ފާނައިގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމަށް މަސްވެރިކަމާއި، ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މިއަދު ޢާއްމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ، ފާނައަކީ ޢުމުރުދިގު ލަހުންބޮޑުވާ މަހެއްކަމަށާއި، ފާނައިގެ ގިނަބާވަތްތައް ބިސްދޫކުރުމަށް ވަކިދުވަސްވަރެއްގައި އެއްސަރަޙައްދަކަށް ޖަމާވާ ކަމަށެވެ.
“ފާނާގައި ހުންނަ މިފަދަ ސިފަތަކުގެ ސަބަބުން މެނޭޖް ކުރުމެއްނެތި ކުރާ ފާނައިގެ މަސްވެރިކަމުގެ ނޭދެވޭ އަސަރު އޭގެ އާބާދީއަށް ކުރޭ.” މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އެހެންކަމުން ރާއްޖޭގައި ފާނަ ބިސްދޫކުރުމަށް ޖަމާވާ ސަރަޙައްދުތަކުގެ ތެރެއިން ފަސް ސަރަޙައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ޙިމާޔަތް ކޮށްފައިވާ ފަސް ސަރަޙައްދަކީ ފާދިއްޕޮޅު އަލިގައު ކަނޑުއޮޅި އާއި މާލެ އަތޮޅު ދިއްފުށި ކަނޑުއޮޅި އާއި ފެލިދެ އަތޮޅު ބޯމަސް ކަނޑުއޮޅި އާއި މުލަކަތޮޅު ބޮޑު ކަނޑުއޮޅިއާއި ކުޑަ ކަނޑުއޮޅީގެ އިތުރުން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކަނޑުއޮޅި ކަމަށެވެ.
މި ސަރަހައްދުތަކުގައި، ވަދާދުއްވުން ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމާއި، ނަގިލިލުމާއި، ވެއްޔާއި މުރަކަ އަދި އަކިރި ނެގުމަކީ މަނާކަމެކެވެ. އޭގެ އިތުރުން، އެ ސަރަހައްދުތައި މަހަށް ކާން ދިނުމާއި އެކުއަކަލްޗަރ ކުރުމަކީވެސް މަނާކަމެކެވެ.
ހަމައެޔާއެކު، އެ ސަރަހައްދަށް ކޮންމެ ހަނދުމަހެއްގެ 23 ވަނަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް، ޑައިވް ކުރުމާއި ސްނޯކްލިން ކުރުމަކީވެސް މަނާކަމެކެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ އެވުޒާރާގެ “ކެޔޮޅު ޕޯޓަލް” މެދުވެރިކޮށް ފާނައިގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސާއި ކެޗް ސެޓްފިކެޓަށް އެދި ހުށައެޅޭނެ ކަމަށެވެ.
އަދި ފާނައިގެ މަސްވެރިކަމާ ވިޔަފާރިއަކީ ދިވެހިންނަށް އޭގެ ފައިދާ ބޮޑު އިޤްތިސާދީ ހަރަކާތަކަށް ވާތީ މި މަސްވެރިކަމާ ވިޔަފާރީގެ ފައިދާ މުސްތަޤުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މި މަސްވެރިކަން ތަރައްގީކޮށް ދެމެހެއްޓުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު