ސަރުކާރުގެ އިދާރާތަކުން ވައިގެ ދަތުރުތަކަށް އަގުހެޔޮކޮށް ޓިކެޓު ގަތުމަށް މާލީ ވުޒާރާއިން އަންގައިފިއެވެ.
ދަޢުލަތުގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާބެހޭ ސާރކިއުލަރގައި ވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް ފިޔަވައި އެހެނިހެން މަންޒިލްތަކަށް ދަތުރުކުރާއިރު އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބެންހުރި އެއަރލައިނަކުން ޓިކެޓް ނެގުމަށް އަންގާ ކަމަށެވެ.
އެގޮތުން އެއާލައިންތަކުން ދަތުރުކުރާ އަގުބެލުމަށްފަހު އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބެންހުރި އެއާލައިނަކުން ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓު ހޯދުމަށް ނިންމާފައިވާކަން މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މޯލްޑިވިއަނުން މިވަގުތު ރާއްޖެއިން ބޭރަށް ދަތުރުތައް ބާއްވަމުންދަނީ ލަންކާއާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝްއަށެވެ.
ސަރުކާރުން ކުރާ ވައިގެ ދަތުރުތައް މޯލްޑިއަން ހޮލިޑޭސް އިން އެކަނި ކުރުމަށް އަންގައި ސަރކިއުލަރއެއް ނެރުނީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުއެވެ. މޯލްޑިއަން ހޮލިޑޭސްއަކީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ގޮތްޕެވެ.
މާލީ ވުޒާރާއިން މިފަދަ ސަރކިއުލާއެއް ނެރެފައިވާއިރު ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު