އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖްގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލުން ބުނީ މި ޕްރޮޖެކްޓުގެ މިހާރު ކުރިއަށް ދަނީ ކްރޭޝް ބެރިއަރ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތައް، ބްރިޖްގެ ދަށުން ނަގަމުންދާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ޑީޓުއަރ ބްރިޖް ހަދާފައި ވަނީ ކުރިން ބްރިޖަކުން ހަންކެޑެއާ ގުޅުވާފައި އޮންނަ ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށެވެ. އެގޮތުން މަރަދޫ ފަޅިން ބްރިޖް ގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑު މަގުގެ ކޮޅުންނެވެ. މި ބްރިޖް ހުޅުވުމާއި އެކު ދެން ގައުކެނޑި ގުޅުވާފައި އޮތް ބްރިޖްގެ ބަދަލުގައި ދަތުރުކުރުމުގައި ބޭނުން ކުރާނީ އާ ބްރިޖެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ހަދަމުންދާ މި ބްރިޖުގެ އަމަލީ މަސައްކަތް ފެށީ 2021 ގަ އެވެ. ހަންކެޑެ-ގައުކެނޑި ބްރިޖް ބަދަލުކުރަން ނިންމީ އިިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެވެ. އެގޮތުން މަރަދޫއާ އިންވެގެން އޮންނަ ހަންކެޑެ އަކީ ލިންކްރޯގެ ބައެއް ވެސް އޮތް ތަނެކެވެ. ނަމަވެސް ދެ ލޭނަކަށް އަލަށް ހެދި ބްރިޖާ އެކީ ކުރިއަށް އޮތް ތަނުގައި މިހާރު ހަންކެޑެ ތެރެއިން ދަތުރު ކުރެވޭ ގޮތަށް ދަތުރެއް ނުކުރެވޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން