އެކްޓަރު ވިޖޭ ވަރްމާ.
އެކްޓަރު ވިޖޭ ވަރްމާ.
ދާދި ފަހުން އިންޑިއާ ޓުޑޭއިއަށް ދިން އިންޓަވިއުއެއްގައި ވިޖޭ ވަރްމާ ބުނެފައިވަނީ މިރްޒާޕުރް ގައި "ޑާކް" ނުވަތަ ނުބައި ރޯލުތައް ކުޅެގެން އޭނާއަށް ވަރަށް ބޮޑު އާމްދަނީއެއްް ލިބުނު ކަމަށެވެ.

މިރްޒާޕުރް ފްރޭންޗައިޒްގައި ގިނަ ނުބައި ރޯލުތަކެއް ކުޅެފައިވާ ވިޖޭ ވަރްމާ ބުނެފައިވަނީ އޭނާއަށް އެ ރޯލުތައް ކުޅެގެން ވަރަށް ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

ވިޖޭ ބުނެފައިވަނީ ނެގެޓިވް ރޯލު ތަކަކީ އާންމުކޮށް ގިނަ އެކްޓަރުން ދުރުހެލިވާ ރޯލުތަކެއް ކަމަށެވެ. އުމުރުން 38 އަހަރުގެ ވިޖޭ ބުނެފައިވަނީ އޭނާ ވަކި ކަހަލަ ކެރެކްޓަރެއްގެ ގޮތުގައި ސްޓީރިއޯޓައިޕްވާން ދުވަހަކުވެސް ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ނުބައިބައި ރޯލުތައް ކުޅެގެން އޭނާއަށް މި ފިލްމު އިންޑަސްޓްރީގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދިޔަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިރްޒާޕުރް ފްރެންޗެސްގަައި މަސަތްކަތް ކުރަމުން އޭނާވަނީ އެހެން ފިލްމުތަކުގައި ހަރަކާތްތެރިވެ، އެކި ކަހަލަ ރޯލުތައްވެސް ކުޅެފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ފިލްމު ތަކުގެ ތެރޭގައި މާރޑާރ މުބާރަކް އާއި ޖާނޭ ޖާން ހިމެނެއެވެ. ވިޖޭ ބުނެފައިވަނީ ކޮންމެ ކަހަލަ ރޯލެއް ކުޅެން ލިބުނު ކަމުގައިވިޔަސް އޭނާ އެ ރޯލެއް އެންމެ ފުރިހަމައަށް އަދާ ކުރާނެ ކަމަށެވެ.

ޕްރައިމް ވީޑިއޯސްގެ ހިޓު ފްރެންޗައިޒް މިރްޒާޕޫރުގެ 3 ވަނަ ބައި މިއަދު ނެރޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން