ފިލްމް "ސަރްފިރާ"ގެ ބަތަލާ އަކްޝޭ ކުމާރު.
ފިލްމް "ސަރްފިރާ"ގެ ބަތަލާ އަކްޝޭ ކުމާރު.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު "ސަރްފިރާ" ޓްރެއިލާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ސަރްފިރާގެ ޓްރެއިލާ ބެލުމަށްފަހު ވަރަށް ގިނަ މީހުންގެ ހިތްތަކުގައި ވަނީ މި ފިލްމާމެދު ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިފައެވެ. މި ފިލްމުގެ ޓްރެއިލާ ވަނީ ރިކޯޑުތައް މުގުރައި، މި އަހަރު ބެލުންތެރިން އެންމެ ގިނައިން ބެލި ހިންދީ ފިލްމު ޓްރެއިލާގެ ލަގަބުވެސް ހޯދާފައެވެ.

ފޭނުން ވަނީ މި ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު އަކްޝޭ ކުމާރަށް "ކޮންޓެންޓް ކުމާރު" ގެ ލަގަބު ދީފައެވެ. މިނަން އަކްޝޭއަށް ދެވިފައިވާ ސަބަބަަކީ އޭނާ އަބަދުވެސް މާނަ ފުން ފިލްމުތައް ހިޔާރުކުރާތީއެވެ.



ސަރްފިރާގެ ޓްރެއިލާއިން އަކްޝޭ ފެނިގެންދަނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ގަދައަޅައި މަސަތްކަތްކުރާ އަޒުމް ވަރުގަދަ ފަރުދެއްގެ ގޮތުގައެވެ. ޓްރެއިލާ ބެލުމަށްފަހު ފޭނުން ތިބީ ފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގައި ކެއްމަދު ވެފައެވެ.

މި ޓްރެއިލާއަށް ބެލުންތެރިންގެ އެހާބޮޑު ޝައުގުވެރިކަމެއް ލިބިފައިވަނީ މި ފިލްމުގެ ސްޓޯރީލައިންގެ ސަބަބުންނެވެ. މި ފިލްމަކީ އަސަރާއި ޖަޒުބާތުން ފުރިގެންވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމަކަށް ވުމުން ބެލުންތެރިންނަށް މި ފިލްމު ވަރަށް ކަމުދާނެކަމަށް އުންމީދު ކުރެވެއެވެ. މި ފިލްމުގެ ލަވަތަކަށްވެސް ވަނީ މީސްމީޑިއާގައި ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އަކްޝޭގެ އިތުރުން ޕަރޭޝް ރަވަލް އަދި ރާދިކާ މަދަމްގެ މުހިއްމު ރޯލުތަކެއް ފެނިގެންދާ ސަރްފިރާ ސިނަމާތަކަށް ނެރެން ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން