މަރްޔަމް ނަހްދާ ވަޙީދު   7 ޖުލައި 2024 - 3:29
"ވެނިޒްޑޭ އެޑަމްސް" ނުވަތަ ޖެނާ އޯރޓެގާ.
"ވެނިޒްޑޭ އެޑަމްސް" ނުވަތަ ޖެނާ އޯރޓެގާ.
ވެނިޒްޑޭ ސީރީޒްގެ ދެވަނަ ސީޒަންގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ހަބަރުތަކުގައި ރިޕޯޓު ކޮށްފިއެވެ.

މި ސީރީޒް ބިނާވެފައިވަނީ މަޝްހޫރު ކާޓޫނިސްޓް ޗާލްސް އެޑަމްސް އުފެއްދި ކެރެކްޓަރ ވެނިޒްޑޭ އެޑަމްސްގެ މައްޗަށެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ދައްކުވައިދެނީ ވެނިޒްޑޭ އެޑަމްސް އާ ސްކޫލަކަށް ގޮސް އުޅެނިކޮށް އެ ސްކޫލުގައި ހިނގާ ދިޔަ މަރެއް، ހިނގައިދިޔަ ގޮތް ހޯދައި ބަލަން އުޅޭ ތަނެވެ. މި ސީރީޒްގެ ދެވަނަ ސީޒަނުން ފެނިގެންދާނީ ނެވަމޯރ އެކެޑެމީގައި ކިޔަވަމުން، ވެނިޒްޑޭ އޭނާގެ ވަށައިގެންވާ ސިއްރުތައް ހޯދުމަށް މަސަތްކަތްކުރާތަނެވެ.

މި ސީރީޒްގެ 2 ވަނަ ސީޒަނުގައި ޖެނާ އޮރޓެގާ "ވެނިޒްޑޭ އެޑަމްސްގެ" ރޯލު ކުޅެމުން ޝޯގެ އެގްޒެކްޓިވް ޕްރޮޑިއުސަރުކަން ވެސް ކުރާނެކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ވެނިޒްޑޭގެ ފުރަތަމަ ސީޒަން ޝޫޓު ކޮށްފައިވަނީ ރޫމޭނީއާގައެވެ. މި ފިލްމުގެ ދެވަނަ ސީޒަން ކުޅެނީ އަޔަރލޭންޑުގެ ކައުންޓީ ވިކްލޯގައެވެ.

ސްކްރީން އަޔަލޭންޑުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި "ވެނިޒްޑޭ" ސީޒަން 2 އަކީ މިހާތަނަށް އެ ގައުމުގައި އެންމެ ބޮޑު ބަޖެޓެއްގައި ކުޅުނު ސީރީސްް ކަމަށެވެ.

މި ސީރީޒްގެ ޝޫޓިން ފެށުމުގެ ރަސްމިއްޔާތު އިފްތިތާހު ކުރުމަށް އަޔަލެންޑުގެ ބޮޑުވަޒީރުވެސް ވަނީ މި ފިލްމުގެ ސެޓަށް ޒިޔާރަތްކޮށްފައެވެ.

ޖެނާ އޯރޓެގާގެ އިތުރުން، އެމާ މަޔަރސް، ޖޯއީ ސަންޑޭ، މޫސާ މޮސްތަފާ، ޖޯޖީ ފާމަރ، އަދި ވިކްޓަރ ޑޮރޮބަންޓޫ ވެސް މި ސީރީޒްގެ ކުރިއަށް އޮތް ސީޒަނުގައި އެމީހުންގެ ރޯލުތައް އަލުން ކުޅޭނެއެވެ. ބެލުންތެރިން ތިބީ މި ސީރީޒްގެ ދެވަނަ ސީޒަން ނެރޭނެ ދުވަހެއްގެ އިންތިޒާރުގައި ކެއްމަދު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން