މަރްޔަމް ނަހްދާ ވަޙީދު   2 ޖުލައި 2024 - 8:54
ކަޅު ކޮފީ ބުއިމުން ބަރުދަން ލުއި ވޭތަ؟
ކަޅު ކޮފީ ބުއިމުން ބަރުދަން ލުއި ވޭތަ؟
ކޮފީއާ ނުލައި ނޫޅެވޭ މީހުން ވަރަށް ގިނައެވެ. ނިދާ ހޭލުމަށްފަހު ތާޒާކޮށް ތައްޔާރު ކޮށްފައިވާ ކޮފީތައްޓެއް ބުއިމަކީ ވަރަށް ގިނަ މީހުން ދުވަސް ފެށުމުގެ ގޮތުން ކުރާ ކަމެކެވެ. ކޮފީ ތައްޓެއް ބުއިމަކީ ތިމާގެ ދުވަސް އެންމެ ފުރިހަމައަށް ފެށައިގަތުމަށް ލާޒިމް އެއްޗެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.

ކޮފީ ބުއިމުން ބަރުދަން ލުއިކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މީގެ އިތުރުން ކަޅު ކޮފީ ބުއިމުން ޓައިޕް 2 ޑައިބެޓީސް އިންވެސް މީހާ ރައްކާތެރިކޮށްދެއެވެ.

ދިރާސާތަކަށް ބަލާއިރު، ކަޅުކޮފީން ބަރުދަން ލުއިކޮށް ހިކެން އެހީވެދޭކަމަށް ބުނާ މައިގަނޑު ހަތަރު ސަބަބެއް ވެއެވެ. އޭގެ އޭގެތެރެއިން އެއް ކަމަކީ ކޮފީގައި އެކުލެވިގެންވާ ކްލޮރޯޖެނިކް އެސިޑެވެ. ކްލޮރޯޖެނިކް އެސިޑަކީ ހަށިގަނޑުގެ ގުލްކޯޒް ލެވެލް ދަށްކޮށްދޭ މާއްދާއެކެވެ. އަދި ބައެއް އިލްމީ މާހިރުން ވިދާޅުވާ ގޮތުގައި މި އެސިޑަކީ އޭގެ ޒާތުގައިވެސް ބަރުދަން ލުއި ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި މީގެ އިތުރުން ކޮފީއަކީ ގިނަ އެންޓިއޮކްސިޑެންޓްތައްވެސް އެކުލެވިގެންވާ ބުއިމަކަށްވާތީ މިއީ ހިކެން ބޭނުންވާނަމަ ބުއިން ރަނގަޅު އެއްޗެކެވެ.

ކޮފީގެ އެންމެ އާންމު މާއްދާ ކަމަށްވާ ކެފެއިންއަކީ އޭގެ ސަބަބުން މީހާގެ ހިއްސުތައް ހޭލައްވަދީ، ހަކަތަ އިތުރުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ކަޅު ކޮފީ ބުއިމުގެ ސަބަބުން މީހާގެ މެޓަބޮލިޒަމް ރަނގަޅުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ކެލޮރީސްތައް އަންދާލަން ފަސޭހަވެގެންދެއެވެ. މީގެ އިތުރުން ކަޅުކޮފީ އަކީ ލޭގެ ކޮލެސްޓްރޯލް ލެވެލް ހަމައަކަށް އަޅުވަންވެސް އެހީތެރިވެދޭ އެއްޗެކެވެ.

ކަޅުކޮފީ ބޯނަމަ ބަނޑުހައިވުން ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. ކަޅުކޮފީގައި އެކުލެވޭ ހޯމޯނެއް ކަމަށްވާ ޕެޕްޓައިޓަކީ ބަނޑު ހަމަޖައްސާލަދީ، ބަނޑުހައިވުން ކުޑަކުރުމަށް އެހީވެދެއެވެ. ކަޅުކޮފީ ބުއިމުގެ ސަބަބުން ކެއުން ކޮންޓްރޯލު ކުރުމަށް ފަސޭހަވެގެންދެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މީހާގެ ބަރުދަންވެސް ލުއިކޮށްދެއެވެ.

ކަޅު ކޮފީ ބުއިމަކީ ކުޑަކަމުދިޔުން އިތުރު ކޮށްދޭ ކަމެކެވެ. ކުޑަކަމުދިޔުން އިތުރު ވުމުގެ ސަބަބުން ހަށިގަނޑުގައި ޖަމާވެފައި ހުންނަ ބޭކާރު ފެންތައް ބޭރުވެއެވެ. މީގެ ސަބަބުން ބަރުދަން ލުއިވުމަށް ފަސޭހަވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން