ޗައިނާގެ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ރޭގައެވެ.

ޗޮންޗިންއިން ދަތުރުތައް ރާއްޖެއަށް ކުރަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ޓްރާންސިޓް ކުރުމަށްފަހު އެވެ.

އެގޮތުން ހަފްތާއަކު ތިން ދުވަހު އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރާނެ އެވެ. އެއީ ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ 320 މަރުކާގެ ބޯޓެވެ. މީގެ ބޯޓުތަކުގައި 200 އެއްހާ ފަސިންޖަރުން އުފުލޭނެ އެވެ.

ޗޮންޗިންއިން ރާއްޖެއަށް ދަތުރުތައް ކުރަނީ އެ އެއާލައިން ނިސްބަތްވާ ޗޮންޗިން ސިޓީއިން ނެވެ.

އޮފް ސީޒަންގައި ރާއްޖެއަށް ޗައިނާގެ އިތުރު ސަރަހައްދަކުން ދަތުރުތައް ފެށިއިރު މިހާރުވެސް ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް އާއި ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓަން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން