ފިލްމީ ތަރި ބޮބީ ޑިއޯލް
ފިލްމީ ތަރި ބޮބީ ޑިއޯލް
ޒުވާނުންގެ ތެރޭގައި މަޝަހޫރުކަން ލިބި މަގްބޫލުވެފައިވަނީ ސަލްމާން ޚާންގެ ސަބަބުން ކަމަށް ބޮބީ ޑިއޯލް ބުނެފިއެވެ.

ބޮބީ ޑިއޯލް އަކީ 90'ގެ އަހަރުތަކުން ފެށިގެން ބޮލީވިޑުން ފެންނަމުން އައިސްފައިވާ މޫނެކެވެ. އެންމެފަހުން އޭނާ ކުޅެފައިވަނީ ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ގައި ނުބައި މީހާގެ ރޯލެވެ.

ދާދި ފަހުން “ކާރލީ ޓޭލްސް” އަށް ދިން އިންޓަވިއުއެއްގައި ބޮބީ ޑިއޯލް ބުނެފައިވަނީ އޭނާ ސަލްމާން ޚާން އާއެކު މަސަތްކަތްކުރީ ޒުވާނުންގެ ތެރޭގައި މަޝްހޫރުވުމުގެ ބޭނުމުގައި ކަމަށެވެ.

އޭނާ ބުނެފައިވާގޮތުގައި އޭނާ ބޮޑެތި ފިލްމުތަކުގައި އެކްޓުކުރަން ބޭނުންވީ މައިގަނޑު ސަބަބަކީ ޒުވާނުންނަށް އޭރު އެހާ ރަނގަޅަށް އޭނާ އެނގިފައި ނުވާތީ ކަމަށެވެ. އެހެންވެ ސަލްމާން ޚާންއާއެކު މަސަތްކަތް ކުރުމުގެ ފުރުސަތު ލިބުމުން އޭނާ އެ ފުރުރުސަތުގެ ބޭނުން ހިފީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފިލްމު ކުޅުމުގެ އިތުރުން އޭނާވަނީ ޓީވީ ސިލްސިލާތަކުގައިވެސް އެކްޓު ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވާ ގޮތުގައި ޓީވީ ސިލްސިލާ ތަކުގައި އެކްޓު ކުރުމުގެ ފުރުސަތު ލިބުމަކީ އޭނަގެ ކެރިއަރަށް ވަރަށް ބޮޑު އިންގިލާބެއް ގެނެސްދިން ކަމެއްކަމަށެވެ. އެގޮތުން އޭނާ ކުޅެން ބޭނުންވި އެތައް ރޯލެއް ކުޅުމުގެ ފުރުސަތު ލިބުނުކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ސަންދީޕް ރެޑީ ވަންގާ އޭނާއަށް "އެނިމަލް" ފިލްމުގައި އަބްރާރުގެ ރޯލު ކުޅެން ދިނީ އޭނާގެ އެންމެ ފޮޓޯގަނޑެއް ބެލުމަށްފަހުގައި ކަމަށްވެސް ބޮބީ ވަނީ ހާމަ ކޮށްފައެވެ.

ބޮބީ ޑިއޯލް މިހާރުވެސް ދަނީ އެކިއެކި މަޝްރޫއުތަކުގައި މަސަތްކަތްކުރަމުންނެވެ. އެގޮތުން އޭނާވަނީ ސަންޔާ މަލްހޮތްރާއާއިއެކު އަނުރާގް ކަޝްޔަޕްގެ ފިލްމެއްގެ ޝޫޓިން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން