އައްޑޫ ސިޓީގެ ހިތަދޫގެ މަގު ހެދުން ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ހިތަދޫ މަގުހެދުމުގެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން 2.4 ކިލޯމީޓަރުގެ ބޮޑުމަގުގައި އެއްކޮށް އަލުންތާރު އަޅައި މަގުގެ ހިނގާދުވާރު ނިންމާލެވި އާންމުންނަށްވެސް މިހާރު ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހިތަދޫ މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ 75 ޕަސެންޓް ނިންމައި އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ހިތަދޫ ފެންހިންދުމުގެ ނިޒާމުގެ ވެސް 95 ޕަސެންޓް ނިންމާލައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
"އައްޑޫ ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެތެރޭގައި ހިމެނޭ ގިނަ މަރުހަލާތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދެވެއެވެ. މަގުތައްހެދުމުގެ އިތުރުން އައްޑޫ ސިޓީގެ ޑީޓުއަރ ބްރިޖު މަޝްރޫޢުގެ 95 ޕަސެންޓް ވެސް މިހާރު ވަނީ ނިމިފައެވެ. މި ބްރިޖަކީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުތެރޭގައި ހިމެނިފައިވާ މުހިއްމު މަސައްކަތެކެވެ." ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.
އައްޑޫގެ މަގުތައް ހަދަމުން ދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން ނެވެ.

ކިޔުންތެރިންގެ ހިޔާލު