ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިގުތިސާދަކީ ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އިގުތިސާދު ކަމަށްވާއިރު މިއަހަރާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިގުތިސާދު ހަލުވިކަމާއެކު ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އޭރުވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރިއިރު މާލީ ވުޒާރާއިން 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓް ފޮތްތަކުގައި ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ، 2022 ވަނަ އަހަރު ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވަނީ ހާލަތާ ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ކޯވިޑުގެ ހާލަތުން އަރައިގަނެވުނުއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރަން އަޅަންޖެހުނު ހަރަދު ކުޑަކުރުމުގެ އެންމެ މުހިންމު ފިޔަވަޅު ކުރީ ސަރުކާރު ނިމުނުއިރުވެސް އަޅާފައި ނުވާކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ކުރީ ސަރުކާރުން ތަންފީޒުނުކޮށް ހުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ފާހަގަކުރި ކަމަށްވެސް ބުނެފައިވެއެވެ. އަދި ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީ ސަރުކާރުން އެ ފިޔަވަޅުތައް ނާޅައި ދިގުލައިގެން ދިއުންކަމަށް ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މިނިސްޓްރީން ބުނީ މިއަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދުކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކުރި ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް އޭގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތްކަމަށެވެ. އެ އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ވެއެވެ.
ފިނޭންސުން ބުނީ، މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، އަދި މުސްތަގުބަލާ ގުޅޭ ކަމަކަށްވާތީ އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ އަގުވެއްޓޭގޮތަށް އަމީރު ވާހަކަ ދައްކަވާފައިވާތީ އެކަން ކުށްވެރިކުރާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

Press Release regarding the misleading statements about the fiscal constraints and financial situation of the State. pic.twitter.com/MDPHCYkHFO
— Ministry of Finance (@MoFmv) June 30, 2024
މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ފާހަގަކުރި ކަމަށްވެސް ބުނެފައިވެއެވެ. އަދި ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީ ސަރުކާރުން އެ ފިޔަވަޅުތައް ނާޅައި ދިގުލައިގެން ދިއުންކަމަށް ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މިނިސްޓްރީން ބުނީ މިއަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދުކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކުރި ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް އޭގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތްކަމަށެވެ. އެ އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ވެއެވެ.
ފިނޭންސުން ބުނީ، މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، އަދި މުސްތަގުބަލާ ގުޅޭ ކަމަކަށްވާތީ އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީގެ އަގުވެއްޓޭގޮތަށް އަމީރު ވާހަކަ ދައްކަވާފައިވާތީ އެކަން ކުށްވެރިކުރާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު