ލާމުގައި ބާއްވަން ތައްޔާރުވަމުންދާ އުރީދޫ ފަން ރަންއަށް ދާ ދަތުރުވެރިންނަށް މޯލްޑިވިއަންގެ ޚާއްސަ އޮފާއެއް އިއުލާންކޮށްފި އެވެ.

އެގޮތުން މި ދުވުމުގައި ބައިވެރިވަން ހުށައަޅާފައިވާ ފަރާތްތަކަށް މާލެއިން ކައްދޫއަށް ދެކޮޅު ޓިކެޓު 2488 ރުފިޔާގެ ރޭޓުން ލިބޭނެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަކީ ފަން ރަންގެ މިއަހަރުގެ ޓްރެވަލް ޕާޓްނަރ އެވެ. ފަން ރަން 5 ޖުލައި 2024 ވާ ހުކުރު ދުވަހު ލާމުގައި ފަށާނެއެވެ.

މޯލްޑިޑިއަނުން ހުށައަޅާފައިވާ ފެއާގެ ޓިކެޓް ލިބޭ ތާރީހުތައް؛

• މާލެއިން ކައްދޫއަށް ޖުލައި 4 - 5

• ކައްދޫ އިން މާލެ އަށް ޖުލައި 6 - 7

ލާމުގައި ކުރިއަށްދާ ފަން ރަންގައި ރަޖިސްޓްރީ ކޮށްފައިވާ ބައިވެރިންނަށް ބުކިން ރިކުއެސްޓް އީމެއިލް ކުރެވޭ ގޮތަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވާއިރު މެއިލްގެ ސަބްޖެކްޓްގައި 'އުރީދޫ ކަލާ ރަން ލާމު' ޖަހާފައި ފޮނުވުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ލާމު ފަން ރަން އަށް އެހީތެރިވެ ދިނުމަކީ އެފަރާތަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހަރަކާތުގެ ތެރެއިން ލާމު އަތޮޅުގެ ގުދުރަތީ ރީތިކަންވެސް ދައްކުވައިދޭނެ ކަމަށް އިބްރާހިމް އިޔާސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން