ހަކުރު ބަލި ހުންނަކަން ދެނެގަނެވޭނީ ޓެސްޓުކޮށްގެން.
ހަކުރު ބަލި ހުންނަކަން ދެނެގަނެވޭނީ ޓެސްޓުކޮށްގެން.
ހަކުރު ބައްޔަކީ އަޅުގަނޑުމެންގެ ލޭގައިވާ ހަކުރުގެ މިންވަރު ގިނަ ވުމުން ޖެހޭ ބައްޔެކެވެ.

ހަކުރު ބައްޔަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު އިންތިޒާމް ކޮށްދޭ މާއްދާ ކަމަށްވާ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިންއަށް ހަށިގަނޑު އިޖާބަ ނުދިނުމުގެ ސަބަބުން ލޭގައިވާ ހަކުރުގެ މިންވަރު މަތިވެގެން ގޮސް ކުރިމަތިވާ ބައްޔެކެވެ.

ހަކުރު ބަލި ހުންނަކަން ދެނެގަނެވޭނީ ލޭގައި ހަކުރު ހުރި މިންވަރު ބެލުމަށް ޓެސްޓުތަކެއް ހަދައިގެންނެވެ. އާއްމު ގޮތެއްގައި ހައިބަނޑާ ހުންނަ މީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕާ ޑެސިލީޓަރާ ދެމެދުގެ މިންވަރަކަށެވެ. ނަމަވެސް ބައެއް ފަހަރު ކެއުމަށްފަހު މީހާގެ ހަކުރު މައްޗަށް ދެއެވެ.

ހަކުރު ބަލީގެ ދެ ވައްތަރެއް ވެއެވެ. އެއީ ޓައިޕް 1 ޑައިބެޓީސް އާއި ޓައިޕް 2 ޑައިބެޓީސް އެވެ.

ހަކުރުބަލީގެ ފުރަތަމަ ވައްތަރު ކަމުގައިވާ ޓައިޕް 1 ޑައިބެޓީސްގައި ހަށިގަނޑުން އިންސިއުލިން އުފެއްދުން ދަށްވެއެވެ. ނުވަތަ ހަށިގަނޑަށް ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައިނުދެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގައި އެކުލެވޭ ގުލްކޯޒްގެ މިންވަރު މައްޗަށް ދެއެވެ. ޓައިޕް 1 އާންމުކޮށް ޖެހެނީ ޒުވާން އުމުރުގެ ކުދީންނަށެވެ.

ހަކުރުބަލީގެ ދެވަނަ ވައްތަރުކަމުގައިވާ ޓައިޕް 2 ޑައިބިޓީސްގައި ހަށިގަނޑުން އިންސިއުލިން ކޮންމެ ވެސް ވަރަކަށް އުފައްދައެވެ. ނަމަވެސް އެ އިންސިއުލިންގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ ސެލްތަކުގެ ތެރެއަށް ގުލްކޯޒަށް ނުވަދެވި ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް ދިއުމަށް މެދުވެރިވެއެވެ. ޓައިޕް 2 ޑައިބެޓީސް އާންމުކޮށް ޖެހެނީ އުމުރުން ދޮށީ މީހުންނަށެވެ.

ހަކުރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުމާއި، ގިނަގިނައިން ބަނޑުހައިވުމާއި، ހަށިގަނޑުގެ ބަރުދަނަށް ބަދަލު އައުން ހިމެނެއެވެ. މީގެ އިތުރުން އަވަސް އަވަހަށް ކުޑަކަމުދާން ޖެހުމަކީވެސް ހަކުރު ބަލީގެ އަލާމާތެކެވެ.

ހަކުރު ބަލި ކޮންޓްރޯލު ކުރެވޭނީ ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ކުރެވޭނެ ކަންތައް ތަކުގެ ތެރޭގައި ކެއުމަށް ބަދަލު ގެނެސް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ބަރާބަރަށް ކަސްރަތު ކުރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން