ސޮނާކްޝީ ސިންހާއާއި ފިރިމީހާ ޒަހީރް އިގްބާލް
ސޮނާކްޝީ ސިންހާއާއި ފިރިމީހާ ޒަހީރް އިގްބާލް
ބޮލީވުޑުގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ބަލިވެއިންކަމަށް ބުނެ ދެކެވެމުން އައި ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން އެއީ ދޮގު ވާހަކަތަކެއް ކަމަށް ސޮނާކްޝީ ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅާތާ 7 އަހަރު ދުވަސްވަންދެން އުޅުމަށްފަހު ސޮނާކްޝީ ސިންހާ އާއި ޒަހީރް އިގްބާލް ކައިވެނި ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މި ދެމަފިރިން ހަނީމޫން އަށް ގޮސްފައިވަނީ ސިންގަޕޫރަށެވެ.

ސޮނާކްޝީ ބަލިވެ އިންކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ ކައިވެނި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ މި ދެމަފިރިން ހޮސްޕިޓަލަށް ޒިޔާރަތް ކުރިތަން އާމުންނަށް ފެނިގެންނެވެ. ޓައިމްސް ނިއު އަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށް ބުނެ އެ ވާހަކަތައް ދޮގު ކޮށްފައެވެ.

ސޮނާކްޝީގެ ކުރިއަތް ނެރެން އޮތް ފިލްމު "ކަކުޑާ" ޕްރޮމޯޓް ކުރުމަށް ދިން އެއިންޓަވިއުގައި ސޮނާކްޝީ ވަނީ ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް އޭނާގެ ދިރިއުޅުމުގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެއީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ އުފާވެރި އެންމެ ރަނގަޅުކަން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ކައިވެނި ކުރުމުގެ ކުރިންވެސް އޭނާ އަމިއްލަ ފައި މައްޗަށް ތެދުވެފައިވުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ފިލްމު ކަކުޑާ އެންމެ ފުރަތަމަ ސިނަމާގައި ރިލީޒް ކުރުމަށް ހަމަޖެހުނު ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރ މިހާރުވަނީ މިމަހުގެ 12ވަނަ ދުވަހު ޒީ5 އިން ސްޓްރީމް ޕްލެޓްފޯމުގައި ދެއްކުމަށެވެ. މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަދިތްޔާ ސަރްޕޮޔްދާރް އެވެ. މި ފިލްމަކީ ބިރުވެރި ކޮމެޑީ ފިލްމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން