މަރްޔަމް ނަހްދާ ވަޙީދު   6 ޖުލައި 2024 - 4:53
ބުލީ ކުރުމުގެ ޝިކާރައަކަށް ވާ ކުދިން ނަފްސާނީ ގޮތުން ބަލިކަށިވޭ.
ބުލީ ކުރުމުގެ ޝިކާރައަކަށް ވާ ކުދިން ނަފްސާނީ ގޮތުން ބަލިކަށިވޭ.
ބުލީ ކުރުން ނުވަތަ ގަނާ ކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް އާންމު ވަމުން އަންނަ ކަމެކެވެ. މިއީ މި މުޖުތަމައިން ފެނިގެންދާ ވަރަށް ނޭދެވޭ އަމަލެކެވެ. އަދި މީއީ މި މުޖުތަމައިން ކޮންމެހެންވެސް ހުއްޓުވަން ޖެހޭ ކަމެކެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި ބުލީ ކުރުން އާންމު ވުމަކީ އިޖްތިމާއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެން މީހުންގެ ހުންނަ މިޒާޖާއި، އެހެން މީހުން ދައްކޮށްލައި އެމީހުންގެ އައިބު ކަންތަކުގެ ވާހަކަ ދައްކާ، މަލާމާތް ކުރުމަކީ މިހާރު މުޖުތަމާގައި ވަރަށް އާންމު ކަމެކެވެ.

ގިނަ ފަހަރަށް ބުލީ ކުރުމުގެ ޝިކާރައަކަށް ކުޑަކުދިންނެވެ. މަދުރަސީ ދައުރުގައެވެ. ކިޔަވަން ގޮސް އުޅޭ ސްކޫލުގެ ވެށިންނެވެ. ސްކޫލަކީ ތަފާތު އެކި މިޒާޖުގެ ކުދިންނާއި ދިމާވާ މާހައުލެކެވެ. ސްކޫލަށް ބަރާބަރަށް ދާހިތްވާ ކުއްޖަކު ސްކޫލުމަތިން ފޫހިވެ އަބަދު ކަންނެތްވެފައި ހުންނަން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. މައިންބަފައިން އަދި ބެލެނިވެރިން އެކަން ލުއި ގޮތަކަށް ނަގައިގެން ނުވާނެ އެވެ.

ގިނަ ފަހަރަށް ބުލީ ކުރަނީ ސްކޫލުގައި ކިޔަވަން އުޅޭ ކުދިންނެވެ. ނަމަވެސް ހިތާމައަކީ މަދުން ނަމަވެސް ސްކޫލުގައި ކިޔަވައިދޭ ޓީޗަރުގެ ފަރާތުން ވެސް ކުދިންނަށް މިކަހަލަ ކަންތައް ދިމާވުމެވެ.

ބުލީ ކުރުމުގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި މީހުންގެ ތެރެއަށް ނިކުމެ އުޅެން ޖެހިލުން ވެއެވެ. ނަތީޖާއަކަށް ވަނީ މިކަމުގެ ސަބަބުން ކުއްޖާ ދިރިއުޅުން މަތިން ފޫހިވެއެވެ. ބުލީގެ ޝިކާރައަކަށްވެ ތިމާއަށް ކެތްނުވާ ހިސާބަށްގޮސް އަމިއްލަ ނަފުސަށް ގެއްލުންދީ، އަމިއްލަ ނަފްސު ދުއްވާލާ ހިސާބަށް ދެއެވެ. މިފަދަ ހިތާމަވެރި ކިތަންމެ ހާދިސާތަކެއް އަޅުގަނޑުމެންގެ މިދިވެހި މުޖުތަމައުގައި ހިނގާފައި އެބަހުއްޓެވެ.

ބުލީގެ ޝިކާރައަކަށް ވުމުން އެކަންތައްތައް މީހުންނާއި ހިއްސާނުކުރާ ނަމަވެސް ފަރުދާގެ ފުރަގަހުގައި މިފަދަ ކަންކަން ތަހަންމަލު ކުރާ ކުދިން މިހާރު ރާއްޖޭގައި އިންތިހާއަށް ވަނީ ގިނަވެފައެވެ. މިއީ ހުއްޓުވަން ޖެހޭ ސީރިއަސް މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން