ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގް.
ދީޕިކާއާއި އޭނާގެ ފިރިމީހާ ރަންވީރް ސިންގް.
މަންމައަކަށް ވާންއުޅޭ ދީޕިކާ ޕަޑުކޯން އޭނާގެ ސެލްފް ކެއާ ޓިޕް ހިއްސާކޮށްފިއެވެ.

ދާދި ފަހުން ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމް އަށް ލީ ފޮޓޯއެއްގައި ބަނޑުބޮނޑުއިރު އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން އޭނާ ކުރަނީ ކޮން ކަމެއްކަން ހިއްސާކޮށްފައެވެ.

ބަނޑުބޮޑުއިރު ފިޓުކޮށް ހުރުމަށް ދިޕިކާ ކުރާ ކަމަކީ ޔޯގާ ޖެއްސުމެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި “ވިޕަރިތާ ކަރަނީ އާސަނާ” ނަމަކަށް ކިޔާ ޔޯގާ ޕޯސްއެއްގެ ފައިދާތައް ވަނީ ހިއްސާކޮށްފައެވެ. އޭނާ ޕޯސްޓުކުރު ފޮޓޯގައި ކަޅު ކުލައިގެ ކަސްރަތުކުރާ ހެދުމެއް ލައިގެންހުރި އިރު، މި ޔޯގާ ޕޯސް ވަރަށް ފުރިހަމައަށް ޖައްސާފައިވާތަން ފެނިގެން ދެއެވެ.

ދީޕިކާ ޕޯސްޓުކުރި ފޮޓޯގެ ކަޕްޝަންގައި ބުނެފައިވަނީ އޭނާ ކަސްރަތުކުރަނީ ބައްޓަން ރީތިކުރުމަށްޓަކައި ނޫންކަމަށާއި ރަނގަޅު ސިއްހަތެއްގައި ހުރުމުގެ ގޮތުން ކަމަށެވެ. އަދި ކަސްރަތު ކުރުމަކީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިގެ ބޮޑު ބައެއް ކަމަށާއި، ކަސްރަތު ނުކުރެވޭ ދުވަސްތަކުގައި އޭނާ އެ ފޮޓޯގައިވާ ޔޯގާ ޕޯޒް 5 މިނެޓުވަންދެން ޖައްސާކަމަށް ބުނެފައިވެއެވެ.

ދީޕިކާ މި ފޮޓޯ ޕޯސްޓު ކުރިތާ އިރުކޮޅެއްތެރޭ އޭނާގެ ފިރިމީހާ ރަންބީރު ވަނީ އެއަށް “ވޯކްސް ލައިކް މެޖިކް” އޭ ލިޔެ ކޮމެންޓު ކޮށްފައެވެ. އަދި ފޭނުންވަނީ އޭނާގެ ޕޯސްޓަށް ކޮމެންޓުކޮށް އޭނާއަކީ ޔޯގާ ކުއީން ކަމަށް ބުނެފައެވެ.

ދިޕިކާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު “ކަލްކީ 2898” އަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ބޮލީވުޑްގެ އެންމެ ލޯބިވާ އަދި އެންމެ މަގުބޫލު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަންނަ ސެޕްޓެމްބަރު މަހު މަންމައާއި ބައްޕަ އަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން