އޭކް ތާ ޓައިގާ އާއި ބަޖްރަންގީ ބައިޖާން އަށް ފަހު ސަލްމާން ޚާނާ އެކު އަނެއްކާވެސް އިތުރު ފިލްމެއް ހަދަން ބޭނުންވާ ވާހަކަ ކަބީރު ޚާން ބުނެފިއެވެ.
ކަބީރު ޚާން އާއި ސަލްމާން ޚާން ވަނީ އެކުގައި މަސަތްކަތް ކޮށް، އޭކް ތާ ޓައިގާ އާއި ބަޖްރަންގީ ބައިޖާން ފަދަ ރެކޯޑް މުގުރާފައިވާ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައެވެ.
ކަބީރް ޚާން ބުނެފައިވަނީ ސަލްމާން ޚާނާއެކު ފިލްމު އުފެއްދުމަށް ފޭނުން ވަރަށް ގިނައިން އެދޭކަމަށެވެ.
އިންޑިއާ ޓުޑޭ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަބީރު ޚާން ބުނީ އޭނާގެ ކެރިއަރުގައި ސަލްމާން ޚާންގެ ދައުރު ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެކަމަށެވެ. އަދި ކުރިއަތް އޮތްތާގައި ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ ސުޕަރސްޓާރ އާއެކު މަސަތްކަތް ކުރަން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނަފައެވެ. އޭނާ ބުނެފައިވަނީ އެ ސްކްރިޕްޓަކީ އެ ދެމީހުންނަށްވެސް ކަމުދާފަދަ މާނަ ފުން ސްކްރިޕްޓަކަށް ވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ކަބީރު ބުނެފައިވަނީ އެ ދެމީހުން އެކުގައި މަސައްކަތް ކޮށް ވަރަށް އައިކޮނިކް ކެރެކްޓަރ ތަކެއް މީގެ ކުރިން ބެލުންތެރިންނަށް ގެނެސްދީފައިވާނެ ކަމަށެވެ. އަދި ކުރިއަތް އޮތް ތަނުގައިވެސް އެފަދަ ކެރެކްޓަރެއް އުފެއްދޭނީ ރަނގަޅު ސްކްރިޕްޓެއް ލިބިގެން ކަމަށެވެ.
ކާރްތިކް އާރްޔާން ލީޑް ރޯލުން ފެނިގެންދާ، ކަބީރް ޚާންގެ އެންމެ ފަހުގެ ފިލްމު “ޗަންދޫ ޗެމްޕިއަން” އަށް ބޮކްސް އޮފީހުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މި ފިލްމަށް ވަނީ 2 ހަފްތާތެރޭ 53.50 ކްރޯޑު ރުޕީސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު