އެމެރިކާގެ ސޯޝަލިސްޓް ކްރިސް ޖެނާ.
އެމެރިކާގެ ސޯޝަލިސްޓް ކްރިސް ޖެނާ.
ރިއެލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާރޑޭޝިއަންސް" އިން މަޤްބުކަން ހޯދާފައިވާ ކްރިސް ޖެނާގެ ރަހިމުން ޓިއުމަރެއް ފެނުމުގެ ސަބަބުން އޭނާގެ ރަހިމު ސާރޖަރީކޮށް ނަގާލަން ނިންމައިފިއެވެ.

މި ހަފްތާގެ ކާޑޭޝިއަންސް ޝޯގެ އެޕިސޯޑެއްގަސި ކްރިސް ވަނީ އޭނާގެ ދަރިންނާއި މި ހިތާމަވެެރި ހަބަރު ހިއްސާ ކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ އޯވަރީއިން ޑޮކްޓަރުންނަށް ކުޑަ ސިސްޓަކާއި ޓިއުމަރެއް ފެނިފައިވާ ކަމަށެވެ. އަދި ޑޮކްޓަރު ލަފާ ދިނީ ރަހިމު ނެގުމަށް ކަމަށްވެސް ކްރިސް ޖެނާ ވަނީ ބުނެފައެވެ.

ރަހިމު ނަގަން ޖެހޭތީ ކްރިސް ޖެނާ އިނީ އެކަމާ ވަރަށް ބޮޑަށް ދެރަވެ ޖަޒުބާތީ ވެފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ ރަހިމަކީ އޭނާއަށް ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި ރަހިމު ނަގަން ޖެހުމުން އޭނާގެ ގައިން ވަރަށް މުހިންމު ބައެއް ގެއްލޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށްވެސް ކްރިސް ޖެނާ ވަނީ ބުނެފައެވެ.

ރަހިމު ނަގަންޖެހުމުން ޖަޒުބާތުގައި ޖެހިފައި ވީނަމަވެސް ކްރިސްގެ އަޒުމް ވަރަށް ވަރުގަދައެވެ. ކްރިސް ވަނީ މީގެ ކުރިން އުނަގަނޑު ބަދަލުކުރުމަށް ސާރޖަރީއެއް ހަދާފައެވެ. މިކަމާ ގުޅުވައިގެން ކްރިސް ބުނެފައިވަނީ އުނަގަނޑު ބަދަލު ކުރުން ފަދަ ބޮޑު ސާރޖަރީއެއް ހަދާފައިހުރުމުން، ރަހިމު ނެގުމަށް ކުރާ ސާޖަރީއަކީ އޭނާއަށް އެހާ ބޮޑު ކަމަކަށް ނުވާނެ ކަމަށެވެ.

ކްރިސް ޖެނާ މި ހަބަރު އާއިލާއާ ހިއްސާ ކުރުމުން، އޭނާގެ އާއިލާގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ދިޔައެވެ. އެގޮތުން އޭނާގެ ހުރިހާ ދަރިންވެސް ވަނީ އޭނާއަށް ވަރަށް ހިއްވަރު ދީފައެވެ.

މިހާރު އުމުރުން 68 އަހަރުގެ ކްރިސް ޖެނާއަކީ ވިޔަފާރިވެރިޔެއްގެ އިތުރުން ސޯޝަލިސްޓެކެވެ. ނަމަވެސް އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާގެ އާއިލާއާއި ބެހޭ ގޮތުން ހަދާފައިވާ ރިއެލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާރޑޭޝިއަންސް" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން