ދުލްކަރް ސަލްމާން އާއި މީނާކްޝީ ޗޯދްރީ
ދުލްކަރް ސަލްމާން އާއި މީނާކްޝީ ޗޯދްރީ
ދުލްކަރް ސަލްމާން އާއި މިނާކްޝީ ޗޯދްރީ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ލަކީ ބަސްކަރު" ނެރުމަށް ހަމަޖެހިފައިވާ ދުވަސް އަވަސް ވެއްޖެއެވެ.

ގިނަ ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.

ލަކީ ބަސްކަރު ފިލްމު ބަލަން އެތައް ބައެއްގެ ޝައުގުވެރިކަން ހުރިއިރު މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ތަފާތު ބަހުރުވައިން އަޑު އަޅައިގެންނެވެ. އެގޮތުން ބަލާއިރު ހިންދީ ބަހުގެ އިތުރުން ޓެލަގޫ އާއި، މަލަޔާލަމް އަދި ތަމަޅަ ބަހުންވެސް މި ފިލްމު ގެނެސްދޭނެ އެވެ.

ލަކީ ބަސްކަރު ނެރުން އަވަސްކުރީ މިފިލްމުގައި މުހިއްމު ދައުރެއް އަދާކުރާ ސުޖީތު ޕަވަން ކަލަޔަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ދޭއި ކޯލް ހިމް އޯޖީ" ނެރޭ ދުވަސް ލަސް ވުމާ ގުޅިގެން ކަމަށް ޕްރޮޑިއުސަރާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ފިލްމު "ލަކީ ބަސްކަރް" ހަދާފައިވަނީ 1980 އާއި 1990 ގެ އަހަރުތަކުގައި ބެންކެއްގައި މަސައްކަތް ކުރި ކޭޝީއަރެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައެވެ. މި ފިލްމުގައި އެޒަމާން ވަރަށް ރަނގަޅަށް ސިފަ ވެގެން ދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ ޔަގީންކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން