ބޭޑް ނިއުޒް ފިލްމުގެ ތަރިން ވިކީ ކައުޝަލް، ޓްރިޕްޓީ ޑިމްރީ އަދި އަމީ ވަރކް.
ބޭޑް ނިއުޒް ފިލްމުގެ ތަރިން ވިކީ ކައުޝަލް، ޓްރިޕްޓީ ޑިމްރީ އަދި އަމީ ވަރކް.
ފިލްމު ބޭޑް ނިއުޒްގެ "ތައުބާ ތައުބާ" ލަވަ ނެރުމާއެކު އެ ލަވަޔަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

"ތައުބާ ތައުބާ" މި ލަވައަކީ ލަވަކިޔުންތެރިޔާ ކަރަން އައުޖްލާ ކިޔާފައިވާ ޕާޓީ ޓްރެކެކެވެ. މި ލަވަ ލިޔެ، ލަވަޔަށް ޓްރެކުވެސް ހަދާފައިވަނީ ކަރަން އައުޖްލާއެވެ. މި ލަވައިން ފެނިގެންދާ ތަރިންނަކީ ވިކީ ކައުޝަލް އާއި ޓްރިޕްޓީ ޑިމްރީއެވެ. އަދި މި ލަވަ ކޮރިއޯގްރާފް ކޮށްފައިވަނީ ބޮސްކޯ ސީޒަރ އެވެ. މި ލަވަ ނެރުމާއެކު މި ލަވައަށްވަނީ ބެލުންތެރިންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައެވެ.

މި ލަވައިގެ ވީޑިއޯގައި ވިކީ ކައުޝަލް ކަޅު ސޫޓެއް ލައިގެންހުރި އިރު ބެލުންތެރިންގެ ސަމާލުކަން އޭނާއަށް ލިބުނީ އޭނާގެ ޑާންސް ސްޓެޕްތަކުގެ ސަބަބުންނެވެ.

މި ލަވައިގެ ވީޑިއޯއިން ކަރަން އައުޖްލާވެސް ފެނިގެން ދެއެވެ. ރަން ހެދުމެއްގައި ޓްރިޕްޓީ ޑިމްރީ ފެނިގެންދާއިރު، އޭނާގެ އަމިއްލަ "ޗާމް" މި ލަވައިން ދައްކުވައިދެއެވެ. އަދި މި ލަވައިން ކޮންމެވެސް ވަރަކަށް ވިކީ އާއި ޓްރިޕްޓީގެ ކެމިސްޓްރީވެސް މަންޒަރުވެއެވެ.

މި ލަވަ ނެރުމާއެކު ބެލުންތެރިންވަނީ މި ލަވައިގެ ކޮމެންޓް ސެކްޝަން ކޮމެންޓްތަކުން ފުރާލާފައެވެ. އެގޮތުން އެކަކު މި ލަވަ ސިފަ ކޮށްފައިވަނީ މިހާތަނަށް ނެރެފައިވާ އެންމެ ރީތި ކޮލަބޮރޭޝަންގެ ގޮތުގައެވެ. އަނެކަކު އަންދާޒާ ކުރި ގޮތުގައި މިލަވަ ކުރު ރީލްތަކުގައި ޓްރެންޑިން ވާނެއެވެ.

ބޭޑް ނިއުޒް އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކޮމެޑީ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އާނަންދު ތިވާރީއެވެ. ވިކީ ކައުޝަލް، ޓްރިޕްޓީ ޑިމްރީ އަދި އަމީ ވަރކް ގެ މުހިންމު ރޯލުތަކެއް ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ނެރެން ހަމަޖެހިފައިވަނީ މި މަހު 19 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން