ފަވާދު ޚާން ބޮލީވުޑަށް އެނބުރި އަންނަން އުޅޭކަމަށް ބައެއް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުަތައް ބުނާގޮތުގައި ވާނީ ކަޕޫރާއެކު ކުޅޭ ފިލްމަކުން ވަރަށް އަވަހަށް ފަވާދު ޚާން ފެނިގެން ދާނެއެވެ. މި ފިލްމަށް އަދި ނަމެއް ދެވިފައިނުުވާއިރު މި ފިލްމުގެ މަސަތްކަތް މުޅިންވެސް ކުރާނީ އިނގިރޭސިވިލާތުގައި ކަމަށް އައިއޭއެންއެސް އިން ވަނީ ރިޕޯޓުކޮށްފައެވެ. މި ހިންދީ ރޮމޭންޓިކް ކޮމެޑީ ފިލްމު ޑައިރެކްޓު ކުރާނީ އާރްތީ ބަގްދީއެވެ.
މި ފިލްމު ބިނާވެފައިވަނީ ހިތްދަތިކަން ތަހައްމަލު ކުރަމުން ދިޔަ ދެ މީހެއް ދިމާވެ، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެނިކޮށް ބޭއިހްތިޔާރުގައި ލޯބިވެވިގެން އުޅޭ އުޅުމުގެ މައްޗަށެވެ.
ފަވާދު ޚާން ވަނީ މީގެ ކުރިންވެސް ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ޚޫބްސޫރަތް" އާއި "ކަޕޫރް އެންޑް ސަންސް" އަދި ޔޭ ދިލްހޭ މުޝްކިލް ފާހަގަ ކޮށްލެވެއެވެ.
ފަވާދު ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެބް ސީރީސް "ބަރުޒަޚު" އިންނެވެ. މި ސީރީސްގައި ފަވާދު ޚާންއާއެކު ދެން ފެނިގެންދާނީ ސަނަމް ސައީދެވެ.
ވާނީ ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމް "ކޭލް ކޭލް މޭ" އާއި "ބައްތަމީޒް ދިލް" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު