ކައުންސިލަރުން މަދުކޮށް އެތައް ޑެޕިއުޓީ މިނިސްޓަރުން ލައިގެން ހަރަދު ވަކި ކުޑަވާނެތޯ ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ސުވާލު އުފައްދަވައިފި އެވެ.

ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލަރުންގެ އަދަދު މަދު ކުރަން ނިންމާފައިވާކަން ހާމަ ކުރައްވައިފަ އެވެ.

ކައުންސިލަރުންގެ އަދަދު މަދު ކުރިނަމަވެސް އެކަމަކީ ރައްޔިތުންގެ ބައިވެރިވުން އަސްލު ދޫކޮށްލުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހާއްސަކޮށް ކުދި ކުދި އާބާދީތަކުގައި ހަތް ކައުންސިލަރުން ތިބުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ ކައުންސިލަރުންގެ އަދަދު ކުޑަކުރުމަކީ ރައްޔިތުންނަށް ވެސް ފައިދާ ހުރި ގޮތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި ރީކޯ އެކްސްގައި ވިދާޅުވީ ވެރިންގެ އިހުލާސްތެރި ކަމަކީ ރައްޔިތުންގެ އުއްމީދު ކަމަށެވެ.

އެހެން ނަމަވެސް ކައުންސިލަރުންގެ އަދަދު މަދުކޮށް އެތައް ޑެޕިއުޓީ މިނިސްޓަރުން ލުމުން ވަރަށް ހަރަދު ކުޑަވާނެތޯ، ރީކޯ ސުވާލު ކުރެއްވި އެވެ.

"ލާމަރުކަޒީނިޒާމުގާ 1ހާސް މީހުންގެއާބާދީއަކަށް 15،000 ރުފިޔާގެ ހަތަރު ކައުންސިލަރުން ތިބެގެން ޚަރދު ބޮޑުކަމައްވާނަމަ، ސަރުކާރު އޮފީހެއްގަ 35ހާސް މުސާރައިގެ 10 ޑިޕިއުޓީ މިނިސްޓަރުން ތިބެގެން ވަކި ޚަރަދު ކުޑަވޭތޯ؟ ދެކޮޅުދިމާވާންޖެހޭ." ރީކޯ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޢާލިޔާ

10-Jul-2024

ބުއްދި އާއި ފިކުރު ނެތިއްޔާަ އިލްމަކުން ފައިދާ އެއް ނުކުރާަނެ...



ޓްރެންޑިން