ފްރާންސްގެ ޤައުމީ އެއާރލައިން، އެއާރ ފްރާންސްގެ ދަތުރުތައް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް އަލުން ފެށުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއާރ ފްރާންސުން ރާއްޖެއަށް ފަށާ މި ދަތުދުތައް ކުރަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ދުގުލް އެއާރޕޯޓުން ރާއްޖޭގެ މައި އެއާރޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.
އެއާރ ފްރާންސުން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ބާއްވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން މަރުކާގެ 787 ޑުރީމްލައިނާ މަތިންދާ ބޯޓެވެ.
މި އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މި ދަތުރުތައް ރާއްޖެއަށް ބާއްވާނެ ކަމަށް އެއާރ ފްރާންސުން ބުނެއެވެ.
ފްރާންސްގެ ޤައުމީ އެއާރލައިން އެއާރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް އެއާރ ފްރާންސުން އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. ނަމަވެސް މި ދިޔަ އަހަރު އެއާރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ބާއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު