އާސަންދައިގެ ދަށުން ފުރަތަމަ ބުރުގައި އައިވީއެފް ހަދަން ޝަރުތުހަމަވީ 37 މީހުން ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އެންސްޕާއިން މިއަދު ބުނީ، އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެދުމުގެ ފުރުސަތު މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމުން މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންސްޕާއިން ކަނޑައެޅި ޝަރުތުހަމަވީ 37 މީހުން ކަމަށާއި ފުރަތަމަ ބުރުގައި އެ މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އެންސްޕާއިން ބުނީ ފުރަތަމަ ބުރުގައި އެހީހަމަޖެހިފައިވާ މީހުންނަށް މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އަދި މިހާރު ހާލަތު ބަދަލުވެފައިވާ މީހުންނަށްވެސް މިމަހުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

އާސަންދައިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށް އެންސްޕާ އިން މަޢުލޫމާތުދެއެވެ.

އައިވީއެފް އަދި އައިޔޫއެފްގެ ފަރުވާ އާސަންދަ ސްކީމްގެ ދަށުން ލިބޭނެ އުސޫލުގައިވާ ގޮތުން ފަރުވާއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވާން ޖެހޭއިރު ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައި ވާން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން