް ތައްޚާންބެ ހިސާބަކަށް ބިރުގަތެވެ.
[ތައްޚާންބެ ހާދަ ބިރުގަނެޔޭދޯ؟ ތައްޚާނުބެ ކީއްކުރަންތަ، މިރަށަށް އައިސްގެން ތިއުޅެނީ. މި ކިތަންމެ ބާރަށް ދުއްވިޔަސް، އަހަންނަށް ޔަޤީންކަން އެބައޮތް، މި ކާރު އެކްސިޑެންޓެއް ނުވާނޭކަން.] އަމަރް ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ. މިހާރު ކާރުގެ ފުރޮޅުތައްވެސް ހީވަނީ ބިމުގައިވެސް ނުޖެހޭހެނެވެ. އެ ކާރު ދުވެފައި އެދަނީ އެހާވެސް ބާރަށެވެ.
[ކޮންތާކަށްތަ ބޭބެ އަރުވައިގެން ތިދަނީ. ބޭބެ އެބަޖެހޭ، ދޯނިދޮށަށް ދާންވެސް. އަދި ބޭބެ ގެނައި ބައެއް ސާމާނުވެސް ހުންނާނީ އޮޑީގައި.] މުދިމް ތައްޚާނުބެ މިހެން ބުނީމާ، އަމަރް ކާރުގެ ސްޕީޑް ކުޑަކޮށް މަޑުކޮށްލައިފިއެވެ.
[މައްސަލައެއް ނެތް. އޮޑީގައި ހުރި ސާމާނުތައް ނަގަން ހިނގާ. އަހަރެން ސުވާލެއް ކޮށްލަންތަ؟] އަމަރް ބަނދަރުމައްޗާ ދިމާއަށް ކާރުގެ މިޞްރާބު ބަދަލުކުރިއެވެ.
[ކޮން ސުވާލެއް؟ އަވަހަށްކުރޭ....ބޭބެއަށް އެނގޭ އެއްޗެއްވިއްޔާ ބުނެދޭނަން.] މުދިމް ތައްޚާންބެ ބުންޏެވެ.
[ބޭބެ ވަރަށް މޮޅަށް ފަންޑިތަހަދާ ވާހަކަ، އަހަރެންގެ އަންހެނުން ބުނި. ތެދެއްތަ އެއީ.....] އަމަރް އެއްސެވެ.
[މާ މޮޅަކަށް ނޫން. ކޮންމެވެސްވަރަކަށް ފަންޑިތަ ހަދަން. އެކަމަކު މިހާރު ގިނައިން ހަދަނީ މަސް ފަންޑިތަ. އެހެނިހެން ފަންޑިތަވެސް ހަދަން....ކިހިނެއްވީ....އެއްޗެއް ހަދަންވީތަ؟] މުދިމް ތައްޚާންބެ ބުންޏެވެ.
[އާނ....ހެދިދާނެތަ؟] އަމަރް ބޭނުންވަނީ، ރަނގަޅަށް މުދިމް ތައްޚާނުބެ ދަސްކުރާށެވެ.
[ނޫނޭ....މިރަށުގައި ހުރެގެން އެއްވެސް ކަމެއް ނުކުރެވޭނެ. ބޭބެގެ އެއްވެސް ފަންޑިތަ ފޮތެއްވެސް ނުގެންނަން. ފޮތް ބަލައިގެން ނޫނީ ބޭބެއަށް އެއްވެސް ކަމެއް ނުކުރެވޭނެ. ރަށަށް ގޮސް ހަދާފައި ފޮނުވަދީފާނަން.] މުދިމް ތައްޚާނުބެ މިހެން ބުނީމާ، އަމަރް ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.
[ތައްޚާންބެ ރަށަށް ދިޔައިމާ، އަހަރެން ގުޅާނަން. އަވަހަށް އޮޑިއަށް އަރައި ތަކެތި ހިފައިގެން އާދޭ.] އަމަރް ތައްޚާނުބެއާއެކު ކާރަށް އެރިއިރު ހުރި ޚިޔާލު މިހާރުވަނީ ބަދަލުވެފައެވެ.
ކާރު މަޑުކުރުމާއެކު، ތައްޚާނުބެ، އޭނާ ގެނައި ޑަބިޔާތަކެއް ހިފައިގެން އައިސް ކާރަށް އެރިއެވެ.

ކިޔުންތެރިންގެ ހިޔާލު