އެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން
އެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން
ރައީސް ޑރ. މުޢިއްޒުގެ އިޤްތިޞާދީ އިސްލާހީ ބަދަލުތަކުގެ ނަފާވެރިންނަކީ ރައްޔިތުން ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް އެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން ވިދާޅުވެއްޖެއެވެ.

މަތީން މިމޭރުމުން ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ އިޤްތިޞާދީ އިސްލާޙީ އެޖެންޑާގެ ދަށުން މިފްކޯ އިން މަސްގަންނަ އަގުތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން މަތީން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ އަހަރުތަކެއް ވަންދެން އެއްވެސް ޒިންމާދާރުކަމެއް ނެތި ކުރަމުންދިޔަ އެތައްކަމެއްގެ ސަބަބުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިސާދު ވެއްޓިފައިވާ ފުންވަޅުގަނޑުން ނެގުމަށް ރައީސް ޑރ. މުޢިއްޒު ގެންނަވަން ފަށާފައިވާ އިސްލާހީ ބަދަލުތަކުގެ ނަފާވެރިންނަކީ އެންމެހާ ރައްޔިތުން ކަމަށް މަތީން ވިދާޅުވެފައިވެއެވެ.



މަތީން މިހެން ވިދާޅުވެފައިވާއިރު މިފްކޯއިން ވަނީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށް ކަމަށް ނިންމާފައެވެ.

އެގޮތުން ޖުލައި އެކަކުން 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން