މަރްޔަމް ނަހްދާ ވަޙީދު   10 ޖުލައި 2024 - 4:28
މަޝްހޫތު ފިލްމީ ތަރި ވަރުން ދަވަން
މަޝްހޫތު ފިލްމީ ތަރި ވަރުން ދަވަން
މަޝްހޫރު ފިލްމީ ތަރި ވަރުން ދަވަން އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިން މިމަހު 12ގައި ފަށާނެއެވެ. މި ފިލްމު ޝޫޓު ކުރަނީ މުުމްބާއީގައެވެ.

މި ފިލްމަކީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓު ކުރާ ފިލްމެކެވެ. މީގެ ކުރިންވެސް ވަރުން ދަވަން ވަނީ އޭނަާގެ ބައްޕައާއި އެކު 3 ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އަދި ކުރިއަށް އޮތް މި މަޝްރޫއަކީ މީހުން ހެއްވާލާފަދަ މަޖާ ފިލްމަކަށް ވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މިއީ ވަރުން އާއި ޑޭވިޑް ދަވަން ކޮލަބޮރޭޓު ކޮށްގެން ހަދާ ފުރަތަމަ ރޮމޭންޓިކް ކޮމެޑީ ފިލްމެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވަރުން އާއި އެކު ދެން މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މްރުނާލް ތާކުރް އެވެ. މި ފިލްމުގެ ޕްލޮޓު އަދި ވަނީ ސިއްރުކުރެވިފައެވެ.

މިޑް-ޑޭ ގައިވާ ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމުގެ ޝޫޓިން މި މަހުގެ 12 ވަނަ ދުވަހު ބަންޑްރާގެ މެހެބޫބު ސްޓޫޑިއޯގައި ފަށާނެ އެވެ. ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި ވަރުން ދަވަން ކުޅުމަށް ހަމަޖެހިފައިވާ ބައެއް ރޯލުތަކަށް ވަރަށް އިންޓްރިކޭޓު ސެޓުތައް ހަދާފައިވެއެވެ. މި ޝޫޓުތަކަކީ އެތެރޭގެ ޝޫޓުތައް ކަމުން މި ޝޫޓުތައް ކުރުމަށް ހަމަޖެހިފައިވަނީ ވިއްސާރަ މޫސުމުގައެވެ.

މި ފިލްމު ކުޅެން ތައްޔާރުވަމުން އަންނައިރު ކުރިއަށް އޮތް ހަފްތާތަކުގައި މި ފިލްމާ ބެހޭ އިތުރު މައުލޫމާތު ބެލުންތެރިންނާ ހިއްސާ ކުރެވޭނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި މި ފިލްމުގެ ނަމާއި، ޕްލޮޓުތަކުގެ ތަފްސީލުތައްވެސް ހިމެނެއެވެ.

ވަރުން ދަވަން މި ޕްރޮޖެކްޓުގެ ޝޫޓިން ފަށާނީ އިތުރު އެހެން ފިލްމެއްގެ ޝޫޓިންގައި އުޅެމުންނެވެ. އެއީ ޝަޝަންކް ކައިތަން ޑައިރެކްޓުކުރާ ފިލްމު "ސަނީ ސަންސްކަރް ކީ ތުލްސީ ކުމާރީ" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން