ބޭރުގެ ކުންފުންޏަކަށް ފައިސާ ނުދައްކާތީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔަ އަލް މަޝްޢަރު ގްރޫޕުގެ މައްޗަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދައުވާކޮށްފިއެވެ.
އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ މައްޗަށް ދައުވާ ކުރީ މިދިޔަ އަހަރު ރަމަޟާން މަހު ކުރި ޢުމްރާ ދަތުރުގައި މައްކާގެ ކުންފުންޏަކުން ހިދުމަތް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދިނުމުންނެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ އަލް މަޝްޢަރު ގްރޫޕުން ހިލާފުވެފައިވާތީ އިސްލާމިކް މިނިސްޓްރީން ވަނީ މި ގުރޫޕާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައެވެ. މި ދައުވާއާ ގުޅިގެން އަލް މަޝްޢަރު ގްރޫޕުން ބުނީ މިއީ ސިވިލް ކޯޓުގެ އިހްތިޞާޞް ނެތް މައްސަލައެއް ކަމަށެވެ.
އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީން ކުރި ދައުވާގައި ބުނީ "ޓްރެވަލް 2 މޯލްޑިވްސް" އަދި މައްކާގެ ކުންފުންޏެއް ކަމަށްވާ "އެމް ހޮޓެލް އަލްދާނާ މައްކާ" އިން ހިދުމަތް ހޯދުމަށް ފަހު އެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ އެ ގުރޫޕުން ދައްކާފައި ނުވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ގްރޫޕާއި ދެކޮޅަށް ދައުވާ ކުރީ އެ ގުރޫޕާއި އެއްކޮށް ހަދާފައިވާ އެއްބަސްވުމާ ގުރޫޕުން ހިލާފުވުމުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕު 30،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ގުރޫޕުން އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ އުމްރާވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވާތީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެއާއެކު އެ ގުރޫޕުގެ ޖޫރިމަނާގެ ޖުމްލަ 130،000 ރުފިޔާ އަރައެވެ.

ކިޔުންތެރިންގެ ހިޔާލު